ހުޅުމާލޭ ފޭސްޓޫގައި ކެމެރާ ހަރުކޮށް ފުލުހުންގެ ޗެކްޕޮއިންޓްތައް ހަދަނީ

ހިޔާ ފްލެޓް ގައި ދިރިއުޅެމުންދާ ބައެއް-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ހިޔާ ފްލެޓް ގައި ދިރިއުޅެމުންދާ ބައެއް-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ހިޔާ ފްލެޓްތައް އާންމުންނަށް ހުޅުވާލައި އެތަނުގައި މީހުންނަށް ދިރިއުޅެން ފެށި ހިސާބުން ތަފާތު އެކި ހާދިސާތައް ފެންމަތިވާން ފެށި އެވެ; އެގޮތުން އެންމެ ފުރަތަމަ ފެންމަތިވީ ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް މީހުން ގެންދާ އަގުބޮޑު މުދާތަކުން ވައްކަން ކުރުމެވެ.

ހިޔާގެ ފިނިޝިންއަށް ގެންގޮސް އެއްތަން ކޮށްފައި ހުރި އެތައް ސާމާނެއް ވަގަށް ނަގާފައި ވާއިރު، އޭގެ ތެރޭގައި ފްލެޓް ހެދުމަށް ބޭނުންވާ ސާމާނުގެ އިތުރުން ހިފާގެންގުޅޭ އެތައް ސާމާނެއް ހިމެނެ އެވެ.

ފުލުހުން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ތިން މަހު އެ ސަރަހައްދުން ރިޕޯޓު ކޮށްފައިވާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

ހިޔާ ފްލެޓަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެފައިވާ ފޯސްޓެއް--
ހިޔާ ފްލެޓަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެފައިވާ ފޯސްޓެއް--

ހިޔާ ފްލެޓަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެފައިވާ ފޯސްޓެއް--

އުމުރުން ދުވަސްވީ މީހަކަށް އަނިޔާދީ ފޭރުން!

މިދިޔަ ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައީ އުމުރުން ދުވަސްވީ މީހަކަށް ފޭސްޓޫގައި އަނިޔާދީ ފޭރުނު ވާހަކަތަކެއް އޭނާ ކިޔައިދީފައިވާ ވީޑިއޯއެކެވެ.

އޭނާ ވީޑިއޯގައި ކިޔައިދޭ ގޮތުގައި ފޭރެން އުޅުނު މީހުން އޭނާ ކޮށްޕާލައި ވޮލެޓު ހިފައިގެން ދުއްވައިގަތީ އެވެ. އަދި އެވަގުތު ވިއްސައިގެން ގޮސް އޭނާ ޖެހުނީ ގެއެއްގެ ކަނުގަ އެވެ.

އެ މީހާ ބުނީ އެކަން ފުލުހަށް އެންގި ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ވީވަރަކުން ކުރާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

މަސްތުވާތެކެތީގެ ވިޔަފާރި އާއި ބޭނުންކުރާ އައްޑާއަކަށް!

އެފަހުން ހިޔާ ފެލްޓުތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމަށްދާ މީހުންގެ މައްސަލަތައް ވެސް ވަނީ އިތުރުވެފަ އެވެ. އެ ސަރަހައްދުގައި އުޅޭ އާންމުންގެ ފަރާތުން މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ހިޔާ ޓަވަރުގެ ސިޑި މަތީގައި މަސްތުވާތަކެތު ބޭނުން ކުރަން ބޭނުންވާ ބައެއް ސާމާނުތައް އަތުރާފައި ހުއްޓާ / ފޮޓޯ: ހުސެން ޝަޔާހު/ އަދަދު
ހިޔާ ޓަވަރުގެ ސިޑި މަތީގައި މަސްތުވާތަކެތު ބޭނުން ކުރަން ބޭނުންވާ ބައެއް ސާމާނުތައް އަތުރާފައި ހުއްޓާ / ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ހިޔާ ޓަވަރުގެ ސިޑި މަތީގައި މަސްތުވާތަކެތު ބޭނުން ކުރަން ބޭނުންވާ ބައެއް ސާމާނުތައް އަތުރާފައި ހުއްޓާ / ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ހިޔާ ފްލެޓްގެ ޓަވަރުގައި މީހުން އާބާދުވާން ފެށިތާ ތިން މަސް ވެފައިވާއިރު އެ ޓަވަރުތަކުގެ އެންމެ މަތީ ފްލޯތަކުގައި މަސްތުވާން ތިބޭ ޒުވާނުން މަސްތުވުމަށް ބޭނުންކުރާ ސާމާނުތައް ސިޑިމައްޗަށް އަޅާ ތަން ވަނީ މުޑުދާރު ކޮށްފަ އެވެ.

ހިޔާ ޓަވަރުގެ ސިޑި މަތީގައި ނަޖިސް / ފޮޓޯ: ހުސެން ޝަޔާހު/ އަދަދު
ހިޔާ ޓަވަރުގެ ސިޑި މަތީގައި ނަޖިސް / ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ހިޔާ ޓަވަރުގެ ސިޑި މަތީގައި ނަޖިސް / ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

އެކަމާ ގުޅިގެން ފުލުހުން ބުނީ، ހިޔާ ފްލެޓްގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެފަދަ މައްސަލަތައް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އައި އެފަދަ ޝަކުވާއެއް ލިބިއްޖެ ނަމަ ފުލުހުން އެތަނަށް އެޓެންޑްވާ ކަމަށާއި، އެކަންކަން ބަލައި ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންނާއި އެޗްޑީސީގެ ބަސް

ފުލުހުން ބުނީ ހުޅުމާލެ ފޭސް ޓޫގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މޮނިޓާކޮށް އެފަދަ ކަންކަން ހުއްޓުވުމަށް ހިޔާ ފްލެޓް ސަރަހައްދު މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ހިޔާ ފެލްޓް ސަރަހައްދުގައި ކުށް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުން،" ފުލުހުން އޮފިޝަލަކު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ފޭސް ޓޫގެ ރައްކާތެރިކަން އިތުރު ކުރުމަށް ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގައި 24 ގަޑިއިރު ފުލުހުން ތިބޭ ގޮތަށް ޗެކް ޕޮއިންޓްތައް ގާއިމް ކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

"އެ ސަރަހައްދުގައި ހިނަގަމުންދާ ކަންކަން ހުއްޓުވާ ހައްލެއް ހޯދުމަށް ކަމާބެހޭ ވުޒާރާތަކާއެކު ގިނަ ބައްދަލުވުންތަކެއް ދަނީ ބާއްވަމުން،" އެޗްޑީސީން ބުންޏެވެ.

ހިޔާ ފްލެޓްގެ 7،000 އެޕާޓްމަންޓް ހުންނަ މިތަނުގައި 25 ބުރީގެ 16 ޓަވަރު ހުރެ އެވެ. މީގެތެއިން 10 ޓަވަރުގައި ހުންނަނީ 392 އެޕާޓްމަންޓެވެ. އަދި ބާކީހުރި ހަ ޓަވަރުގެ 492 އެޕާޓްމަންޓް ހުރެ އެވެ.

ފްލެޓުގައި މީހުން ދިއުޅޭނީ 6،720 އެޕާޓްމަންޓުގަ އެވެ. އަދި މިތަނުގައި އެންމެ މަދުވެގެން 35،000 މީހުން ދިރިއުޅޭނެ ކަމަށް ލަފާކޮށްފައި ވާއިރު މިހާތަނަށް ގާތްގަނޑަކަށް 300 އާއިލާ ފްލެޓަށް ބަދަލުވެ ދަނީ ދިރިއުޅެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox