އަރަބިއްޔާ ބެލެނިވެރިންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކޮށްފި

އަރަބިއްޔާ ޕީޓީއޭގެ ބައެއް މެމްބަރުން އިސްލާމިކް މިނިސްޓްރީގައި: އިއްޒުއްދީން ސްކޫލަށް ދަރިވަރުން ފޮނުވާކަށް ބޭނުމެއް ނުވޭ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަރަބިއްޔާ ޕީޓީއޭގެ ބައެއް މެމްބަރުން އިސްލާމިކް މިނިސްޓްރީގައި: އިއްޒުއްދީން ސްކޫލަށް ދަރިވަރުން ފޮނުވާކަށް ބޭނުމެއް ނުވޭ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެ ސްކޫލުގެ ބެލެނިވެރިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާ މިއަދު ބައްދަލުކޮށްފި އެވެ.

ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރި ނަމަވެސް ހުޅުމާލޭގައި މިހާރު އިމާރާތްކުރާ ތިން ސްކޫލުގެ ތެރެއިން އެއް ސްކޫލް ހާއްސަ ކުރާނީ އެ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބޭނުންވަނީ ވަގުތީ އިމާރާތެއް ހަދައި އެތަނަށް ދަރިވަރުން ބަދަލު ކުރުމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޑރ. ޒާހިރު ބައްދަލު ކުރައްވާފައި ވަނީ އަރަބިއްޔާ ސްކޫލްގެ ޕީޓީއޭގައި ހިމެނޭ ބެލެނިވެރިންނާ ކަމަށެވެ. އެ ބައްދަލުވުމުގައި ބެލެނިވެރިން ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލު ކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އަރަބިއްޔާގެ ޕީޓީއޭގެ ފަރާތުން މިިއަދު އިސްލާމިކް މިނިސްޓްރީއަށް ގޮސްފައި މި ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލު ކުރުމާ ދެކޮޅަށް އަރަބިއްޔާ ސްކޫލް ކުރިމަތީގައި މިދިޔަ ހުކުރު ދުވަހު އިހްތިޖާޖް ކުރުމަށްފަހު އެވެ.

ހަމަ ހުކުރު ދުވަހު ޕީޓީއޭގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލުކޮށްފި ނަމަ "އަޅުގަނޑުމެން ޅަދަރީންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ" ގޮަސްފާނެ ކަމަށެވެ. ނަމަވެސް އެހެންވާންޖެހޭ ސަބަބެއް ބުނެފައެއްނުވެ އެވެ.

އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލު ކުރުމުގެ ބަދަލުގައި ދަރުމަވަންތަ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ބަދަލު ކުރި ފަދަ ސްޓީލް ސްޓްރަކްޗަލް އިމާރާތެއް ހަދައި، އެތަނަށް ބަދަލު ކުރެވިދާނެ ކަމަށް ބައެއް ބައެއް ބެލެނިވެރިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox