ދެ ވަނަ މެޗުގައި ވެސް ރާއްޖެ އަތުން ތިން ސެޓުން ލަންކާ މޮޅުވެއްޖެ

Dec 10, 2021, 8:27 PM
ދެ ވަނަ މެޗުގައި ވެސް ރާއްޖެ އަތުން ތިން ސެޓުން ލަންކާ މޮޅުވެއްޖެ

އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅުނު ދެ ވަނަ މެޗުގައި ވެސް ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ރާއްޖޭން މިރޭގެ މެޗުގައި ފުރަތަމަ މެޗަށް ވުރެ ރަނގަޅަށް ކުޅުނެވެ. އެކަމަކު، ސެޓެއް ހޯދަން ކުރަން ޖެހޭ ވަރަށް މަސައްކަތް ނުކުރެވި އެކަން ވެސް ހާސިލްނުވީ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ.

މިރޭގެ މެޗަށް ރާއްޖެ އިން ނުކުތްއިރު ވަނީ ފަށާ ހަޔަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. މުހައްމަދު ނައީމް (ނައިންޓޭ) ލިބަރޯ އަކަށް ބޭނުންކުރިއިރު، ސެޓަރަކަށް ހުރީ ހުސެއިން ޝާހިދު (ޝާޑު) އެވެ. އަދި ސްޕައިކަރަކަށް ބޭނުންކުރި އާދަމް ނަސީމް (އެޑަމް) މިރޭ ވަނީ އެޓޭކްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމު ވަރަށް ވާދަވެރިކޮށް ދިޔައިރު، ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު ލަންކާ ކުރީގައި އޮތީ 8-7 އިންނެވެ. ރާއްޖޭގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ރަނގަޅު ހަމަލާތަކެއްް ފެނިގެންދިޔައިރު، ރާއްޖޭން ރެލީ އެއް ވެސް ޕޮއިންޓަކާ އެކު ނިންމި އެވެ.

ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ޓައިމްއައުޓް ނަގައިގެން ޓީމު ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅުގައި ލަންކާ އިން ލީޑުފުޅާކުރަމުން ގޮސް ސެޓު 25-19 އިން ގެންދިޔައީ އެވެ.

މިރޭގެ މެޗުގައި ވެސް ލަންކާގެ ލިބަރޯ، ވިޖެސޭކަރަ ލަކްމަލްގެ ޑިފެންސްތައް ރަނގަޅެވެ. ލަންކާ ޓީމުގެ ސެޓަރު، ދަނުޝްކާ ދިލްޝަން ވަނީ އޭނާގެ ޒިންމާ އަދާކުރުމުގައި ތަފާތު ދައްކައިފަ އެވެ. ޓީމުގެ އެޓޭކް ކުޅުންތެރިން ބޭނުންކުރާނެ ރަނގަޅު ވަގުތުތަކުގައި އޭނާ ވަނީ އެކަން ކޮށްފަ އެވެ.

ދެ ވަަނަ ސެޓު ފަށައިގެން ވަރަށް ވާންކޮށް ދިޔައިރު، ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓްގައި ރާއްޖެ އޮތީ 7-8 އިން ކުރީގަ އެވެ. މިއީ ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗުގައި ރާއްޖެ އަށް ޓެކްނިކަލް ޓައިމްއައުޓަކާ ހަމައަށް ދިޔައިރު ލީޑެއްގައި ހިފަހައްޓައިލެވުނު ފުރަތަމަ ފަހަރެވެ. އެކަމަކު، ލަންކާ ފަހަތުން އަރައި 15-09 އަށް މެޗު އަނބުރާލާ ކޮންޓްރޯލް ނެގި އެވެ. ރާއްޖޭން ހިތްވަރުކޮށް އަލީ ހުޒާމް (ހުޒަންޓެ) އާއި އެޑަމް އަދި ކުޑަކާއްޓެގެ ރަނގަޅު އެޓޭކްތަކަކަށް ފަހު ފަރަގު ކުޑަކުރި އެވެ.

މި ސެޓުގެ ފަހުކޮޅުގައި ސްކޯ ޓޭބަލުން އޮޅުވާލި ކަމަށް ބުނެ، ލަންކާ އިން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. ލަންކާގެ ޓެކްނިކަލް އޮފިޝަލް ގޮނޑިން ތެދުވެ، އޭނާ ނޯޓުކުރަމުން ދިޔަ ސްކޯ ޗާޓު ވެސް ދައްކާލި އެވެ. މި ސެޓުގައި ލަންކާގެ ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ވެސް ފާޅުކުރި އެވެ. ރާއްޖޭން މި ސެޓުގައި ވަނީ ޝާޑުގެ ބަދަލުގައި ހުސެއިން ވިޝާމް (ބުޅިކެ) ކުޅެން އަރުވައިފަ އެވެ. ލަންކާގެ އެޓޭކްތައް ވަރުގަދަކޮށް ސެޓުގެ ފަހު ކޮޅުގައި ފެނުނުއިރު، އެ ޓީމުން ސެޓު ގެންދިޔައީ 25-21 އިންނެވެ.

ފުރަތަމަ ދެ ސެޓު ގެންދެވުމުން ލަންކާ އިން ތިން ވަނަ ސެޓު ފެށީ ކޮންފިޑެންސާ އެކު އެވެ. ސެޓު ފެށިގެން ލަންކާއިން އެ ޓީމުގެ އިންދީވަރަ ބަންޑާރަ އާއި މެތުމަލް ވަސަންތުޕްރިޔާގެ އެޓޭކްތަކާ އެކު ރަނގަޅު ލީޑެއް ނެގި އެވެ.

އެކަމަކު، ރާއްޖޭން ކުޑަކާއްޓެ އާއި ހުޒަންޓެ އަދި އާދަމް ފައިރޫޒްގެ ރަނގަޅު ދެ ބްލޮކަކާ އެކު ރަނގަޅު ފައިޓެއް ދިނެވެ. އަދި މެޗު 15-15 އިން އެއްވަރުކުރި އެވެ. އެ ވަގުތު ލަންކާގެ ކޯޗު ޗަންނަ ޖަޔަސަންކަރާ އަށް ޖެހުނީ ޓީމު ހަމަޔަކަށް އަޅުވަން ޓައިމްއައުޓެއް ނަގާށެވެ.

އޭގެ ފަހުން ރާއްޖޭން ކުރި އެޓޭކެއްގައި ބޭރަށް ދިޔަ ބޯޅައެއް އެތެރެ ކަމަށް ރެފްރީ ނިންމުމާ އެކު ލަންކާ ބެންޗާއި ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހި އެޕީލްކުރި އެވެ. އެ ކަންތައްތަކުގެ ތެރެއިން މެޗުގެ ރެފްރީ ލަންކާ ކުޅުންތެރިޔާ އަށް ރަތް ކާޑެއް ދެއްކުމުން ރާއްޖެ އަށް ލިބުނު ޕޮއިންޓާ އެކު ވަނީ 18-19 އިން ރާއްޖެ އަށް ލީޑެއް ލިބިފަ އެވެ. އެކަމަކު، އެ ވަގުތު ލަންކާ އާ ހިތްވަރެއް ލައި ރަނގަޅު ކުޅުމެއް ދައްކައި ސެޓު ގެންދިޔައީ 25-23 އިންނެވެ.

ރާއްޖޭން 2019 ވަނަ އަހަރު އޮގަސްޓް މަހުގައި މާލޭގައި ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ފުރަތަމަ ސެޓު ގެންދިޔަ އެވެ. މި ފަހަރުގެ މެޗުތަކުގައި ލަންކާ އިން ފުރަތަމަ ދެ މެޗު ވެސް ނިންމައިލީ ސީދާ ތިން ސެޓުންނެވެ. ފަހު މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭގަ އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭން މި މެޗުތައް މި ކުޅެނީ މި މަހު 22-29 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާށެެވެ.

ރާއްޖޭން ލަންކާއާ ދެކޮޅަށް މި ކުޅުނު ދެ މެޗަކީ މިދިޔަ ދެ އަހަރެއްހާ ދުވަހު މެޗެއް ނުކުޅެ ހުރެފައި، މަހެއްހާ ދުވަހުގެ ޕްރެކްޓިހަށް ފަހު ކުުޅުނު ފުރަތަމަ މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox