ޕާކިސްތާނު ތާލިބާނުންގެ 100 މެމްބަރުން މިނިވަންކޮށްފި

ޕާކިސްތާނުގެ ތާލިބާނަށް ނިސްބަތްވާ މެމްބަރުންތަކެއް ހަތިޔާރު ހިފައިގެން. -- ފޮޓޯ: ރޮއިޓާޒް

ޕާކިސްތާނުގެ ތާލިބާނަށް ނިސްބަތްވާ މެމްބަރުންތަކެއް ހަތިޔާރު ހިފައިގެން. -- ފޮޓޯ: ރޮއިޓާޒް

ޕެޝާވަރު، ޕާކިސްތާން (ޑިސެމްބަރު 9) - ޕާކިސްތާން ސަރުކާރާއި އެ ގައުމުގެ ތާލިބާން ޖަމާއަތާ ދެމެދު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން 100 އެއްހާ މީހުން ޖަލުން މިނިވަންކޮށްފި އެވެ.

އަފްގާނިސްތާނުގެ ތާލިބާނުންނާ އެއް ގޮތަށް މަސައްކަތް ކުރާ ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ސަބަބުން 2007 ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައި ނުރައްކާތެރި ހަމަލާތައް އިތުރުވި އެވެ.

ޓީޓީޕީއާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފެށިތާ ހަތް އަހަރު ފަހުން، ޕާކިސްތާން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އަފްގާން ތާލިބާނުން ވެރިކަމަށް އައި ގޮތުން ހިތްވަރު ލިބި ޓީޓީޕީ އިން އެނބުރި އަންނަން މަސައްކަތް ކޮށްފާނެތީ އެކަން ހުއްޓުވުމަށެވެ.

އެގޮތުން ސުލްހައިގެ މަޝްވަރާތައް ކުރަމުން ދާއިރު، ބުރާސްފަތި ދުވަހު ނިމެން ހަމަޖެހިފައި އޮތް އެއް މަސް ދުވަހުގެ ސުލްހައިގެ އެއްބަސްވުން ވަނީ ދިގުދަންމާފަ އެވެ.

"ފާއިތުވި 10-15 ދުވަސް ތެރޭގައި 100 އެއްހާ ތާލިބާން ހަނގުރާމަވެރިން ދޫކޮށްފި. އެއީ ތަންކޮޅެއް ދަށް ރޭންކުގެ ހަނގުރާމަވެރިން. އެ މީހުންގެ ހަރަކާތްތައް މޮނީޓާކުރަމުން ދާނެ،" ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.

އަފްގާނިސްތާނުގައި ހުރި ޓީޓީޕީގެ އިސްވެރިޔަކު އޭއެފްޕީ އަށް ބުނީ ހަނގުރާމަވެރިން މިނިވަން ކުރުމަކީ ސުލްހައިގެ މަޝްވަރާ ކުރިއަށް ދާއިރު، އިތުބާރު ގާއިމްކުރަން މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ޓީޓީޕީގެ ލީޑާޝިޕުން ވަނީ މުއްދަތެއް ނެތް ގޮތަށް ސުލްހައިގެ އެއްބަސްވުން ދަމަހައްޓަން އެދޭކަން ހާމަކޮށްފައި،" އޭނާ ބުންޏެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވީ 2014 ވަނަ އަހަރަށް ފަހު ޓީޓީޕީ އާއި ސަރުކާރާ ދެމެދު ފުރަތަމަ ފަހަރަށް މަޝްވަރާ ފެށީ އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުންގެ އެހީއާ އެކު ކަމަށެވެ.

މަޝްވަރާތަކާ މެދު ޕާކިސްތާނުގެ ގިނަ ބަޔަކު ނުރުހެ އެވެ. އެއީ ޓީޓީޕީ އިން ސްކޫލުތަކާއި، ހޮޓެލްތަކާއި، ޗާޗުތަކާއި، މާރުކޭޓުތަކަށް ދީފައިވާ ހަމަލާތަކުގައި 70،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox