އޭޑީކޭގެ 35 ވަނަ އަހަރީ ދުވަހަށް ބޮޑު ޗެރިޓީ ދުވުމެއް ބާއްވަނީ

އޭޑީކޭ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޗެރިޓީ ރަންއެއް ބާއްވަން އެ ހޮސްޕިޓަލުން ނިންމައިފި- ފޮޓޯ:އޭޑީކޭ ހޮސްޕިޓަލް

އޭޑީކޭ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޗެރިޓީ ރަންއެއް ބާއްވަން އެ ހޮސްޕިޓަލުން ނިންމައިފި- ފޮޓޯ:އޭޑީކޭ ހޮސްޕިޓަލް

އަންނަ އަހަރު އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް އެ ހޮސްޕިޓަލުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން "ދުވާހިތުން" ޗެރިޓީ ރަން މިއަދު އިއުލާންކޮށްފި އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ ޗެރިޓީ ދުވުމުވައި ބައިވެރިވާ މީހުން ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާ ހަދިޔާކުރަން އޭޑީކޭއިން ވަނީ ނިންމާފައިވާ ކަމަށެވެ.

އޭޑީކޭއިން އެ ފައިސާ ހަދިޔާކުރަން ނިންމާފައިވަނީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އެހީތެރިވަމުންދާ އެންޖީއޯއެއް ކަމުގައިވާ "ޓައިނީ ހާޓްސް އޮފް މޯލްޑިވްސް" އަށެވެ.

އެ ޗެރިޓީ ރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ގަ އެވެ. މި ހަރަކާތް ފައްޓަވައި ދެއްވަވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

އެ ހަރަކާތަކީ އާންމުންނަށް ހުޅުވާލައިގެން ހިންގާ ހަރަކާތެއް ކަމުން ބޭނުން މީހަކަށް ދުވުމުގައި ބައިވެރިވެވޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ. އެ ހަރަކާތް ކުރިއަށް ދާނީ އެކުވެނި ޓްރެކް ސަރަހައްދުގަ އެވެ. އަދި ޖެނުއަރީ ފަސް ވަނަ ދުވަހުން ފެށިގެން 35 ގަޑިއިރަށް އެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ދާނެ ކަމަށާއި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ވަގުތު އެސަރަހައްދަށް ގޮސް އިވެންޓުގައި ބައިވެރިވެވޭނެ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދިނެވެ.

"އަމިއްލަ ނަފްސަށްކޮށްލާ ޗެލެންޖެއްގެ ގޮތުގައި ދެކިގެން މި ހަރަކާތުގައި ބައިވެރިވެލާ ދުވެލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އޭޑީކޭގެ މެނޭޖިންގް ޑިރެކްޓާ، އަހުމަދް އައްފާލް ވިދާޅުވި އެވެ.

ޗެރިޓީ ރަން
ޗެރިޓީ ރަން

ޗެރިޓީ ރަންގައި ބައިވެރިވާ ކޮންމެ މީހަކު ދުވާ ކޮންމެ ކިލޯމީޓަރަކަށް 35 ރުފިޔާ އޭޑީކޭއިން ހަދިޔާ ކުރާނެ- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި ކޮންމެ ފަސް ގަޑިއިރަކުން ލަކީ ޑްރޯއެއް ނަގާނެ އެވެ.

މި ލަކީޑްރޯ ކާމިޔާބު ކުރާ މީހުންނަށް ސްޕޯޓްސް މެޑިކަލް ޕެކޭޖެއް ހިލޭ ލިބިގެން ދާނެ ކަމަށް އޭޑީކޭއިން ބުންޏެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި އޭޑިކޭގެ މުވައްޒަފުން އަބަދު ވެސް ހަރަކާތްތެރިވަމުން ދާނެކަމަށާއި ހަވީރު ހަތަރަކުން ރޭގަނޑު އަށަކާއި ދެމެދު ލޭގެ ޕްރެޝަރު ބެލުން ފަދަ ކަންކަން ކޮށްލުމުގެ ފުރުސަތު ޗެރިޓީ ހަރަކާތުގެ ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް އޭޑީކޭއިން ބުނެ އެވެ.

މި ހަރަކާތަކީ އޭޑީކޭއަށް 35 އަހަރު ފުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އަންނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މި ޗެރިޓީ ރަން ނިމުމުގެ ރަސްމިއްޔާތު އޮންނާނީ ޖެނުއަރީ ހަ ވަނަ ދުވަހުގެ ރޭގަނޑު 8:00 ޖަހާއިރެވެ. އަދި ނިންމުމުގެ ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ރަސްމީ ލޯގޯ އިފްތިތާހް ކުރާނެކަމަށް ވެސް އޭޑީކޭއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox