ސާފްތާހިރުކަން ކުޑަވެގެން "ދޮންގޮއްޔެ" ގެ އުފެއްދުންތައް ވިއްކުން މަނާކޮށްފި

މިނިސްޓްރީން ވަނީ "ދޮންގޮއްޔެ" އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައި-- ފޮޓޯ: ފޯސްކޮޔާ

މިނިސްޓްރީން ވަނީ "ދޮންގޮއްޔެ" އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައި-- ފޮޓޯ: ފޯސްކޮޔާ

ސާފްތާހިރުކަން ކުޑަވެ ކާބޯތަކެތި އުފައްދާ ދިވެހި ބްރޭންޑެއް ކަމަށްވާ "ދޮންގޮއްޔެ" ގެ އުފެއްދުންތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މަނާކޮށްފި އެވެ.

އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން ދޮންގޮއްޔެ ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަނުގެ އިންސްޕެކްޝަނެއް ހެދިއިރު ތަނުގެ ސާފުތާހިރުކަން ކުޑަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އެ ތަނުން އުފައްދާ ކާބޯތަކެތި ތައްޔާރު ކުރާތަން އިސްލާހުނުކޮށް އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ އަދި ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަން،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

Advertisement

އެހެންކަމުން މިހާތަނަށް ބާޒާރުގައި ހުރި އެ ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ. އަދި މިނިސްޓްރީން ވަނީ އެ ތަކެތި ބޭނުންނުކުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ހުންނަންޖެހޭނީ ސަރުކާރުން ހުއްދަކޮށްފައިވާ މިންގަނޑެއްގެ ތެރޭގަ އެވެ. އަދި އެ ޕްރޮޑަކްޓެއް އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހު ވެސް ވިއްކަން ބަހައްޓާއިރު ލިޔެފައި ހުންނަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox