ގަމު ކޯޓުގެ އެއްބާރުލުން ނުލިބިގެން ޓެރަރިޒަމް މައްސަލައެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވިފައި

ކްރިމިނަލް ކޯޓު: ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އެއްބާރުލުން ނުުލިބި، ޓެރެރިޒަމްގެ މައްސަލައެއް ހުއްޓިފައި --

ކްރިމިނަލް ކޯޓު: ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އެއްބާރުލުން ނުުލިބި، ޓެރެރިޒަމްގެ މައްސަލައެއް ހުއްޓިފައި --

ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އެއްބާރުލުން ނުލިބުމުން، ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގެ އަޑުއެހުން މިއަދުވެސް ކުރިއަށް ނުގެންދެވުނު ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ މޫސާ އިނާޒްއަށާއި، އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށެވެ. އިނާޒްގެ މައްޗަށް އުފުލީ ޓެރެރިސްޓް އަމަލެއް ހިންގި ކަމުގެ ދައުވާ އެވެ. އަދި ލަތީފްއަށް ކުރަނީ ޓެރެރިޒަމްގެ ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފޮޓޯއެއް ނުވަތަ ލިޔުމެއް ގެންގުޅުމުގެ ދައުވާ އެވެ.

އިނާޒް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އަބްދުއްލަތީފްގެ މައްޗަށް ދައުވާކުރި އެހެން މައްސަލައެއްގައި އޭނާ އިއުތިރާފްވެފައިވާތީ، މިދިޔަ އަހަރު އޭނާގެ މައްޗަށް އެއް އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، މިހާރު ހުރީ ބަންދުން ވީއްލިފަ އެވެ.

މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުން އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް, އެ އަޑުއެހުން ކުރިއަށް ނުގެންދެވުނެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދުވުނު ސަބަބު ހާމަކުރަމުން ކްރިމިނަލް ކޯޓުން ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ލަތީފަށް ޗިޓް ހަވާލުކުރުމަށް ގަމު މެޖިސްޓްރޭޓް ކޯޓަށް އަމުރެއް ފޮނުވާފައިވާނެ ކަމަށެވެ. އެހެންނަަމަވެސް, ހަފްތާއެއް ވެގެން ދިޔައިރުވެސް، އެ ކޯޓުން އެކަން ކޮށްފައި ނުވާކަން ކްރިމިނަލް ކޯޓުން ބުންޏެވެ. އެކަން ނުވެ އޮތް ސަބަބެއްގެ ގޮތުގައި އެ ކޯޓުގެ ގިނަ މުވައްޒަފުން ޗުއްޓީގައި ތިބިކަން ފާހަގަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުން ބުނާ ގޮތުގައި މައްސަލަ ކުރިއަށް ގެންދެވޭނީ ދައުވާ ރައްދުވާ ދެ މީހުން ވެސް އަޑުއެހުމަށް ހާޒިރުކުރެވިގެންނެވެ. އަދި ގަމު މެޖިސްޓްރޭޓް ކޯޓުގެ އެއްބާރުލުން ނުލިބޭނަމަ، މި މައްސަލަ އިތުރަށް ދިގުލައިގެން ދާނެ ކަމަށް އެ ކޯޓުން ދެކެ އެވެ.

ނަމަވެސް މިކަމުގައި ގަމު ކޯޓުން ވާހަކައެއް ނުދެއްކި އެވެ.

މި މައްސަލާގައި އެންމެ ފަހުން ތާވަލް ކުރި ދެ އަޑުއެހުން ވެސް ކުރިއަށް ގެންދެވިފައި ނުވެ އެވެ.

ލަތީފް ދޫވީ ކީއްވެ؟

އަބްދުއްލަތީފް އެއް އަހަރާއި 12 ދުވަހަށް ޖަލަން ލާން ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ތިބި ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި، ލ. ގަމުން އޭނާ ހައްޔަރު ކުރަން ދިއުމުން އޭނާގެ ފޯން ދޭން އިންކާރުކޮށް ފޯނު ހަލާކުކޮށްލުމުން އުފުލި އަދުލުއިންސާފް ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވުމުންނެވެ.

ފުލުހުން ބުނާ ގޮތުގައި ޖަލު ތެރެއިން ރޭވި އެ ހަމަލާއަކީ ރާއްޖެއިން ބޭރުގައި ތިބި ޓެރެރިސްޓު ޖަމާއަތެއްގެ ބަޔަކާއި އެކު ރޭވި ކަމަށް ބެލެވޭ އަމަލެކެވެ.

ހުކުމް ތަންފީޒުކޮށް ނިމުމާއެކު އޭނާ ދޫކޮށްލީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށް ކަރެކްޝަނުން ބުންޏެވެ.

ދެ ހާސް ހަތް ވަނަ އަހަރު، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބާރުގަދަ އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ލަތީފް އޭރު ވަނީ ރާއްޖޭން ފިލައިގެން ގޮސްފަ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރު ކުރީ 2012 އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ ޕާކިސްތާނުން ރާއްޖެއަށް އޭނާ އައި ވަގުތު އެއާޕޯޓުންނެވެ.

އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައިވީ ކިހިނެއް؟

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އޮކްރޯބަރު 17 ވަނަ ދުވަހު އެވެ. އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ، ސަފްއަތު ހަބީބު ވަނީ ބަންދުގައި ތިބި މީހުންގެ ބޭސްފަރުވާއަށް ސަމާލުވުމަށް ދައުލަތަށް ވަރުގަދަ އިލްތިމާސް ކުރައްވާފަ އެވެ.

ގާޒީ ވިދާޅުވީ ބޭސްފަރުވާއަކީ އަސާސީ ހައްގެއް ކަމަށާއި މީހަކު ބަންދުކޮށްގެން ގެންގުޅޭ ނަމަ އެކަންކަން ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި ބޭސްފަރުވާ ދިނުމުގައި ދައުލަތުން އިހުމާލުވާ ނަމަ އަސާސީ ހައްގު ކަށަވަރުކޮށްދިނުމަށް ގައިދީ ބަންދުން ދޫކޮށްލުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ގާޒީ އެ ދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox