ޕާކިސްތާނުގައި ވެކްސިން ޓީމުތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުން މަރަނީ

ޕާކިސްތާނުގެ ކަރާޗީގައި ކުޑަކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ކަރާޗީގައި ކުޑަކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ. -- ފޮޓޯ: އޭއެފްޕީ

ޕެޝާވަރް، ޕާކިސްތާން (ޑިސެމްބަރު 12) - ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ޕޯލިއޯ ވެކްސިން ދޭ ޓީމަކަށް ސެކިއުރިޓީ ފޯރުކޮށްދޭން ހުރި ފުލުހަކަށް ބަޔަކު ހަމަލާދީ މަރާލައިފި އެވެ.

ފުލުހުން ބުނީ މިއީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެފަދަ ގޮތަކަށް ފުލުހަކު މަރާލި ދެ ވަނަ ފަހަރު ކަމަށެވެ. ހައިބަރް ޕަހްތުންހްވާ ޕްރޮވިންސްގައި ފުލުހަކަށް ހަމަލާދީ މަރާލާފައި ވާއިރު، ދެ ދުވަސް ކުރިން ހަމަ އެ ސަރަހައްދުގައި ޕާކިސްތާން ތާލިބާނުން ދިން ހަމަލާއެއްގައި ފުލުހަކު މަރުވި އެވެ.

އެ ފުލުސް މީހާއަކީ ވެސް ވެކްސިން ޓީމަކަށް ރައްކާތެރިކަން ފޯރުކޮށްދޭން އުޅުނު މީހެކެވެ.

Advertisement

"ސައިކަލުގައި ހަތިޔާރު ހިފައިގެން ދިޔަ ދެ މީހަކު ޝެއިހް އުއްތަރް ސަރަހައްދުގައި ދެ އަންހެން މެމްބަރުން ހިމެނޭ ޕޯލިއޯ ވެކްސިން ޓީމަށް ސެކިއުރިޓީ ފޯރުކޮށްދޭން ހުރި ފުލުހަކަށް ހަމަލާދިނުމުގެ ސަބަބުން އޭނާ ވަގުތުން މަރުވި،" އެ ޑިސްޓްރިކްޓުގެ ފުލުހުންގެ ވެރިޔާ ސައްޖަދް ހާން އޭއެފްޕީ އަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ ހަމަލާ ދިން ދެ މީހުން ފިލާފައިވާ ކަމަށެވެ. ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް ހޮނިހިރު ދުވަހު ދިން ފުރަތަމަ ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ތާލިބާނުން ވަނީ އުފުލާފަ އެވެ.

ހަމަލާތައް ދޭން ފަށާފައި މި ވަނީ ސަރުކާރާއި ތާލިބާނާ ދެމެދު ގާއިމްކުރި އެއް މަސް ދުވަހުގެ ސުލްހަ ހުކުރު ދުވަހު ނިމުމަކަށް އައުމުންނެވެ. މުއްދަތެއް ނެތް ގޮތުގައި ސުލްހަ ދަމަހައްޓަން ބޭނުން ކަމަށް ބުނުމަށް ފަހު، ހުކުރު ދުވަހު ތާލިބާނުން ސަރުކާރަށް ތުހުމަތު ކުރީ އެއްބަސްވުމާ ހިލާފުވި ކަމަށެވެ.

ޕާކިސްތާނު ތާލިބާނުންގެ ލީޑަރު ނޫރް ވަލީ މެހްސޫދް ހުކުރު ދުވަހު ނެރުނު އޯޑިއޯއެއްގައި ބުނީ ސަރުކާރާ އެކު ކުރި މަޝްވަރާ އިން ވެސް ކުރިއެރުމެއް ނުލިބުނު ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވީ 2014 ވަނަ އަހަރަށް ފަހު ތާލިބާނާއި ސަރުކާރާ ދެމެދު ފުރަތަމަ ފަހަރަށް މަޝްވަރާ ފެށީ އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުންގެ އެހީއާ އެކު ކަމަށެވެ.

އަފްގާނިސްތާނުގެ ތާލިބާނުންނާ އެއް ގޮތަށް މަސައްކަތް ކުރާ ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ސަބަބުން 2007 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައި ނުރައްކާތެރި ހަމަލާތައް އިތުރުވި އެވެ.

މީގެ ކުރިން ވެސް ޕާކިސްތާނުގައި ވެކްސިން ޓީމުތަކުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ހަމަލާތައް އަމާޒުވެފައި ވެ އެވެ. ޕޯލިއޯ ވަރަށް ބޮޑަށް އަދިވެސް އޮތް ހަމައެކަނި ދެ ގައުމުގެ ތެރެއިން އެއް ގައުމަކީ ޕާކިސްތާނެވެ.

ނަމަވެސް ގްލޯބަލް ޕޯލިއޯ އިރޭޑިކޭޝަން އިނީޝިއޭޓިވް އިން ބުނީ މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައި ވަނީ އެންމެ ކޭސްއެއް ކަމަށެވެ. އެކަމަކު 2020 ވަނަ އަހަރު 84 ކޭސް ރިޕޯޓު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox