އަމީންގެ މައްޗަށް ޓެެރެރިޒަމްގެ ކުށް ސާބިތުކުރަން ދައުލަތުން އެފްބީއައިގެ އެހީއަށް

އަމީންގެ މައްސަލަ: ދައުލަތުން އެމެރިކާގެ އެފްބީއައިގެ އެހީއަށް އެދިއްޖެ --

އަމީންގެ މައްސަލަ: ދައުލަތުން އެމެރިކާގެ އެފްބީއައިގެ އެހީއަށް އެދިއްޖެ --

ޓެރަރިސްޓު ޖަމާއަތް، އައިސިސްގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ޓެރެރިޒަމްގެ ދައުވާ ސާބިތުކުރަން ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިތައް އިތުރަށް އެނަލައިޒްކޮށް ވަރުގަދަކުރަން އެމެރިކާގެ ތަހުގީގީ އިދާރާ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަށް ހުށަހަޅައިފި އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ)އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމަނާފައިވާ މީހެކެވެ. އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދެ ދައުވާ އަލުން ބެލުމަށް ސުޕްރިމް ކޯޓުން އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހެޅި ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ.

ހެކިވެރިންގެ ހެކިބަސް ނެގުމަށްފަހު ދައުލަތުގެ ވަކީލް އަހްމަދު ނިޝާން ވިދާޅުވީ "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެފްބީއައިއަށް އިތުރު ހެކިތަކެއްވެސް ފޮނުވާފައި ވާނެ" ކަމަށެވެ. އަދި އެ ހެކިތައް އެނަލައިސް ކުރުމަށްފަހު، ލިބޭ ރިޕޯޓްތައް ޝަރީއަތަށް ހުށަހަޅާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަމީންގެ ލެޕްޓޮޕުގައި އައިއެސް ވީޑިއޯތަކެއް

މިއަދުގެ އަޑުއެހުމުގައި އަމީން ގެންގުޅުނު ޓޮޝިބާ ލެޕްޓޮޕަކުން ފެނުނު ކަމަށް ބުނާ ވީޑިއޯތަކެއް ކްރިމިނަލް ކޯޓުގައި ދައްކާފައި ވެއެވެ. މި ވީޑިއޯތަކުން ފެންނަނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުން އަންނަ އައިއެސް ޖަމާއަތުގެ ޓެރެރިސްޓުން ހަނގުރާމައިގެ މައިދާނުގައި އުޅޭ އެކި މަންޒަރުތަކެވެ. އަދި އައިއެސް އިން ގަބޫލުކުރާ ފަލްސަފާ ފެތުރުމަށްޓަކައި އެ ޖަމާއަތުގެ އިސް މީހުން ވާހަކަދައްކާ މަންޒަރުވެސް ފެނެ އެވެ. ނަަމަވެސް ކޯޓުގައި ދެއްކި އަށް ވީޑިއޯގައިވެސް އަރަބި ބަހުންނާއެކު ބަހުރުވަތަކުން ވާހަކަދައްކާތީ، ދެއްކި ވާހަކަތައް ސާފުނު ވެއެވެ.

މި އަށް ވީޑިއޯގެ ތެރޭގައި ހިމެނޭ އެއް ވީޑިއޯއަށް ދިވެހި ބަހުން އަޑުއަޅާފައި ވެއެވެ. އެ ވީޑިއޯއިން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ބައެއް ދިވެހިންގެ ފޮޓޯތަކާއި އެ މީހުން ހަނގުރާމާގައި އުޅެފައިވާ މަންޒަރުތައް ފެނެ އެވެ. ކޮންމެ ވީޑިއޯގެ ކަނެއްގައި އައިއެސް ޖަމާއަތުގެ ޕްރޮޕެގެންޑާތަައް ފަތުރަމުން އަންނަ އަލްޔަތު މީޑިޔާގެ ލޯގޯ އިނދެ އެވެ. އަދި އައިއެސް ދިދަ ހިފައިގެން އެ ޓެރެރިޒަމް ޖަމާއަތް ރެކްރޫޓްކުރާ މަންޒަރާއި މީހުން މަރާ މަންޒަރުތައްވެސް ފެނުނެވެ.

މި ވީޑިއޯތައް ކޯޓުގައި ދެއްކީ އަމީންގެ ލެޕްޓޮފުގައި ޓެރެރިޒަމަށް ތާއީދުކުރާ މިފަދަ ވީޑިއޯތަކެއް ހުރިކަން ސާބިތުކޮށް، ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަސް ނަގަމުންނެވެ.

އަމީންގެ ލެޕްޓޮފުގެ ހާޑްރައިވްއަކުން ޓެރެރިޒަމާ ގުޅުންހުރި ވީޑިއޯތަކެއް ފެނިފައި ވަނީ ހެކިވެރިއާށެވެ. އެއީ ޑިޖިޓަލް ފޮރެންސިކް ތަހުގީގުގެ ތެރެއިންނެވެ. މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުކުރީ އެ ވީޑިއޯތައް އެއް ހާޑުން ފެނިފައިވާ ކަމާއި، ތިން ހާޑު ޑްރައިވްއަށް ނުވަދެވޭ ގޮތަށް އެންކްރިޕްޓްކޮށްފައިވާކަން ބަޔާންކޮށް، ހުށަހަޅާފައިވާ ފުލުހުންގެ ރިޕޯޓް ސާބިތުކުރުމަށްޓަކަ އެވެ.

titledesc

އެންކްރިޕްޓް ކުރުމަކީ އެ ހާޑެއްގައި ހުންނަ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ލޮކްކުރުމެެވެ. ނުވަތަ ޕާސްވޯޑެއް އެޅުވުމެވެ. ހެކިވެރިޔާ ބުނާ ގޮތުގައި އަމީންގެ އަތުން ފެނުނު ތިން ހާޑެއް އެންކްރިޕްޓް ކޮށްފައިވާކަން ބަލާފައި ވަނީ ދެ ސޮޕްޓްވެއާއެއް ބޭނުންކޮށްގެނެވެ. އެއީ އޭޑީލެޕްއާއި އެންކޭސް ސޮޕްޓްވެއާ އެވެ.

ވީޑިއޯ ރިޕޯޓެއް ކުއްލިއަކަށް ގެނައި ކަމަށް ބުނެ، ދިފާއުގެ ވަރުގަދަ ރައްދުތަކެއް

މި ހެކިވެރިޔާއާ ދިފާއީ ވަކީލް އިސްމާއިލް ވިޝާމް ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އަދި މި މައްސަލާގައި ދައުވާ ރައްދުވާ އަމީންވެސް ގިނަ ސުވާލުތަކެއް ހެކިވެރިޔާއާ ކޮށްފައި ވެއެވެ. އެ ސުވާލުތަކަށްފަހު ދިފާއީ ވަކީލް ވިޝާމްއާއި، ދިފާއީ ވަކީލް އަހްމަދު ޔާމީން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެއްކަމަކީ މީގެ ކުރިން މައްސަލަ ކްރިމިނަލް ކޯޓަށް ފުރަތަމަ ހުށަހެޅުނުއިރު ވުޖޫދުގައި އޮތް ރިޕޯޓެއް ދައުލަތުން ހުށަނާޅާ އޮތް ކަމެވެ.

ވަކީލު ވިޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ބަލަން ފަށަން އެންގުމުގެ ކުރިން ކްރިމިނަލް ކޯޓަށް މި ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު އޭރު ވެސް އެ ރިޕޯޓް ވުޖޫދުގައި އޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި އަމީންގެ ލެޕްޓޮޕްގައި ހުރި ކަމަށް ބުނެ ވީޑިއޯތަކެއް ޝަރީއަތުގައި ދެއްކިއިރު، މީގެ ލިޔެކިއުންތަކާއި ހެކިތައް ދިފާއުއަށް ހިއްސާ ނުކުރާތީ އެ ކަމާ ވެސް ވަކީލު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ދިފާއުން ހެކިވެރިޔާއާ ކުރި ސުވާލުތަކުން ހާމަވި ގޮތުގައި، މި ވީޑިއޯތަކުގެ މައްޗަށް އެކުލަވައިލި ޕްރެލިމިނަރީ ރިޕޯޓްއާއި ފައިނަލް ރިޕޯޓް ދޫކޮށްފައި ވަނީ އެއް ތާރީހެއްގައި، 18 ނޮވެމްބަރު 2019 ގައެވެ. އެހެންކަމުން ދިފާއުން ދެން އެންމެ ބޮޑު ކަމަކަށް ފާހަގަކުރީ އެންކްރިޕްޝަންތަކުގެ ތަހުލީލުގައި އެއް ދުވަހުގެ މަތިން ޕްރެލިމިނަރީ ރިޕޯޓްއާއި ފައިނަލް ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުމުންނެވެ.

ދިފާއީ ވަކީލުންގެ ވާހަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ނިންމުންތައް ދިފާއުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައި އެ މަރުހަލާ ފެށުމުގެ ކުރިއަށް ދައުލަތުން ހުށަހަޅާފައިވާ ފައިލްތަކުގެ ތެރޭގައި އެ ރިޕޯޓުގެ ލިޔުންތައް ހިމެނޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދެން ހުށަހެޅި ހެކިވެރިޔަކީ ޕްރެލިމިނަރީ ރިޕޯޓް ތައްޔާރު ކުރި ފުލުހުންގެ އޮފިސަރެވެ.

titledesc

ޝަރީއަތުން ފާހަގަވި ކަންކަން

ދެ ހެކިވެރިންގެ ހެކިބަހުން ފާހަގަވި އެއް ނުކުތާއަކީ އެންކްރިޕްޓްކޮށްފައިވާ ފައިލް ޑީއެންކްރިޕްޓް ކުރުމަށް (އެޅުވާފައިވާ ޕާސްވާޑް ހެކްކުރުން) ފުލުހުންގެ އިދާރާއިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމެވެ. ދިފާއުންވެސް މިކަން ފާހަގަކޮށްފައިވާއިރު، ހެކިވެރިޔާވެސް ވަނީ މި ކަމަށް އިއުތިރާޒްކޮށްފަ އެވެ.

އެގޮތުން ޑީއެންކްރިޕްޝަން ޑިޕާޓްމެންޓްގައި އެ ދުވަސްވަރު މި މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ ނެތްކަން ހެކިވެރިޔާ ފާހަގަކުރި އެވެ. އަދި ޑީއެންކްރިޕްޓްކޮށް އެ ހާޑްޑިސްކުތަކަށް ވަދެވެން ދުވަަސް ނަގާނެކަންވެސް ފާހަގަކުރި އެވެ. ނަަމަވެސް އެ ގާބިލުކަން އޭރު ނެތުމުން މައްސަލައިގެ ފުނަށް ވާސިލްނުވެ، އެކްރިޕްޓް ކޮށްފައިވާ ފައިލްތަކެއް ކަމަށް ބުނެ ރިޕޯޓެއް ފޮނުވި ކަމަށް އެ ހެކިވެރިން އިއްތިފާގުވެ އެވެ. އެއީ 18 ނޮވެމްބަރު 2019 ގައެވެ.

ނަމަވެސް ޝަރީއަތުގެ އަޑުއެހުންތަކުގައި ދައުލަތުން ބުނަމުން ދިޔައީ އިތުރަށް މި މައްސަލަ ދިރާސާކޮށް، ތަހުލީލުކުރަމުންދާ ކަމަށެވެ. ނަމަވެސް 2019 ވަނަ އަހަރު އެ ތަހުލީލުގެ ފައިނަލް ރިޕޯޓެއްގައި ސޮއިކޮށްފައި ވުމުން ގިނަ ސުވާލުތަކެއް އުފެދި، ދައުލަތުން ދެއްކި ބައެއް ވާހަކަ ތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެ ވެއެވެ.

ދިފާއުން ކުރި ސުވާލުތަކުން ހާމަވެގެން ދިޔައީ އެންކްރިޕްޓް ކޮށްފައިވާ ތިން ޑިސްކުގެ ޕާސްވޯޑް ހޯދަންވެސް ދައުވާ ރައްދުވާ އަމީން ގާތު އަހާފައި ނުވާ ކަމެވެ. މީގެ ކުރިން އެފަދައިން ފުލުހުންގެ އިދާރާގައި އަމަލުކޮށްފައިވާ މައްސަލަތައްވެސް ހުރިކަން ހެކިވެރިޔާ ފާހަގަކުރި އެވެ. ނަމަވެސް އެ ގޮތަށް ދައުވާ ރައްދުވާ ފަރާތުގެ ކައިރިން އަހައިގެން ޕާސްވޯޑް އެ ޑިޕާޓްމެންޓަށް ފޯރުކޮށްދީފައި ނުވާ ކަމަށް ބުންޏެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލުވުމާއި އެކު ދިފާއުގެ އިޖުރާއީ ނުގުތާ

ސުޕްރިމް ކޯޓުން މި މައްސަލަ އަލުން ބަލަން އެންގުމާއި އެކު، މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ގާޒީ އަލީ އާދަމް އެވެ. އަހަރީ ޗުއްޓީގައި ހުންނެވުމަށްފަހު، އިއްޔެ ވަޒީފާއަށް ނިކުމެވަޑައިގެން ގާޒީ ޝަކީލް މި މައްސަލައާއި ހަވާލުވެވަޑައިގަތުމުން ދިފާއުން ވަނީ އިޖުރާއީ ނުގުތާއެއް މިއަދުގެ އަޑުއެހުން ފެށުމާއި އެކު ފާހަގަކުރައްވާފަ އެވެ.

އެއީ މީގެ ކުރިން މި މައްސަލާގައި އަމީން ގޭބަންދަށް ބަދަލުކުރަން ގާޒީ ޝަކީލް އަމުރުކުރެއްވުމާ ގުޅިގެން، އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު އަމުރެއް ކަމަށް ބުނެ، ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައި ވާތީ އެވެ. ޖޭއެސްސީއިން ތަހުގީގުކުރާ މައްސަލަ ނިމުމުގެކުރިން، މި މައްސަލަ ބައްލަވަން އިސް ގާޒީ ޝަކީލް އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ދިފާއުން ދެކެ އެވެ. އަދި އެކަން ގާޒީއަށް ދެންނެވި އެވެ.

އެ ކަންބޮޑުވުމާ ގުޅިގެން ގާޒީ ޝަކީލް ވިދާޅުވީ އެކަން އަމިއްލައަށް ފާހަގަކުރެވިގެން އުއްތަމަފަނޑިޔާރަށް ލިޔުއްވި ކަމަށެވެ. އަދި އޭނާ ރިޔާސަތުގައި އިންނަވައިގެން މައްސަލަ ކުރިއަށް ގެންދިއުމުގައި މައްސަލައެއް އޮތްކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު މުމްތަސިމް އަދުނާން ޖަވާބު ދެއްވި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ދިފާއުން އެކަމާ އިއުތިރާޒް ކުރާނަމަ އަލުން ސުޕްރީމް ކޯޓަށް ލިޔުއްވާނެ ކަމަށާއި، ދެން އޮންނަ އަޑުއެހުމެއްގެ ކުރިން އެކަމާ ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެދުވަހުވެސް ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތީ ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox