ހައިކޯޓުން ހަަވާލާ ދިން ހަދީސްއާމެދު ސުވާލު އުފެދި ހުކުމުގެ ބައެއް ބާތިލުކޮށްފި

ސުޕްރީމް ކޯޓު: ހައިކޯޓުން ހަވާލާދިން ހަދީސް ނުފެނުމުން އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައި -- ފޮޓޯ: އަދަދު ފައިލް

ސުޕްރީމް ކޯޓު: ހައިކޯޓުން ހަވާލާދިން ހަދީސް ނުފެނުމުން އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައި -- ފޮޓޯ: އަދަދު ފައިލް

ހުކުމެއްގައި ހައިކޯޓުން ރިޔާއަތްކޮށްފައިވާ ހަދީސް ބަސްފުޅަކާ މެދު ސުވާލު އުފެދުމުން ސުޕްރީމް ކޯޓުން އެ ނިންމުން ބާތިލުކޮށްފި އެވެ.

މިއީ އަމީން ކޮންސްރަކްޝަން ޕްރައިވެޓް ލިމިޓެޑުން 2005 ވަނަ އަހަރު ވަތަނިއްޔާ (މިހާރުގެ އުރީދޫ)އިން ހަވާލުކުރި މަސައްކަތެއް ކުރުމަށްފަހު، އެއްބަސްވި ތާރީހަށް އެ މަސައްކަތުގެ އަގު ލިބިފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި ތިން ލައްކަ ޑޮލަރާއި އެކު ޖުމްލަ ހަ ލައްކައާއި ގާތް ކުރާ އަދެއްގެ ޑޮލަރު ހޯދުމަށް އަމީން ކޮންސްޓްރަކްޝަންސްއިން ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން ކަނޑައެޅީ މި މައްސަލައިގެ ދައުވާކޮށްފައިވަނީ އެ ދެބަސްވުން އުފެދުނު ތާރީހުގެ 11 އަހަރު ފަހުން ކަމަށްވާތީ އެ ފައިސާ ހޯދުމަށް އަމީން ކޮންސްޓްރަކްޝަންއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށެވެ. ސިވިލް ކޯޓުގެ ނިންމުމުގައި އޮތީ، ކުންފުންޏާބެހޭ ގާނޫނަށް ބަލާއިރު ކުންފުނީގެ ލިޔުންތައް ބެލެހެއްޓުން ލާޒިމު ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވާއިރު 11 އަހަރު ފަހުން ދައުވާކުރުމަކީ އެ ދައުވާއަށް ފުރިހަމައަށް ޖަވާބުދާރީވުމަށްވެސް ހުރަސް އެޅޭނޭ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ސިވިލް ކޯޓުގެ މި ނިންމުން ހައިކޯޓުން ބާތިލްކޮށް، އެ ބަދަލު ނަގައިދެވޭނެ ކަމަށް ނިންމީ ރަސޫލާގެ ހަދީސަކަށް ހަވާލާ ދިނުމަށް ފަހު އެވެ.

އެ ހަދީސް ބަސްފުޅުގައި ވަނީ "އެއްވެސް މުސްލިމެއްގެ ހައްގު ދުވަސްވުމުގެ ސަބަބުން ބާތިލުވެގެން ނުދާނެ" ކަމަށެވެ.

އުރީދޫގެ ފަރާތުން މި މައްސަލަ ސުޕްރިމް ކޯޓުގައި އިސްތިއުނާފު ކުރަމުން ސުވާލު އުފެއްދީ މި ހަދީސްގެ ސައްހަކަމާމެދުގަ އެވެ. އެއީ އެ ހަދީސްއާ ގުޅިގެން ހައިކޯޓުން ހަވާލާދީފައިވާ މަސްދަރުން ގޯސްވުމުންނެވެ. އަދި ހަވާލާދީފައިވާ ފޮތުން އެ ހަދީސް ބަސްފުޅު ފެނިފައި ނުވުމުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ދިރާސާ ކުރުމަށްފަހު ބުނީ ހަދީސް އިލްމުގެ އެންމެ މަޝްހޫރު ހަ ފޮތުންވެސް އެ ހަދީސް ބަސްފުޅު ހައިކޯޓުން ހަވާލާދީފައިވާ ގޮތަށް އޮއްވައި ފެނިފައި ނުވާއިރު، އިންޓަނެޓްގެ ޒަރިއްޔާއިން ލިބެން ހުރި މައުލޫމާތުންވެސް އެ ހަދީސް ބަސްފުޅު ފެނިފައި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން މި ހުސޫމަތު އުފަންވީ ފައިސާގެ މައްސަލައަކުން ކަމަށް ވުމުން ހުކުމަށް ވާސިލްވުމުގައި ކޮންޓްރެކްޓާ ބެހޭ ގާނޫނު ތަތުބީގުކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް ހައިކޯޓުން ގާނުނު މާނަކޮށްފައި ވަނީ އެކަށީގެންވާ އުސޫލުތަކެއްގެ މައްޗަށް ބިނާ ނުކޮށް، ދަށުކޯޓުގެ ނިންމުމުގެ މައުލޫއަށް ވެސް ގޮތް ކަނޑައެޅުމެއް ނެތި ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅީ މި މައްސަލައިގައި ދައުވާކޮށްފައިވަނީ މާ ދިގު މުއްދަތެއް ފާއިތުވެދިޔަ ފަހުން ކަމަށެވެ. އެ ކޯޓުން ވެސް ރިއާޔަތްކުރެއްވި އެއް ކަމަކީ ކުންފުންޏާބެހޭ ގާނޫނާއި، ޓެކްސްގެ އިދާރީ ގާނޫނުން ލިޔެކިޔުންތައް ބެލެހެއްޓުމަށް ލާޒިމުކޮށްފައި އޮންނަ މުއްދަތެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުން ވެސް ރެކޯޑު ބެލެހެއްޓުން ލާޒިމުކޮށްފައި އޮންނަނީ ހަ އަހަރު ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް, މި މައްސަލާގައި ސުޕްރީމް ކޯޓުން ހައިކޯޓުގެ މުޅި ހުކުމް ބާތިލްކޮށްފައެއް ނުވެ އެވެ. ހުކުމުން ބާތިލުކޮށްފައިވަނީ ހައްގެއް އުފަންވާ ވަގުތުން ފެށިގެން ފަނަރަ އަހަރު ފާއިތުވުމާ ހަމައަށް ދައުވާކުރުމުގެ ހައްގު ދެމި އޮންނާނޭކަމަށް ހައިކޯޓުން ކަނޑައެޅި ބައެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ދައުވާ ކުރުމުގެ ފުރުސަތު އޮތްކަން ނުވަތަ ނެތްކަން ކަނޑައަޅަންޖެހޭނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ސާފުކޮށް އަދާލަތުގެ އުސޫލުތަކަށް ރިއާޔަތްކޮށްގެންނެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން ރިޔާސަތުގައި އިންނަވައިގެން ނިންމެވި މި މައްސަލައަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ތާއީދުކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox