ހޮސްޕިޓަލްތަކުގެ އޮނިގަނޑަށް ބަދަލެއް، ހުރިހާ އިދާރީ މުވައްޒަފުން އެއް މަގާމަކަށް

ދަރުމަވަންތަ ހޮސްޕިޓަލްގެ ރިސެޕްޝަނުގައި ތިބި މުވައްޒަފުންތަކެއް: ދެން ހޮސްޕިޓަލްގެ އިދާރީ މަގާމްތަކަށް އިއުލާނުކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ މަގާމަށް -- ފޮޓޯ: އަދަދު ފައިލް

ދަރުމަވަންތަ ހޮސްޕިޓަލްގެ ރިސެޕްޝަނުގައި ތިބި މުވައްޒަފުންތަކެއް: ދެން ހޮސްޕިޓަލްގެ އިދާރީ މަގާމްތަކަށް އިއުލާނުކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ މަގާމަށް -- ފޮޓޯ: އަދަދު ފައިލް

ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކުގެ އިދާރީ މަގާމްތައް އުވާލުމަށްފަހު، އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ހޮސްޕިޓަލްތަކުގެ ފްރޮންޓް އޮފީސް މެނޭޖްމެންޓް ޔުނިޓަށް މުވައްޒަފުން ހޯދަން މީގެ ފަހުން އިއުލާނު ކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ މަގާމަށެވެ. އެއީ ކޭޝިއަރުކަމާއި، ޑޮކްޓަރުންގެ ތަރުޖަމާނުކަން ފަދަ މަގާމްތައް އެއްކޮށްލުމަށްފަހު އުފައްދާފައިވާ މަގާމެކެވެ.

ހޮސްޕިޓަލްގެ އިދާރީ އޮނިގަނޑަށް 14 މާޗް 2021 އިން ފެށިގެން މި ބަދަލު ގެންނަން ނިންމާފައިވީ ނަމަވެސް, މިކަން އަދި އޮތީ ތަންފީޒުނުވެ އެވެ. އެކަމަކު, މި ނޫހާ ވާހަކަ ދެއްކެވި ބައެއް ހޮސްޕިޓަލްތަކުގެ މެނޭޖަރުން ވިދާޅުވި ގޮތުގައި, މި އަހަރު ދެން އަމަލު ކުރަމުންދާނީ އެ ބަދަލާ އެއްގޮތަށެވެ.

Advertisement

މި ބަދަލާއެކު މިހާރު އިދާރީ މަގާމުތަކުގައި ތިބި އެއްވެސް މުވައްޒަފެއްގެ މަގާމަކަށް ނުވަތަ ރޭންކަށް ބަދަލު ނާންނާކެ ކަމަށް ހެލްތު މިނިސްޓްރީންގެ ތަރުޖަމާން މި ނޫހަށް ބުންޏެވެ. އަދި މި ބަދަލާއެކު އެއްވެސް މީހެއްގެ މުސާރައަށް ވެސް އަސަރު ނުކުރާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު މަގާމުތަކަށް ނަގާފަ ތިބި އެއްވެސް މީހަކަށް މި އޮނިގަނޑުގެ އަސަރެއް ނުކުރާނެ, އެމީހުންގެ ރޭންކަކަށްވެސް މުސާރައަކަށްވެސް ބަދަލެއް ނާންނާނެ, މާނައަކީ އެ މަގާމުތައް ހުސްވުމުން ދެން ހޮސްޕިޓަލްތަކަށް އަލަށް ނަގާނީ މި އޮނިގަނޑުގެ ދަށުން ކަސްޓަމާ ސާވިސް އޮފިސަރުންގެ މަގާމަށް," ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޝޫބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އޮނިގަނޑާއެކު ހޮސްޕިޓަލްގެ ހިނގުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް ރަށްރަށުގެ ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތަކުގައި ދެމުން އަންނަ ހިދުމަތްތައް އަވަސްވެގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އަދި މުވައްޒަފުން މަދުވެގެން ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތެއް ހުއްޓުމަކަށް ނައިސް، ތިބި މުވައްޒަފުންގެ ބޭނުންކޮށްގެން ހުރިހާ މަސައްކަތެއް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށާއި، ގިނަ ދާއިރާތަކަށް މުވައްޒަފުންގެ ލޯ ހުޅުވިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބަދަލާއެކު ލިބެން އޮތީ ހުސް ފައިދާ، މުވައްޒަފުން މޯބަލައިޒްކޮށްގެން، ހުރިހާ މަސައްކަތެއްގައި ޝާމިލް ކުރުވުމުގެ ނަތީޖާއަކަށް ވާނީ އެކަކު ސަލާމް ބުންޏަކަށް އެ ހިދުމަތެއް މެދު ނުކެނޑުން," ހެލްތު މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox