މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހޭ: އޭސީސީގެ ރައީސް ޝިއުނާ

ޝިއުނާ މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ޖާގަ ދޭން ގޮވާލެއްވި --

ޝިއުނާ މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ޖާގަ ދޭން ގޮވާލެއްވި --

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނީ ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެނެސް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ޖާގަ ދީގެން ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހަށް އަމާޒުކޮށް އޭސީސީން ވަނީ ގައުމީ އެންޓި ކޮރަޕްޝަން ޕޮލިސީ މިރޭ އިފްތިތާހުކޮށްފަ އެވެ. މިއީ ކޮރަޕްޝަނާ ދެކޮޅަށް އަމަލު ކުރާނެ ގޮތާމެދު ރާއްޖޭގައި ގައުމީ ޕޮލިސީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

ކޮރަޕްޝަން ހުއްޓުވައި އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅާނެ ގޮތުގެ ސިޔާސަތުތައް އެކުލަވާލުމަކީ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަނަށް މަތިކުރި މެންޑޭޓެކެވެ.

އޭސީސީން މިރޭ މި ޕޮލިސީ ނެރުނުއިރު މިހާރު ކޮމިޝަންގައި ތިއްބެވި މެންބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ މެންބަރުންގެ މަސައްކަތުގެ އޮޑިޓަކަށްފަހު އެވެ.

ޕޮލިސީ ނެރެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވީ އެ ކޮމިޝަނަށް އޮތް އެންމެ ބޮޑު މެންޑޭޓަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުން ކަމުގައިވީ ނަމަވެސް, ކޮރަޕްޝަން ހިނގިޔަ ނުދިނުމަށް ސިޔާސަތުތައް ކަނޑައެޅުމަކީ ވެސް އެހާމެ މުހިންމު ކަމެއް ކަމަށެވެ.

"ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ހަމައެކަނި ތަހުގީގު ކުރުމަކުން އަދި ހަމައެއް ނުވޭ, އަޅުނޑުމެން އެބަ ޖެހޭ ޕްރެވެންޝަން ފަސްޓް އެޕްރޯޗެއް ގެންގުޅެން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި," ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި, ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކާއި ސިޔާސަތުތައް އެކުލަވާލާފައިވާ ގައުމުތަކުގައި ދައުލަތް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުންނަ ކަންކަން ވަރަށް މަދެވެ.

އެފަދަ މުޖުތަމައުތަކުގައި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ފަސޭހައިން ލިބެން ހުންނަ ކަމަށާއި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ހޯދުމަށް އޮންނަ ފުރުސަތުތައް ވެސް ގިނަކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ.

"...އަދި މުޖުތަމައުގައި އޮންނަ ހަމަޖެހުމާއި އިގުތިސޯދީ ފުދުންތެރިކަން މިފަދަ ގައުމުތަކުގައި އާންމުކޮށް ވަރަށް ރަނގަޅުވާނެ," ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވަނީ ރާއްޖޭގައި ވެސް ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ޕޮލިސީ ލެވެލްގައި ބަދަލުތަކެއް ސަރުކާރުން ވެސް ގެންނަމުންދާކަން ފާހަގަ ކުރައްވައި އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެހެންނަމަވެސް, ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ބައިވަރު ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"ކޮރަޕްޝަނާ ދެކޮޅަށް ގާނޫނުތައް ހެދުނަސް މި ގާނޫނުތައް ތަންފީޒުކުރަން ކެޕޭސިޓީ ބިލްޑްކުރަން ޖެހޭ, އެކަށީގެންވާ ވަސީލަތްތައް ބޭނުންވޭ އަދި ގާނޫނުތަކަށް އާންމުން ހޭލުންތެރިވެ ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ," ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ދައުލަތުގެ ފައިސާ ނުހައްގުގެ ހޯދައި އޭގެން މަންފާ ނަގައިގެން ދިރިއުޅުން އާރާސްތުކުރުމަކީ އާދައެއްގެ ގޮތުގައި މިވީ އަހަރުތަކުގައި ހަދާފައިވާ ކަމަށެވެ. ނަމަވެސް, ދައުލަތުގެ ފައިސާއަކީ އޭގެން ނާޖައިޒު ފައިދާ ހޯދަން އޮތް އެއްޗެއްގެ ބަދަލުގައި އަމާނާތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

ދައުލަތަށް ގެއްލިގެންދާ ފައިސާ ހޯދުމަކީ ބުނަން ވަރަށް ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް ކުރަން އެހާމެ އުނދަގޫ ކަމެއް ކަމަށް ޝިއުނާ ވިދާޅުވި އެވެ. އެކަމަށް ނިޒާމުގެ ތެރެއިން އެތައް މަރުހަލާތަކެއް ކަނޑަތުކޮށް އިދާރާތަކުގެ އެތައް ވަގުތެއް ހޭދަކުރަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"...އެހެންވެ ޕްރެވެންޝަން ފަސްޓް އެޕްރޯޗެއް އެހާ މުހިންމު ވަނީ," ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވައި މުއައްސަސާއެއްގެ މިނިވަން ކަމާއި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވަރަށް ބައިވަރު ޗެލެންސްތަކާއެކު, އަޅުގަނޑުމެންނަށް މިނިވަންކަމާއެކު މަސައްކަތް ކުރަން ޖާގަ ދޭން ޖެހޭ," ޝިއުނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް މި މަގާމުގައި މަސައްކަތް ކުރަނީ މާދަމާ ވެސް މި މަގާމުން ވަކިވެގެން ދާން ޖެހިދާނެ ކަމަށް, މިތަނަށް އަންނަ މެންބަރުންނަކީ ވަގުތީ މެންބަރުން, އެކަމަކު މުއައްސަސާއަކީ ދާއިމީ ތަނެއް, ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ އަބަދުވެސް ކުރެވެމުންދާ ކަމެއް,"

ޝިއުނާ ވިދާޅުވީ, އޭނާ އެ މަގާމު ނެތި އެހެން ބަޔަކު މަގާމަށް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގަ ލިބި, ވަސީލަތްތައް ލިބި, ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ.

"އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ޕޮލިޓިކަލް ވިލް, ސިޔާސީ ނިޔަތް އެ ގައުމެއްގައި އޮންނަން ޖެހޭ ކޮރަޕްޝަން ހުއްޓުވުމަށް," ޝިއުނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox