އައިއެސްޑީބީގެ އެހީގައި ގަތް ސިއްހީ އާލާތްތައް ހުރީ އަދިވެސް ގުދަނުގަ

ްފްލޫ ކްލިނިކެއްގައި ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ މުވައްޒަފުން ހަރަކާތްތެރިވަނީ: އެހީ ހޯދައިގެން ސާމާނު ގަތުމަށްފަހު ހުރީ ގުދަނުގައި ބަހައްޓާފަ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ްފްލޫ ކްލިނިކެއްގައި ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ މުވައްޒަފުން ހަރަކާތްތެރިވަނީ: އެހީ ހޯދައިގެން ސާމާނު ގަތުމަށްފަހު ހުރީ ގުދަނުގައި ބަހައްޓާފަ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހަދިޔާކުރި 7.1 މިލިއަން ރުފިޔާއިން ގަތް ސިއްހީ އާލާތްތައް އެ ރަށްތަކަށް ނުފޮނުވައި ގުދަންކޮށްފައި ހުރުމުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީގެ އެމަޖަންސީ ރެސްޕޮންސް ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މެއި 21، 2020 އިން ފެށިގެން ޖޫން 30، 2021 އަށް ތައްޔާރުކުރި އޮޑިޓު ރިޕޯޓުގައި ބަލާފައިވަނީ އެ މުއްދަތުގައި އައިއެސްޑީބީއިން ހޯދި 594،000 އެމެރިކާ ޑޮލަރު (9.1 މިލިއަން ރުފިޔާ) އިން ކުރި ހަރަދަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، އައިއެސްޑީބީން ހޯދި ފައިސާއިން 466،264 އެމެރިކާ ޑޮލަރު (7.1 މިލިއަން ރުފިޔާ) ގެ ސިއްހީ އާލަތްތައް މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހެލްތު މިނިސްޓްރީއަށް ވަނީ ލިބިފަ އެވެ.

Advertisement

އެގޮތުން، އައިއެސްޑީބީއާއި ހެލްތު މިނިސްޓްރީއާއެކު އެއްބަސްވުމެއް ހެދީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހއ.، ހދ. އަދި ށ. އަތޮޅަށް ބޭނުންވާ ސިއްހީ އާލަތްތައް ފޯރުކޮށްދިނުމަށެވެ.

އެ މަޝްރޫއުގެ ދަށުން އީސީޖީ މެޝިނާއި ދެ ވައްތަރެއްގެ ވެންޓިލޭޓަރާއި ކާޑިއެކް މިނިޓަރާއި ޑީފިބްރިލޭޓަރު ސަރުކާރުން އޮތީ ހޯދައިފަ އެވެ. ނަމަވެސް، އޮޑިޓު އޮފީހުން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް އޭގެ ތެރެއިން ގިނަ އާލަތްތައް ޑިސްޓްރިބިއުޝަން ޕްލޭނާ އެއްގޮތަށް އެ އަތޮޅުތަކަށް ފޮނުވާފައެއް ނުވެ އެވެ.

އެ ތަކެތި ނުފޮނުވައި ގުދަނުގައި ބަހައްޓާފައިހުރީ ހެލްތު މިނިސްޓްރީން ބުނާ ގޮތުން ނަމަ، ބޭރުގެ އެހެން ފަރާތްތަކުން ހަމަ އެފަދަ އާލަތްތައް ލިބެމުންދާތީ، އެއް ބާވަތުގެ އާލަތްތަކެއް މާ ގިނައިން އެއް ތަނަކަށް ފޮނުވުމުގެ ބޭނުން ނެތުމުންނެވެ.

ނަމަވެސް، އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެ މަޝްރޫއުގެ ބޭނުމަކީ ސިއްހީ ވަސީލަތްތައް ނެތް ތިން އަތޮޅަކަށް އެ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށްވާއިރު، އައިއެސްޑީބީގެ އެހީގައި ހޯދި އާލަތްތައް ނުފޮނުވައި ގުދަނުގައި ބެހެއްޓުމަކީ، އެ އަތޮޅުތަކަށް ވަސީލަތްތައް މަދުވެ، ހިދުމަތަށް ބުރު އެރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެހެންކަމުން، އައިއެސްޑީބީއާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފަށް އާލަތްތައް ފޮނުވުމަށް ބަދަލެއް ގެންނަން ބޭނުންވާނަމަ، ޑޯނަރާ މަޝްވަރާކޮށްގެން އެއްބަސްވުމުގައި ހިމެނޭ އެކަމާގުޅޭ ބައިތައް އިސްލާހުކުރުމަށް އޮޑިޓު އޮފީހުން ވަނީ ހެލްތު މިނިސްޓްރީއަށް ލަފާދީފަ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ކޮވިޑާ ގުޅިގެން ސިއްހީ ދާއިރާއަށް ކުރި ހޭދަ ވަނީ 2.15 ބިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.

އޭގެ އިތުރުން، މި ބަލިމަޑުކަމާ ގުޅިގެން އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ސަރުކާރުން ވަނީ އިތުރު 1.77 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓުގެ ގޮތުގައި ސިފަކުރާ އޮމިކްރޯން ވޭރިއަންޓު ރާއްޖޭން ވެސް ފެނިފައިވާއިރު، ކޮވިޑުގެ ކޭސްތައް މިހާރު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން، އިއްޔެ އެކަނި ވެސް ރާއްޖެއިން 224 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މާލެ ސަރަހައްދުން 104 މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކުން 48 މީހުންނާއި ރިސޯޓުތަކުން 74 މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox