އަރަބިއްޔާ އިމާރާތްކުރުމުގެ ފެންވަރުދަށް ނުވާނެ، ފާހަގަވި މައްސަލަތައް ހިއްސާކުރިން: އެލްއެލް

އަރަބިއްޔާ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި--- ފޮޓޯ: ޑރ. އިޔާޒް / ޓްވިޓާ

އަރަބިއްޔާ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި--- ފޮޓޯ: ޑރ. އިޔާޒް / ޓްވިޓާ

އަރަބިއްޔާ ސްކޫލު އިމާރާތް ކުރަމުން ދިޔައިރުވެސް ގިނަ މައްސަލަތަކެއް ދިމާވި ކަމަށާއި އެ ކަންކަން ޕްރޮޖެކްޓް އެމްޕްލޯޔާއާ ހިއްސާ ކޮށްފައިވާނެ ކަމަށް އަރަބިއްޔާ އިމާރާތްކުރި، އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ހައި ރައިޒިން ކުންފުންޏާ އެވެ. އެއީ މާޗް 2، 2011ގަ އެވެ. ނަމަވެސް މަސައްކަތް ނުގެންދާތީ ޖުލައި 20، 2011ގައި ޓާމިނޭޓް ކުރި އެވެ. އެއަށްފަހު އޮގަސްޓް 25، 2011ގައި ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.

ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

އެ އިމާރާތުގެ ތަނބުތަކުން ބައިބައި ވެއްޓެމުން އަންނަ ކަމަށާއި އަދި އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން އެލްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން އަރަބިއްޔާ ސްކޫލުގެ އިމާރާތްކުރުމާއި ހަވާލުވިއިރު މަސައްކަތުގެ ފައުންޑޭޝަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފައުންޑޭޝަން އަޅާފައި ހުރީ ކުރެހުމާ އެއްގޮތަށް ނޫންކަމުން އެކަން ޕްރޮޖެކްޓުގެ އެމްޕްލޯޔަރުގެ ކަމުގައިވާ އޮފީސް އޮފް ޕްރޮޖެކްޓްސް އެންޑް ޕްރޮގްރާމްސްގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް ބުންޏެވެ.

އެކަމުގެ ސަބަބުން މަސައްކަތް ނުފެށި މަހެއްހާ ދުވަސް ހޭދަވުމަށްފަހު އެކަމަށް ޕްރޮޖެކްޓްގެ އެމްޕްލޯޔަރު ގޮތެއް ނިންމައި، އެފަރާތުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާނީ އިމާރާތުގެ ކޮލިޓީ ޓެސްޓްކުރުމަށް ހަދަންޖެހޭ ޓެސްޓްތައް ހަދައި، ދީފައިވާ ޑިޒައިންއާއި އެއްގޮތަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަރަބިއްޔާ ޕްރޮޖެކްޓަކީ ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ނިންމުމަށް ޕްރެޝަރު ކުރަމުން ދިޔަ ޕްރޮޖެކްޓެއް ނަމަވެސް، ޕްރޮޖެކްޓްގެ ކުރެހުމާއި ބީއޯކިޔުގެ ބައެއް އައިޓަމްތަކާއި ދިމާނުވުމާއި، އާކިޓެކްޗަރަލް އާއި ސްޓްރަކްޗަރަލް ކުރެހުންތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އެތައް މަސައްކަތްތަކެއް ކުރަމުންދަނިކޮށްވެސް މަޑުޖައްސާލަންވެސް ޖެހުނު،" އެލްއެފްއިން ބުންޏެވެ.

އިމާރާތް ކުރަމުންދިޔައިރު ދިމާވި މައްސަލަތައް:

  1. މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުރެހުންތަކުގައި ހުރި މައްސަލަތައް ގިނަކަމުން އެކިފަހަރުމަތިން ކުރެހުންތަކަށް ޕްރޮޖެކްޓް އެމްޕްލޯޔަރު ބަދަލު ގެނައުން.
  2. އިމާރާތުގެ ޑިޒައިން ގައި އެކި ވަރުވަރުގެ މައްސަލަތައް ހުރުމުގެ ސަބަބުން މަސައްކަތް ކުރިޔަށް ގެންގޮސްފައިވާނީ އެކަންތައްތަކަށް ޕްރޮޖެކްޓްގެ އެމްޕްލޯޔަރގެ ލަފަޔާއި އިރުޝާދުގެ ދަށުން ގަވާއިދާއި އެއްގޮތަށް.
  3. އަރަބިއްޔާ ސްކޫލުގެ ނަމާދު ކޮޓަރި އާއި ފާހާނާގައިވެސް ރެނދުލައި ފެން ލީކްވާކަމަށް ފާހަގަކޮށްފައިވާއިރު ޕްރޮޖެކްޓުގެ މަސައްކަތްނިމި ރިޓެންޝަން މުއްދަތުގައި ކުރަންޖެހުނު ހުރިހާ މަސައްކަތެއްވެސް އެ ކުންފުނިން ފުރިހަމަކުރިން.
  4. އިމާރާތުގެ ކުރެހުމުގައި ސިޑިގޮޅިތެރެއަށް ވާރޭވެހޭނެހެން ބޭރުފާރުތައް ރާނަން ހުރުމާއި، ޓެރަސްފުލޯގެ ސިޑިގޮޅީގައި އެއްވެސްވަރަކަށް ރާނަން ނެތުން.
  5. އިމާރާތުގެ ކޮންކުރީޓް ދިޔަދޮވީގައި ކޮންމެ ފަރާތެއްގައި ފެން ބޭލުމަށް 3" ގެ 3 ހޮޅި ޑިޒައިންގައިވާތީ، މިގޮތަށް ކުރިޔަށް ގެންގޮސްފިނަމަ ދިޔަދޮވި ފުރި އިމާރާތުގެ ތެރެއަށް ފެންގަނޑު ބަންޑުން ވާނެކަމަށާއި މިކަމަށް ގެނެވެން އޮތް ކަމަށް މިކުންފުންޏަށް ފެނުނު ހައްލު ބަޔާންކޮށް ޕްރޮޖެކްޓްގެ އެމްޕްލޯޔަރާއި ހިއްސާ ކުރިން. (ނަމަވެސް އިތުރު ބަދަލެއް ނުގެނެސް ކުރިޔަށް ގެންދިއުމަށް އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފައި.)

މީގެ އިތުރުން އެލްއެފުން ބުނީ އެ ޕްރޮޖެކްޓުގެ ކޮންކްރީޓް ސްޓްރަކްޗާއަށް ބޭނުންކޮށްފައި ވަނީ އެސްޓީއޯއިން ވިއްކާ ލަފާ ބްރޭންޑުގެ ސިމެންތި ކަމަށެވެ. އެ ޕްރޮޖެކްޓްގެ ކޮންކުރީޓް ސްޓްރަކްޗާއަށް ފައިސާ ދޫކޮށްފައިވަނީ ކޮންކްރީޓް އަޅާއިރު ކޮންކުރީޓްގެ ފެންވަރު ބެލުމަށް ހަދާ ކިއުބް ޓެސްޓްގެ ނަތީޖާ ޕްރޮޖެކްޓްސް އޮފީހަށް ހުށަހެޅުމުން ކަމަށާއި ކޮންކްރީޓް ސްޓްރަކްޗާއަށް ބޭނުންވާ އެންމެހާ މެޓީރިއަލްސްއެއް ބޭނުންކޮށްފައި ވަނީ ޕްރޮޖެކްޓްސް އޮފީހުން އެޕްރޫވް ކުރުމުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިކުންފުނީގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައި ވާނީ އެޕްރޮޖެކްޓަކާ ހަވާލުވެ ހުންނަ ޕްރޮޖެކްޓްގެ އެމްޕްލޯޔާގެ ބެލުމާއި ފެނުމުގެ ތެރެއިން އެޕްރޫވަލް ލިބިގެން. އެހެންކަމުން އަރަބިއްޔާ ސްކޫލް އިމާރާތުގައި ދިމާވެގެން އުޅެނީ މިކުންފުނީގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ދިމާވެފައިވާ ކަމެއް ނޫންކަން މިކުންފުނިން ފާހަގަކުރަން،" ބަޔާނުގައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަންނަ ޖެނުއަރީއަށް ނިންމުމަށް ސްޓްރަކްޗަރަލް އެސެސްމެންޓެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފަ އެވެ. އެ އެސެސްމެންޓަށްފަހު އަރަބިއްޔާ އިމާރާތަކީ ކުދިންނަށް ރައްކާތެރި އިމާރާތެއް ނޫން ކަމަށް އަންގައިފިނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ނަމަވެސް ސްކޫލުތަކުގެ މިޑް ޓާމް ޗުއްޓީއަށް ކުރިއަށް އޮވެ، ކިޔެވުމަށް އޮތީ މަދު ދުވަސްކޮޅަކަށް ވުމުން ބެލެނިވެރި ބޭނުން ވަނީ އަރަބިއްޔާގައި ތިބުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެން ކަމުން މިވަގުތު ކުދިންގެ ރައްކާތެރި ކަމަށް ރެނދުލާފައިވާ ހިސާބުތަކުގައި ވަނީ ސޭފްޓީ ނެޓް ދަމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox