އެ ގޮތަށް ރެފްރީކަން ކޮށްގެން ރާއްޖޭގެ ވޮލީ ކުރިއެއް ނާރާނެ: ލަންކާ ކޯޗު

Dec 11, 2021, 3:06 AM
ލަންކާގެ ކޯޗު ޗަންނަ ޖަޔަސޭކަރަ: އޭނާ ވަނީ ދެ ވަނަ މެޗުގެ ރެފްރީންނަށް ފާޑުކިޔާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަންކާގެ ކޯޗު ޗަންނަ ޖަޔަސޭކަރަ: އޭނާ ވަނީ ދެ ވަނަ މެޗުގެ ރެފްރީންނަށް ފާޑުކިޔާފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސްރީ ލަންކާ އާއި ރާއްޖޭން ރޭ ކުޅުނު ވޮލީ މެޗުގައި ތިބި ދިވެހި ރެފްރީންގެ ފަރާތުން ފެނުނީ ދެރަ ކަންތައްތަކެއް ކަމަށާއި އެ ގޮތަށް ރެފްރީކަން ކޮށްގެން ރާއްޖޭގެ ވޮލީބޯޅަ ކުރިނާރާނެ ކަމަށް ލަންކާ ޓީމުގެ ކޯޗު ޗަންނަ ޖަޔަސޭކަރަ ބުނެފި އެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭން ލަންކާއާ ދެކޮޅަށް މާލޭގައި ތިން މެޗެއް ކުޅެން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ދެ މެޗު ވަނީ މިހާރު ނިމިފަ އެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗާއި ރޭގެ މެޗުން ވެސް ލަންކާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުގެ ސެޓުތައް ދިޔައީ 25-13، 25-14 އަދި 25-18 އިންނެވެ. ރޭ ކުޅުނު މެޗުގައި ރާއްޖޭން ރަނގަޅު ވާދައެއް ކުރިއިރު، ސެޓުތައް ދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ.

ރޭގެ މެޗުގެ ފަހު ދެ ސެޓުގައި ސްކޯ ބޯޑު މޭޒުން އޮޅުވާލި ކަމަށް ލަންކާގެ ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އަދި ފަހު ސެޓުގައި ކޯޓުން ބޭރަށް ދިޔަ ބޯޅައެއް އެތެރޭގައި ޖެހުނުކަމަށް ލައިން ރެފްރީ ނިންމުމާ އެކު ލަންކާ ބެންޗުންނާއި ކުޅުންތެރިން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ. އެ ވަގުތު ލަންކާގެ ކުޅުންތެރިޔާ، މެތުމަލް ވަަސަންތުޕްރިޔާ އަށް ރަތް ކާޑެއް ދެއްކުމާ އެކު ރާއްޖެ އަށް ޕޮއިންޓެއް ލިބި ސެޓުގެ މުހިއްމު ވަގުތެއްގައި ރާއްޖެ އަށް ލީޑެއް ލިބުނެވެ. އެއީ 19-18 އިންނެވެ. އެހެން ނަމަވެސް ލަންކާ އިން ހިތްވަރު ގަދަކޮށް ފަހު ސެޓު ވެސް ގެންގޮސް މެޗުން މޮޅުވީ އެވެ.

"ވަރަށް ވަރަށް ދަށްކޮށް އަމްޕަޔަރުން (ރެފްރީން) ފެނުނީ. މެޗުތައް މިހެން ދާއިރު، ދެ ޓީމު ވަރަށް އެއްވަރުކޮށް އޮއްވައި ސްކޯ އޮޅުވާލަނީ އެއީ ވަރަށް ގޯސްކަމެއް. އެއީ އަހަރެމެންނަށް ލިބޭ ގެއްލުމެއް ނޫން. އެއީ ރާއްޖޭގެ ވޮލީބޯޅަ ކުރިއަރުވަން ބަލާއިރު ލިބޭ ގެއްލުމެއް،" މެޗަށް ފަހު ރެފްރީންނާ ބެހޭގޮތުން ލަންކާ ކޯޗު ޖަޔަސޭކަރަ ބުންޏެވެ.

މީގެ ކުރިން ރާއްޖެ އަށް ކުޅެން އައި ޖަޔަސޭކަރަ ބުނީ ފުރަތަމަ މެޗާ އަޅާކިޔާއިރު، ދެ ވަނަ މެޗުގައި ދެ ޓީމުގެ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. އަދި ދެ ވަނަ މެޗުގައި ސަޕޯޓަރުން ބޭނުންވާ ފަދަ ކުޅުމެއް ކުޅެން ދެ ޓީމުން ވެސް މަސައްކަތް ކުރިކަން ޖަޔަސޭކަރަ ފާހަގަކުރި އެވެ.

"ފުރަތަމަ މެޗުގައި އަހަރެމެން ކާމިޔާބު ހޯދީ ރަނގަޅަށް ބްލޮކް ކޮށްގެން، ދެން ސާވިސް ރަނގަޅު ވެގެން. މި މެޗުގައި މި ފެނުނީ ރާއްޖޭގެ ރިސީވިން ރަނގަޅުކޮށް. އެ މީހުންގެ ސްޕައިކްތައް ވެސް ފެނުނީ ވަރަށް ވަރުގަދަކޮށް އެ މީހުން މެޗަށް އެނބުރި އަންނަން ފައިޓްކުރާ ގޮތް ވެސް ރަނގަޅުވެއްޖެ." ޖަޔަސޭކަރަ ބުންޏެވެ.

ރާއްޖޭގައި މި މެޗުތައް ކުޅުނު ނަމަވެސް މެޗު ބަލަން އަންނަ ލަންކާގެ ގިނަ މީހުން ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އަޑުގަދަ އެވެ.

ޖަޔަސޭކަރަ ބުނީ ސަޕޯޓަރުންގެ ދޭ ހިތްވަރު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަ ކަމަށެވެ.

"ރާއްޖޭގައި ގިނަ ސްރީ ލަންކާ މީހުން މަސައްކަތް ކުރޭ. ރާއްޖެ އަށް ލަންކާގެ ވޮލީބޯޅަ ކުޅުންތެރިން ވަރަށް ގިނައިން އާދޭ ލޯކަލް މުބާރާތްތައް ކުޅެން ވެސް. އެހެންވެ، ގިނަ ބަޔަކަށް ރާއްޖޭގެ ވޮލީބޯޅައިގެ ކަންކަން އެނގި. މި މެޗުތައް ބަލަން އަހަރެމެން އެދުމާ އެކީ އެ އަންނަނީ. އެ ދޭ ސަޕޯޓް ފެނިފައި ވަރަށް ހިތްހަމަޖެހޭ،" ޖަޔަސޭކަރަ ބުންޏެވެ.

ލަންކާ އާއި ރާއްޖެ ވެސް މި މަހު ކުޅޭ ސެންޓްރަލް ޒޯންގައި ވާދަކުރާނެ އެވެ. ރާއްޖެ އާއި ލަންކާ ކުޅޭ އެކުވެރިކަމުގެ ފަހު މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox