ތިން ވަނަ މެޗުގައި ވެސް ލަންކާ އަށް ރާއްޖެ އަތުން ފުރިހަމަ މޮޅެއް

Dec 12, 2021, 7:46 PM
ރާއްޖެ ޓީމުގެ ކުޑަކާއްޓެ ފޮނުވާލާ ބޯޅަ ލަންކާގެ ދެ ކުޅުންތެރިއަކު އަރާ ބްލޮކްކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖެ ޓީމުގެ ކުޑަކާއްޓެ ފޮނުވާލާ ބޯޅަ ލަންކާގެ ދެ ކުޅުންތެރިއަކު އަރާ ބްލޮކްކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބަންގްލަދޭޝްގައި މި މަހު ކުޅޭ އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅުނު ތިން ވަނަ މެޗުގައި ވެސް ސީދާ ތިން މިރޭ ސެޓުން ބަލިވެއްޖެ އެވެ.

ލަންކާ އިން ރާއްޖޭގެ މައްޗަށް ތިން މެޗުގައި ވެސް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މީގެ ދެ އަހަރު ކުރިން 2019 ވަނަ އަަހަރު އޮގަސްޓް މަހު ލަންކާ އިން މާލެ އައިސް ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން މޮޅުވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ރާއްޖެ ވަނީ ފުރަތަމަ ސެޓު ގެންގޮސްފަ އެވެ. އެކަމަކު، ލަންކާ އިން ވަނީ ފަހަތުން އަރައި ރާއްޖެ ބަލިކޮށްފަ އެވެ.

ރާއްޖޭން ލަންކާއާ ދެކޮޅަށް މި ކުޅުނު ތިން މެޗަކީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ކުޅުނު ފުރަތަމަ މެޗުތަކެވެ. ނޭޕާލުގެ ކަތުމަންޑޫގައި 2019 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ކުޅުމަށް ފަހު މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވޮލީގެ ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ. ކޮވިޑް-19ގެ ސަބަބުން މި އައި މެދުކެނޑުމަށް ފަހު ރާއްޖޭން ލަންކާ މެޗުތަކުގެ ކުރިން އެއްކޮށް ޕްރެކްޓިސް ކުރީ މަހެއްހާ ދުވަހު އެވެ. ލަންކާ އިން ވަނީ މި އަހަރު ތެރޭ ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްކޮށް ޖުލައި މަހު އޭޝިއާ މުބާރާތުގެ ކޮލިފައިންގައި އުޒްބެކިސްތާން ބަލިކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި މެޗުން ރާއްޖެ ބަލިވީ 25-13، 25-14 އަދި 25-18 އިންނެވެ. ހުކުރު ދުވަހުގެރޭ ކުޅުނު ދެ ވަނަ މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ. އަދި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ޝަރަފްވެރިކޮށްދެއްވި މިރޭގެ މެޗުން ލަންކާ މޮޅުވީ 25-18، 25-17 އަދި 25-19 އިން ސެޓުތައް ގެންގޮސްގެންނެވެ.

ލަންކާ ޓީމުގެ މަހޭލާ ފުއްމައިގެން އަރައި ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ރާއްޖޭން ފެށީ ފުރަތަމަ ހައެއްގައި ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، ސެޓަރަކަށް ހުސެއިން ވިޝާމް (ބުޅިކެ)، ލިބަރޯ އަކަށް އަޝްފާގު އާދަމް (އައްކަޅޭ)، ސެންޓަރަކަށް އާދަމް ފައިރޫޒް އަދި އެޓޭކަރުންނަށް އަލީ ހުޒާމް (ހުޒަންޓެ) އާއި އާދަމް ނަސީމް (އެޑަމް) ލައިގެންނެވެ.

ފުރަތަމަ ސެޓުން ފަށައިގެން ލަންކާ އިން ރަނގަޅު އެޓޭކްތަކެއް ފޮނުވާލައި، ރާއްޖޭގެ އެޓޭކްތައް ބްލޮކްކުރުމުގައި ކުރިހޯދި އެވެ. ލަންކާގެ އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ މަހޭލާ ބަންޑާރާގެ އެޓޭކްތައް ހުއްޓުވުން ވީ އުނދަގޫ ކަމަކަށެވެ. މިރޭ ވެސް މަހޭލާ ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައި އެ ޓީމަށް މުހިއްމު ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ. ރާއްޖޭގެ ކުޑަކާއްޓެ އާއި އެޑަމް ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖޭގެ ފައިރޫޒްގެ ފަރާތުން ފެނުނު ރަނގަޅު ބްލޮކްތައް މިރޭ އެހާ ބޮޑަށް ނުފެނުނެވެ.

މުޅި މެޗަށް ބަލާއިރު، ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ތިން ސެޓުގެ ތެރެއިން ވެސް ޓައިމްއައުޓް ނަގައި ޓީމު ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ލަންކާ ފެނުނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ރަނގަޅަށް ކުޅެލިތަނެވެ. ލަންކާ ޓީމަށް ހާސްކޮށްލެވޭ ވަރުގެ ކުޅުމެއް މިރޭގެ މެޗުގެ އެއްވެސް ސެޓެއްގެ ފަހު ކޮޅުގައި ރާއްޖެ އަށް ނުދެއްކުނެވެ. ތިން ވަނަ ސެޓުގައި ރާއްޖޭގެ ހުޒަންޓެ ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަަމަވެސް ލަންކާ ހާސްކޮށްލެވޭ ވަރަށް ރާއްޖޭގެ ޓީމަށް މިރޭގެ މެޗުގައި ތަފާތެއް ނުދެއްކުނެވެ.

ރާއްޖެ ކުޅޭ ސެންޓްރަލް ޒޯން ވޮލީ މުބާރާތް އޮތީ މި މަހު 22-29 އަށް ބަންގްލަދޭޝްގެ ޑާކާގަ އެވެ. ރާއްޖެ އާއި ލަންކާގެ އިތުރުުން އުޒްބެކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝް އެ މުބާރާތުގައި ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox