އެމްޓީސީސީގެ ޕްރޮޑަކްޝަން އިތުރުކޮށް، މަސައްކަތް އެތައް ގުނައެއް ވަނީ ހަލުއިވެފައި: އާޒިމް

އެމްޓީސީސީގެ ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީގެ ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ވެއެތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ޕްރޮޑަކްޝަން ވަރަށް ބޮޑަށް އިތުރުކޮށް، މުވައްޒަފުންގެ އަދަދު ދެ ގުނަކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީއަށް 41 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މީގެ ދެ އަހަރު ކުރިން އެ ކުންފުންޏަށް އެއްފަހަރާ އެންމެ ގިނައިން ހިންގާފައި ވަނީ 25 ޕްރޮޖެކްޓު ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން އެއްފަހަރާ 94 ޕްރޮޖެކްޓް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއީ ޕްރޮޖެކްޓްވައިސްކޮށް ބަލާ ނަމަ 73 ޕަސެންޓުގެ ކުރިއެރުމެކެވެ.

"2018 ގެ ކުރިން، މި ކުންފުންޏަށް ހިންގިފައި އޮތީ، އެއްފަހަރާ އެންމެ 25 މަޝްރޫއު. ނަމަވެސް މިއަދު އަޅުގަނޑުމެން، އެއްފަހަރާ 94 މަޝްރޫއެއްގައި އެބަ ހަރަކާތްތެރިވަން. އަދި އެއްފަހަރާ 64 މަޝްރޫއެއް އެއް ވަގުތެއްގާ މިދަނީ ހިންގަމުން،" އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވީ މުވައްޒަފުންގެ އަދަދު އިތުރު ކުރުމެވެ. އެގޮތުން ކުރިން އެ ކުންފުނީގައި މަސައްކަތް ކުރީ 1500 މުވައްޒަފުން ނަމަވެސް މިހާރު އެ އަދަދު ޑަބަލްކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މީގެ ތިން އަހަރު ކުރިން، މި ކުންފުނީގެ މުވައްޒަފުންގެ އަދަދަކީ އެންމެ 1500. ނަމަވެސް މިއަދު މިއީ، ވަރަށް މުރާލި 3000 މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން މަސައްކަތް ކުރާ ސްޕީޑު ވެސް އަވަސްކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އެގޮތުން އެ ކުންފުންޏަށް ކުރިން ބަނދަރެއް ހެދެނީ ތިން އަހަރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ މުއްދަތު އެއް އަހަރަށް ކުޑަކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ ކުރިން، މި ކުންފުންޏަށް ބަނދަރެއް ހެދެނީ ތިން އަހަރުން. އެ ސްޕީޑު މިއަދު މިވަނީ އެއް އަހަރަށް ބަދަލުކޮށްފަ. އެއް އަހަރު ތެރޭގަ ހަދާނިންމި ހިމަންދޫ ބަނދަރު، އިއްޒަތްތެރި ރައީސް ވަނީ ހުޅުވާދެއްވާ، އެ ޝަރަފު އަޅުގަނޑުމެންނަށް ދެއްވާފަ،" އާޒިމް ވިދާޅުވި އެވެ.

އެއާޕޯޓު އެޅުން ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ވެސް ކުރު މުއްދަތެއްގައި އެ ކުންފުންޏަށް މިހާރު ނިންމޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން ކުރިއަށް އޮތް ތަނުގައި ކުރާނެ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އާޒިމް ފާހަގަ ކުރެއްވީ އަމިއްލަ ޑޮކްޔާޑެއް ހެދުމުގެ ޕްރޮޖެކްޓެވެ. އެއިރުން ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓި ވަޒީފާގެ ބައިވަރު ފުރުސަތު ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޑޮކްޔާޑުގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާ، އެތައް މިލިއަން ޑޮލަރެއް ރާއްޖޭގާ ހިފެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ. ދިވެހީންގެ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެ، ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ މަގު ތަނަވަސް ވެގެންދާނެ،" އާޒިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމްޓީސީސީން " ފަތުއަޑުކިޔާފަ" ހިންގަމުން މި ގެންދަނީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މަޝްރޫއުތައްކަމަށާއި އޭގެ ތެރޭގައި ބިން ހިއްކުމާއި، މަގުހެދުމާއި، ބަނދަރު ހެދުމާއި، އެއާޕޯޓު އެޅުމާއި، ގޮނޑުދޮށްތައް ހިމާޔަތް ކުރުމާއި، ހޮސްޕިޓަލް އެޅުމާއި، ދަތުރު ފަތުރުފަދަ މަޝްރޫއުތައް ހިމެނޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ ކުންފުނީގެ މަޝްރޫއެއް ނުހިނގާ އެންމެ އަތޮޅެއް، ރަށެއް ވެސް ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ހިތަށް އަރާ، މި މަޝްރޫއު ތަކުގެ މޮޑެލް ތަކެއް، ބުރިޖުމަތީގަ، އެއްކޮޅުން އަނެއް ކޮޅަށް، އަތުރާލެވޭނެ ނަމައޭ. އޭރަށް ކަންނޭނގެ، މި މަންޒަރު ނުފެންނަ ބޭފުޅުންނަށް ވެސް، ރަނގަޅަށް ލޮލަށް ފެންނާނީ. އެ ބޭފުޅުންނަށް، އެ މަންޒަރު، ދައްކާލެވޭނެ ނަމައޭ، އަޅުގަނޑު ހިތަށް އަރާ،" އިދިކޮޅު ފަރާތްތަކަށް އިޝާރަތް ކުރައްވައި އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox