މައްސަލަތައް މަދެއް ނުވޭ: މިދިޔަ މަހު ވެސް ކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެގެ 30 މައްސަލަ

އޮކްޓޯބަަރުގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 30 މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައިވޭ-

އޮކްޓޯބަަރުގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން 30 މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައިވޭ-

ކުޑަކުދިންނަށްކުރާ އަނިޔާ އާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް މަދެއް ނުވެ އެވެ; އެކަން މިދިޔަ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތައް ވެސް ހާމަވެ އެވެ.

ޖެންޑާ މިނިސްޓްރީން ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިންނަށް އެކި ވައްތަރުގެ ގެއްލުމާއި އަނިޔާ ކުރިކަމުގެ 95 މައްސަލަ މިދިޔަ އޮކްޓޯބަރު މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ އަންހެން ކުދިންނާއި ގުޅުންހުރި 54 މައްސަލައަކާއި ފިރެހެން ކުދިންނާއި ގުޅުންހުރި 41 މައްސަލަ އެވެ.

ޖިންސީ އަނިޔާގެ އިތުރުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދެވޭ އަނިޔާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ޖެންޑާ މިނިސްޓްރީން ބަލާފައިވާކަން ތަފާސްހިސާބުތަކުން ހާމަވެ އެވެ. އެގޮތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ 22 މައްސަލަ އާއި ގެވެށި އަނިޔާގެ 16 މައްސަލައެއް މިނިސްޓްރީއަށް އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.

Advertisement

ގެވެށި އަނިޔާއާ ބެހޭ މައްސަލަތަކުގެ ތެރޭގައި ރޭޕްގެ ދެ މައްސަލައަކާއި ނަފްސާނީ އަނިޔާގެ 13 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 10 މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލާފައިވެ އެވެ. މިދިޔަ މަހުގެ ތެރޭގައި މިފަދަ މައްސަލަތަކާއި ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ފަސް ކުދިން ގެންގޮސްފައިވެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު ތިބީ ޖުމްލަ 210 ކުދިންނެވެ. އެއީ 97 އަންހެން ކުދިންނާއި 113 ފިރެހެން ކުދިންނެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ލިބެންޖެހޭ ސިއްހީ ހިދުމަތްތަކުން އެ ކުދިން މަހުރޫމުކުރުވުމާއި ބެހޭ މައްސަލައަކާއި ވެކްސިން ޖެހުމަށް އިންކާރުކުރުމާއި ބެހޭ މައްސަލައަކާއި ސްކޫލަށް ކުއްޖާ ފޮނުވަން އިންކާރު ކުރުމާ ބެހޭ ދެ މައްސަލައެއް ވެސް ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 222 މައްސަލަ ހުށަހަޅާފައިވާއިރު އަނިޔާގެ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ޖެންޑާ މިނިސްޓްރީން ވެސް ފާހަގަކޮށް ވަނީ ކަންބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox