ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

Dec 9, 2021, 6:48 PM
ލަންކާ ކުޅުންތެރިއަކު ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ރާއްޖޭގެ ތިން ކުޅުންތެރިއަކު މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަންކާ ކުޅުންތެރިއަކު ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ރާއްޖޭގެ ތިން ކުޅުންތެރިއަކު މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިރޭ ސީދާ ތިން ސެޓުން ލަންކާ އަތުން ބަލިވެއްޖެ އެވެ.

މިއީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންްޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވި ފަހުން ރާއްޖޭގެ ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި މިރޭގެ މެޗަކީ ދެ އަހަރު ތެރޭ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގެ ސެޓުތައް ދިޔައީ 25-13، 25-14 އަދި 25-18 އިންނެވެ.

Advertisement

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ ހަ ކުޅުންތެރިންނަކީ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ)، ހަސަން ނިލާމް (ޕާޓޭ)، އަލީ ހުޒާމް (ހުޒަންޓެ)، ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، ލިބަރޯ، އަޝްފާގު އާދަމް (އައްކަޅޭ)ގެ އިތުރުން ޝުއައިބު އަބްދުލް ލަތީފް އެވެ.

ލަންކާ އިން މި މެޗުތަކަށް ގެނައީ ނިސްބަތުން ޒުވާން ސްކޮޑެކެވެ. ގިނައީ 21 ނޫނީ 22 އަހަރުގެ ކުޅުންތެރިންނެވެ. ސީނިއާ ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ.

ލަންކާ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ކުޑަކާއްޓެ ބޯޅައެއް ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފުރަތަމަ ސެޓު ފެށިތަނުން ލަންކާ އިން ވަރަށް ބޮޑަށް ކޮންޓްރޯލް ނަގައިގެން ކުޅެން ފެށި އެވެ. އެ ޓީމުގެ ޑިފެންސާއި އެޓޭކް ވެސް ވަރުގަދަކޮށް ފެނިގެންދިޔައިރު، އެޓީމުން މެޗު ފެށިތަނުން ހަ ޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލި އެވެ. ލަންކާގެ ސީނިއާ ކުޅުންތެރިން ކަމަށްވާ ލަސިންދު އާއި ދަނުޝްކާގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނުނެވެ. ރާއްޖޭގެ ކެޕްޓަން ކުޑަކާއްޓެ އާއި ހުޒަންޓެ ވެސް މެޗުގެ ތެރެއަށް ވަދެވޭތޯ ރަނގަޅު އެޓޭކްތަކެއް ކުރިއިރު، މުޅި ޓީމުގެ ރިސީވާއި ޑިފެންސް ދަށްވެ، ބޭނުންވާ ވަރަށް ނުކުޅެވުނީ އެވެ. އެ ގޮތަށް ގޮސް ލަންކާ އިން 25-13 އިން ސެޓު ގެންދިޔައީ އެވެ

ދެ ވަނަ ސެޓު ފަށައިގެން ރާއްޖޭން ލަންކާއާ ދެ ފަހަރެއްގެ މަތިން އެއްވަރުކުރި އެވެ. އެކަމަކު، ލީޑެއް ނަގަން ކުރި މަސައްކަތުގައި ރާއްޖެ އަށް ކާމިޔާބެއް ނުލިބުނެވެ. ރާއްޖޭގެ އެޓޭކިން ކުޅުންތެރިން ފުރަތަމަ ސެޓަށް ވުރެ ފޯކަސްކޮށް ދެ ވަނަ ސެޓުގައި ކުޅެން ފެށި ނަމަވެސް މުހިއްމު ވަގުތުގައި ރިސީވިންގެ މައްސަލަ ދިމާވެ، ބްލޮކް ވެސް ނުކުރެވުނީ އެވެ. ނަތީޖާ އަކީ ސެޓުގެ މެދަކާ ހަމައިން ލަންކާ އިން ލީޑު ފުޅާކޮށް މި ސެޓު ވެސް ގެންގޮސް މެޗުގެ ކޮންޓްރޯލް ނަގައި މޮޅަކާ ދިމާލަށް މިސްރާބު ޖެހީ އެވެ.

ރާއްޖޭން ބަދަލެއްގެ ގޮތުގައި އަރައި ފުރަތަމަ ދެ ސެޓުގައި ވެސް އާދަމް ނަސީމް (އެޑަމް) ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ލަންކާ އިން ދެ ވަނަ ސެޓު ގެންދިޔައީ 25-14 އިންނެވެ.

ފުރަަތަމަ ދެ ސެޓު ގެއްލުމުން ރާއްޖެ ތިން ވަނަ ސެޓު ފެށީ ވަރަށް ވަރުބަލިކޮށެވެ. އޭގެ ބޭނުން ހިފީ ރަނގަޅު ރޫހެެއްގައި އޮތް ލަންކާ ޓީމުންނެވެ. ފަހު ސެޓު ފަށައިގެން ހަތް ވަރަކަށް ޕޮއިންޓުގެ ލީޑެއް ލަންކާ އިން ނެގި ނަމަވެސް ވަކި ހިސާބަކުން ރާއްޖޭން ހިތްވަރު ދައްކައި ފަރަގު ކުޑަކުރަން ފެށި އެވެ. އެކަމަކު، ލަންކާ އިން ސެޓުގެ މެދަކާ ހަމައިން އަނެއްކާ ވެސް ލީޑު ބޮޑުކުރި އެވެ. އަދި ފަހު 10 ވަރަކަށް ޕޮއިންޓަށް ލަންކާ އިން ވަނީ މެޗުގެ ފުރަތަމަ ދެ ސެޓުގައި ފުރުސަތު ނުދެވި ހުރި ކުޅުންތެރިންނަށް ފުރުސަތު ދީ ތިން ވަނަ ސެޓު ވެސް ގެންގޮސް މެޗުން މޮޅުވެފަ އެވެ. ލަންކާ އިން ތިން ވަނަ ސެޓު ގެންދިޔައީ 25-18 އިންނެވެ.

ލަންކާ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޅުމަށް ބަލާއިރު، ރާއްޖޭގެ ޕޮއިންޓް ސްކޯރިން ސެޓަކަށް ފަހު ސެޓެއް ދިޔައީ ރަނގަޅަށެވެ. އެހެންކަމުން ލަންކާއާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗާއި އާދިއްތަ ދުވަހު ކުޅޭ މެޗުގައި މިރެ އަށް ވުރެ ރަނގަޅު ކުުޅުމެއް ދެއްކޭނެ އެވެ.

ރާއްޖޭން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ދެން ކުޅުނު ދެ މެޗުން ރާއްޖެ ވަނީ ފުރަތަމަ ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ލީޑު ނަގާފައި ވެސް ރާއްޖެ އަތުން ދެ ސެޓު ގެއްލުނީ ފަހަތުން އަރައި ލަންކާ އިން މޮޅުވާން ކުރި މަސައްކަތް ކާމިޔާބު ކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox