ފޭސްބުކުގައި ޓެރަރިޒަމް ފެތުރި "އަބޫ ޔޫސުފް" ގެ އަޑުއެހުންތައް ނިންމާލައިފި

ޓެރެރިޒަމްގެ ދައުވާތައް އުފުލާފައިވާ މުނާޒް، މިއަދުގެ އަޑުއެހުމުގެ ތެރެއިން: އޭނާއަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ޓެރެރިޒަމްގެ ދައުވާތައް އުފުލާފައިވާ މުނާޒް، މިއަދުގެ އަޑުއެހުމުގެ ތެރެއިން: އޭނާއަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ -- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ޓެރަރިޒަމް ފެތުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރި ކަމަށް ބުނާ އަދި ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ފަރާތުން ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ ހދ. ނޭކުރެންދޫ، ޝާޒިން، އަހުމަދު މުނާޒް ނުވަތަ "އަބޫ ޔޫސުފް" ގެ އަޑުއެހުންތައް މިއަދު ކޯޓުގައި ނިންމާލައިފި އެވެ.

މުނާޒުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ދައުވާގައި ބުނެފައި ވަނީ އަބޫ ޔޫސުފްގެ ނަމުގައި އޭނާ ހިންގި ފޭސްބުކް އެކައުންޓަކުން ދައުލަތަށް ޓެރަރިޒަމްގެ އިންޒާރުދީފައިވާ ކަމަށެވެ. އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ދެ މީހެއްގެ އަތުން ވެސްޓާން ޔޫނިއަން މެދުވެރިކޮށް ބޭރު ދެ ގައުމަކުން ފައިސާ ހޯދާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. އެގޮތުން ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ދައުލަތަށާއި ދިފާއަށް ފުރުސަތު މިއަދު ގާޒީ ދެއްވި އެވެ.

ދައުލަތަށް ލިބުނު ފުރުސަތުގައި ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މިއުނާ ވިދާޅުވީ އައިއެސްއަކީ ޓެރެރިސްޓު ޖަމާއަތެއް ކަމަށް 2019 ވަނަ އަހަރު ޑިސެމްބަރު މަހު ރާއްޖޭގައި ކަނޑައެޅި ނަމަވެސް، އޭގެ ކުރިންވެސް އެ ޖަމާތަކީ ޓެރެރިސްޓު ޖަމާއަތެއްގެ ގޮތުގައި މުޅި ދުނިޔެއިން ވެސް ކަނޑައަޅާފައިވާ ޖަމާއަތެއް ކަމަށެވެ. އެހެންކަމުން ދައުވާ ރައްދުވާ މުނާޒް، "އަބޫ ޔޫސުފް" ގެ ނަމުގައި ހުޅުވާފައިވާ އެކަންޓުގެ ކަވާ ފޮޓޯއަށް އައިއެސްގެ ދިދަ ލައިގެން އުޅުމަކީ އޭނާ ޓެރެރިޒްމް ޖަމާއަތެއްގެ ފަލްސަފާއަށް ތާއީދު ކުރާކަން ނަފީކުރެވޭނެ ކަމެއް ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ.

ނަމަވެސް ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވީ ޓެރެރިސްޓު ޖަމާއަތެއް ކަމަށް އައިއެސް ޖަމާއަތް ކަނޑައެޅުމުގެ ކުރިން މުނާޒްގެ އެކައުންޓުގެ ކަވާ ފޮޓޯއަކަށް އައިއެސް ދިދަ ލުމުގައި ގާނޫނީ ހުރަހެއް ނެތް ކަމަށާއި، އެއީ ގާނޫނީ ގޮތުން ބަލާއިރު، މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިވާހަކައަށް ރައްދު ދެމުން ދައުލަތުގެ ވަކީލް ވަނީ އައިއެސް ދިދަ ބޭނުންކުރުމުގެ އިތުރުން "އަބޫ ޔޫސުފް" ގެ ނަމުގައި އައިއެސް ޖަމާއަތުގެ ފަލްސަފާ ފެތުރުމަށް މުނާޒް ފޭސްބުކްގައި ކޮށްފައިވާ އެކި ޕޯސްޓުތައް ޝަރީއަތާއި ހިއްސާކޮށްފަ އެވެ.

އައިއެސްގެ ފަލްސަފާ ފެތުރުމަށް މުނާޒް ފޭސްބުކްގައި ދައްކާފައިވާ ބައެއް ވާހަކަތަކަކީ:

  • ދިވެހި ދައުލަތަކީ ކުފުރު ދައުލަތެއް ކަމަށް ބުނެ ޕޯސްޓެއް ކޮށްފައިވޭ
  • ޑިމޮކްރެސީގެ ނިޒާމަކީ ކުފުރު ނިޒާމެއް ކަމަށް ބުނެ ޕޯސްޓެއް ކޮށްފައިވޭ
  • ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ވޯޓު ދޭ މީހުންނަކީ މުޝްރިކުން ކަމަށާއި، އެއީ އިސްލާމުން ނޫންކަން ދޭހަވާ މޭރުމަކުން ޕޯސްޓެއް ކޮށްފައިވޭ
  • ދިވެހި ސަރުކާރަކީ ކުފުރު ސަރުކާރެއް ކަމަށް ބުނެފައި ވޭ
  • ޖިހާދަށް ދިއުމަށް ހިތްވަރު ދީ އެތައް ޕޯސްޓުތަކެއް ކުރި

ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އެފަދަ ވާހަކަތަކެއް އަބޫ ޔޫސުފް ނަމުގައި މުނާޒް ބޭނުން ކުރަމުން ދިޔަ އެކައުންޓުން އާންމުކޮށްފައިވާ ކަމަށް ދައުލަތުން ބުނުމާއެކު ދިފާއީ ވަކީލް ސުވާލު އުފެއްދީ އެ ޕޯސްޓުތަކުގެ ސައްހަ ކަމާމެދު އެވެ.

އެގޮތުން ދައުލަތުން ހުށަހެޅި ރިޕޯޓުގައި "އަބޫ ޔޫސުފް" ގެ އެކައުންޓަށް، މުނާޒްގެ ފޯނުން ނުވަތަ އޭނާ ގެންގުޅޭ އެހެން އެއްވެސް ވަސީލަތަކުން ވެސް ލޮގިން ވެފައިވާކަން ރަމްޒުކޮށްދޭ ވާހަކައެއް ދައުލަތުން ދައްކާފައިނުވާ ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.

އެ އެކައުންޓުން މުނާޒް ނޫން އިތުރު މީހަކުވެސް އެފަދަ ޕޯސްޓްތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން ދިފާއީ ވަކީލް ހުސްނީ ވިދާޅުވީ އެ ތަފްސީލު ދައުލަތުގެ ރިޕޯޓުގައި ހާމަކޮށްފައި ނުވާތީ، އެ ރިޕޯޓުގެ ބުރަދަނެއް ނެތްކަމަށް ޝަރީއަތުން ކަނޑައަޅަންޖެހޭ ކަމަށެވެ.

ދިފާއީ ވަކީލް ގަބޫލުކުރައްވާ ގޮތުގައި އޭނާގެ މުވައްކިލުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރެރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ، ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމަށް ދައުލަތުން ވަނީ ނުކުޅެދިފަ އެވެ. އަދި އެ މިންވަރަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި ދިނުމަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއުގެ އަރިހުގައި އެދިވަޑައިގަނެފަ އެވެ.

ދިފާއުން އެހެން ބުނި ނަމަވެސް، އެ މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ކިތާބީ ހެކީގެ ގޮތުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން މުނާޒުގެ ހަރަކާތްތައް ބެލުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހުށަހަޅާފައިވެ އެވެ. އޭގެ އިތުރުންވެސް ދެތިން ރިޕޯޓަކާއި ޝަފަހީ ހެކިވެރިއެއްވެސް ހެކިންގެ ތެރޭގައި ހިމެނެ އެވެ.

އެ ދައުވާގެ އިތުރުން މުނާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ވަނަ ދައުވާއަކީ ޓެރެރިޒަމަށް ފައިނޭންސް ކުރި ކަމުގެ ކުށުގެ ދައުވާ އެވެ. އެގޮތުން ވެސްޓާން ޔޫނިއަން މެެދުވެރިކޮށް އެމެރިކާގައި އުޅޭ އައިއެސް މީހެއް ކަމަށް އެ ގައުމުން ކަނޑައަޅާފައިވާ ލިއޮނަލް ވިލިއަމްސް އާއި މުނާޒްއާ ދެމެދު ހިނގި ފައިސާގެ މުއާމަލާތުތަކެއް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އަދި ފައިސާ ނެނގިކަމުގެ ރަސީދުތަކެއް މުނާޒްގެ ގެއިން ފެނިފައިވުމުން، އެވެސް ހެކީގެ ގޮތުގައި ދައުލަތުން ބޭނުންކުރި އެވެ.

ދެން މުނާޒްއަށް ފައިސާ ލިބުނީ ޕާކިސްތާނުގައި އައިއެސް ފިކުރަށް ތާއީދު ކުރާ މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އިމްރާންގެ ފަރާތުން ނެވެ. ވެސްޓާން ޔޫނިއަން މެދުވެރިކޮށް ހިންގާފައިވާ މި ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލު ވެސް ދައުލަތުން ހުށަހަޅާފައިވެ އެވެ.

މި ހެއްކަށް ރައްދު ދެމުން ދިފާއީ ވަކީލް ހުސްނީ ވިދާޅުވީ ދައުލަތަތުން އެ ހެކި ހޯދާފައި ވަނީ ބެންކިންގް ގާނޫނާ ހިލާފަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދެފަރާތެއްގެ މެދުގައި ހިނގާފައިވާ ފައިސާގެ މުއާމަލާތެއް ހޯދުމުގެ ބާރު ތަހުގީގީ އިދާރާތަކަށް ލިބިގެން ނުވެ އެވެ. އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ދިފާއުން ގަބޫލުކުރެ އެވެ. އެހެން ކަމުން ދިފާއީ ވަކީލް އެދިވަޑައިގަތީ އެ ހެކި ޝަރީއަތަށް ބަލައި ނުގަތުމަށެވެ.

ނަމަވެސް ދައުލަތުން ވަނީ އެ ހެކި ނަގާފައި ވަނީ ބޭންކިން ގާނޫނާ އެއްގޮތަަށް ކަމަށް ބުނެ އެކަމުގެ ތަފްސީލު ޝަރީއަތާއި ހިއްސާ ކުރި އެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވާ ނިމުމުން، އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ، އަންނަ މަހުގެ 27 ވަނަ ދުވަހު މިމައްސަލާގައި ހުކުމް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox