އިއުތިރާފް އެއްބަސްވުމަކަށް ދިޔަ މީހަކަށް 46 އަހަރުގެ ލުޔެއް

އިއުތިރާފް އެއްބަސްވުމަކަށް ދިޔަ މީހަކަށް 46 އަހަރުގެ ލުޔެއް

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ފިރިހެނަކު، ކުޑަކުދިންތަކަކާ ޖިންސީ އަމަލު ހިންގާ، އެކުދިން ގްރޫމްކޮށް، އެކުދިން ބޭނުންކޮށްގެން އޮރިޔާން ކާޑު އުފެއްދި ކަމަށް އެއްބަސްވެ، ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން، އޭނާގެ މައްޗަށް އަންނަން އޮތް ޖަލު ހުކުމަށް 46 އަހަރުގެ ބޮޑު ލުޔެއް ދީ ކްރިމިނަލް ކޯޓުން އޭނާ 30 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް 5 ދައުވާ އުފުލިއިރު، އެ ދައުވާތައް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށް ޕީޖީން ބުންޏެވެ. ނަމަވެސް ދައުވާ ލިބޭ މީހާ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވެ، ދައުލަތާއި އެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާ ކަމަށް އެ އޮފީހުން މައުލޫމާތު ދިނެވެ. ކުޑަކުދިންގެ މަސްލަހަތު ހިމެނޭތީ މި މައްސަލަ ކުރިއަށް ގެންދިޔައީ ސިއްރުންނެެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް

  1. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުން.
  2. އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުން.
  3. ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން.
  4. މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން.
  5. ގްރޫމްކުރުން.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ އެމީހާގެ މައްޗަށް ޖުމްލަ 76 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެން ނަމަވެސް ދައުލަތާއި އެކު އިއުތިރާފްގެ އެއްބަސްވުމަކަށް ދިއުމުން ތިން ދައުވާއެއް އަނބުރާ ގެނެސް، އޭނާގެ މައްޗަށް ކުރީ ދެ ދައުވާ އެކެވެ. އެއީ ކުޑަކުދިންނާއި އެކު ޖިންސީ އަމަލެއް ހިންގު ކަމުގެ ދެ ދައުވާ އެވެ.

މިމައްސަލަ ބައްލެވި ގާޒީ ދީބަނާޒް އޭނާގެ މައްޗަށް 30 އަހަރުގެ ހުކުމެއް މިއަދު އިއްވީ، އެ ދެ ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ޖިނާއީ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ ފުރުސަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުޅުވިފައިވާ ދޮރެއްކަން ފާހަގަކަކޮށް ޕީޖީން ބުނީ ދައުލަތާ ދެމެދު އެއްބަސްވުމަކަށް އައުމުގެ ނަތީޖާއަކީ މައްސަލަތައް އަވަސްވެ، ޖިނާއީ އަދުލުގެ ނިޒާމަށް އޮންނަ ބުރަ ބޮޑުތަނުން ކުޑަވެގެންދިއުން ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ދައުވާ ލިބޭ މީހާއަށްވެސް ބޮޑެތި ލުއިތަކެއް ލިބުމުގެ ފުރުސަތު އޮންނަކަން އެ އޮފީހުން ފާހަގަކުރި އެވެ.

"މައްސަލަ އާއްމު އުސޫލުން ކުރިއަށް ގެންގޮސްގެން ދައުވާތަށް ސާބިތުކޮށްދެވުނުނަމަ 76 އަހަރުގެ ހުކުމެއް އައީހެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 30 އަހަރަށް ކުޑަކުރެވިފަ އެވެ." މިމައްސަލައާއި ގުޅިގެން ޕީޖީން ނެރިފައިވާ ބަޔާނެއްގައި ވެއެވެ.

އެ އޮފީހުން ގަބޫލުުކުރާ ގޮތުގައި ދައުލަތުގެ މަސްލަހަތުގައި އޮތީ އަނިޔާ ލިބުނު ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމެވެ.

"މިމައްސަލައިގެ ޝަރީއަތެއް ހިނގާނަމަ، އަނިޔާ ލިބުނު ކުދިންގެ ހެކިބަސް ނަގައި، އެކުދިން އަލުން މިކަމުގެ ތެރޭގައި ޝާމިލުވާންޖެހޭގޮތް މެދުވެރިވާނެ. ރީވިކްޓިމައިޒްވުމުގެ ފުރުސަތު އޮންނާނެ. އެހެން ނަމަވެސް ކުށަށް އިއުތިރާފުވާ މައްސަލަތަކުގައި މި އުސޫލުގެ ދަށުން ޝަރީއަތުގައި އިއުތިރާފުވާނަމަ، ލުއި ދީގެން އަވަހަށް ޝަރީއަތް ނިމުމުން މިދެންނެވި ކަންކަމުން ސަލާމަތްވެފައިވޭ،" ޕީޖީން ބުންޏެވެ.

އެ އޮފީހުގެ އަމާޒަކީ ޕްލީ ބާގެއިންގެ ތެރެއިން ވީހާވެސް ގިނަ މައްސަލަތައް ކުރިއަށްގެންގޮސް އަވަހަށް ނިންމުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox