27 ރިސޯޓަކާއެކު 45 ރަށެއް މޮނިޓަރިންގައި

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު: ކޮވިޑް ކޭސްތައް ރިސޯޓުތަކުގައި ފެތުރެމުން މި ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ތެރޭގައި-- ފޮޓޯ: ޓްރެވަލާސް.ކޮމް

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު: ކޮވިޑް ކޭސްތައް ރިސޯޓުތަކުގައި ފެތުރެމުން މި ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ތެރޭގައި-- ފޮޓޯ: ޓްރެވަލާސް.ކޮމް

ކޮވިޑްގެ ކޭސްތަކަކާ ގުޅިގެން 27 ރިސޯޓަކާއެކު ޖުމްލަ 45 ރަށެއް މިވަގުތު މޮނިޓަރިންގައި އޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން މިހާރު މި ވަނީ ފެށިފަ އެވެ. މި ދުވަސްވަރު ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް 27 ރިސޯޓެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.

މޮނިޓަރިންގައިވާ ރިސޯޓުތައް

  1. ބަންޑޮސް މޯލްޑިވްސް
  2. އަދާރަން ސެލެކްޓް ހުދުރަންފުށި
  3. އަންނަތާރާ ދިގު ރިސޯޓު
  4. އަންނަތާރާ ވެލި އެންޑް ނަލަދޫ
  5. ބްރޭނިއާ ކޮއްޓެފަރު
  6. ސިނަމަން ހަކުރާ ހުރާ
  7. ކޮމޯ މާލިފުށި
  8. ހުރަވަޅި ރިސޯޓު
  9. ފުރަވެރި މޯލްޑިވްސް
  10. ގަންގެހި އައިލެންޑް ރިސޯޓު
  11. ހޮނޑާފުށި އައިލެންޑް ރިސޯޓު
  12. ޖޭއޭ މަނަފަރު
  13. ކަނޑިންމަ މޯލްޑިވްސް
  14. ލިލީ ބީޗް ރިސޯޓް
  15. ކުރުނބާ މޯލްޑިވްސް
  16. މާފުށިވަރު
  17. މިރިހި އައިލެންޑް ރިސޯޓް
  18. އޮބްލޫ ސަންގެލި ރިސޯޓް
  19. ވަން އެންޑް އޮންލީ
  20. ރީތި ބީޗް
  21. ސޮނޭވާފުށި
  22. ސަން އައިލެންޑް
  23. ތާޖް ކޮރަލް ރީފް ރިސޯޓް
  24. ރިޓްޒް ކާލްޓަން މޯލްޑިވްސް - ފަރި ކަނޑު ހުރާ
  25. ޕަޓީނާ މޯލްޑިވްސް - ފަރި ވެލި ހުރާ
  26. ޔޫ އެންޑްމީ ބައި ކޮކޫން
  27. ވެސްޓިން މޯލްޑިވްސް

ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވާން ފަށާފައިވާއިރު ރިސޯޓްތަކަށް ޗުއްޓީއަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ރިސޯޓްތަކަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ ރައްކަލަށް އެޗްޕީއޭގެ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެ އިދާރައިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް ބަލި ފެތުރެމުންދާތީ 18 ރަށެއް މިވަގުތުވެސް މޮނިޓަރިންގައި އެބަ އޮތެވެ. އަދި މި މަހުގެ މިހާތަނަށް އެޗްޕީއޭއިން ވަނީ 12 ރަށެއް ބަންދުކޮށްފަ އެވެ. އެއީ ދ. ކުޑަހުވަދޫ، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ތ. ވިލިފުށި، ތ. ހިރިލަންދޫ، ގދ. ރަތަފަންދޫ އަދި އެ އަތޮޅު ވާދޫ، ކ. ތުލުސްދޫ، ހދ. ނައިވާދޫ، ދ. ހުޅުދެލި، ގދ. ހޯޑެއްދޫ އަދި އެ އަތޮޅު ގައްދޫ އެވެ.

އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށްރަށުގެ ގޮތުގައި އަދިވެސް އޮތީ އޮގަސްޓު 28، ގައި މޮނިޓަރިންގެ ހާލަތަށް ބަދަލު ކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެކަންޏެވެ.

ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު ކޮންމެ ދުވަހެއްގެ އަދަދުތައް މިހާރު އުޅެނީ 100 އިން މަތީގަ އެވެ. އެގޮތުން އިއްޔެ އެކަނި 198 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ރިސޯޓްތަކުން 60 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.

އެއާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 95،420 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 2،205 މީހުން ތިބިއިރު މިހާތަނަށް 92،940 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ރާއްޖެއިން ކޮވިޑް ބަލީގައި 262 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox