ގަތަމުން ނިއުޅަމުން؛ ނަދޫ މި ހޯދަނީ ލިބާހުގައިވީ ހުރިހާ ސިއްރެއް

ގަތަމުން ނިއުޅަމުން؛ ނަދޫ މި ހޯދަނީ ލިބާހުގައިވީ ހުރިހާ ސިއްރެއް

ނަދުހާ އަބްދުލް މުހުސިން (ނަދޫ) ގެ އަތް ދަބަހުގައި ވީ އެންމެ އާދަޔާ ހިލާފު އެއް ސިއްރަކީ އޭނާގެ ގަތާ ފަޔާއި އޭގެ ބޮލެވެ. ތަނަކަށް ކޮފީ އަކަށް ދިޔަޔަސް، ކްލިނިކަށް ވަޒީފާ އަށް ދިޔަޔަސް، ދާ ކޮންމެ ތަނަކަށް އެ ކިޓު އޭނާއާ އެކީގައި ދެ އެވެ. ހުސްކޮށް ލިބޭ ކޮންމެ ވަގުތެއްގެ ބައިވެރިއަކީ އެއީ އެވެ. ކަސަބު ގެތުމާއި އުނގެނުމުގައި އަހަރު ދުވަސް ހޭދަވި އިރު އޭނާގެ އެންމެ ބޮޑު ޖޯޝަކީ، ޝައުގަކީ ވެސް އެއީ އެވެ.

"ކަސަބު ގަތަން މިވަރުގެ ފޯރިއެއް ހިފާލީ މިދިޔަ އަހަރު ކަރަންޓީނުގައި ހުރި އިރު އޮންލައިންކޮށް ހިދާނާގެ ކަސަބު ދަސްކޮށްދޭ ކޯހުގައި ބައިވެރިވި ހިސާބުން. އޭގެ ފަހުން ނަދޫގެ ހަޔާތަށް ހުސް ވަގުތެއް ނާދޭ،" ނަދުހާގެ އަމިއްލަ ތައާރަފަކަށް ދިއުމުގެ ކުރިން ކޮނޑުގައި އަޅުވާފައި އޮތް ފޮތި އަތް ދަބަހުން ނެގި 'މިނަރަލް ވޯޓާ ފުޅީގެ' ގަތާ ފަޔާއި، ފަށައިގެން ތިން ހަތަރު އިންޗިއަށް ގަތާފައި އިން ރޮދިގަނޑު އަޅާފައި އިން ގަތާ ބޯ ނަގައި ފޯލި ތައް ދެފަރާތަށް ހެޔޮވަރުކޮށް، ބޯ، އޭގެ މަގާމަށް ގެންނަމުން ވާހަކަ ފެށި އެވެ.

އެކަމަކު އޭނާ ކިޔައިދޭން އުޅޭ މި ވާހަކައިގެ އަސްލު ހައިލައިޓަކީ ކަސަބު ގެތުމަށް ހިތުން ދެވުނު ގަދަރާއި ލޯތްބާއި ދެއްވެއް ނޫނެވެ. މިއީ ކަސަބު ގަތަން ފަށައިގެން އެ ޝައުގުވެރިކަމުގެ ތެރެއިން 34 އަހަރުގެ މި ޒުވާނާ އުނގެނެމުން ނިއުޅަމުން އަންނަ ދިވެހި ލިބާހުގެ ސިއްރުތަކާއި ލިޔެ 'ލޮގު' ކުރަމުން އަންނަ އޭނާގެ ދިރާސާގެ ވާހަކަ އެވެ.

Advertisement

ނަދޫ އެންމެ ފުރަތަމަ ކަސަބު އެޅި ހުދު ލިބާހުގެ މަސައްކަތުގައި އިންދާ ނަގާފައިވާ ފޮޓޯ އެއް: އެ ހެދުމުގައި ނުބައިކޮށް ކަސަބު އެޅުން ވެގެންދިޔައީ  ދިވެހި ލިބާހުގެ ދިރާސާގެ ފެށުމަށް
ނަދޫ އެންމެ ފުރަތަމަ ކަސަބު އެޅި ހުދު ލިބާހުގެ މަސައްކަތުގައި އިންދާ ނަގާފައިވާ ފޮޓޯ އެއް: އެ ހެދުމުގައި ނުބައިކޮށް ކަސަބު އެޅުން ވެގެންދިޔައީ ދިވެހި ލިބާހުގެ ދިރާސާގެ ފެށުމަށް

ނަދޫ އެންމެ ފުރަތަމަ ކަސަބު އެޅި ހުދު ލިބާހުގެ މަސައްކަތުގައި އިންދާ ނަގާފައިވާ ފޮޓޯ އެއް: އެ ހެދުމުގައި ނުބައިކޮށް ކަސަބު އެޅުން ވެގެންދިޔައީ ދިވެހި ލިބާހުގެ ދިރާސާގެ ފެށުމަށް

"ދިވެހި ލިބާސް ސްޓަޑީ ކުރަން ފެެށުނު ގޮތަކީ، އެއް ފަހަރަކު ދައްތަ ފެހި ހުދު ލިބާހެއްގަ ގޫގުލް އިން ސާޗުކޮށްގެން ފެނުނު ފޮޓޯ އަކަށް ބަލައިގެން ކަސަބު އަޅައި ނިންމާފަ ދޮން ބައްޕަ އަށް ފޮޓޯ އެއް ފޮނުވީމަ ބުނީ ދަރިފުޅާއޭ ނުބައި ކޮށޭ ކަސަބު އަޅާފަ ތި އޮތީ. ތިރިއަށް އިންނާނީ ރިހި ފަށޭ. އަޅާފަ ތިއޮތީ ރަން ކުލައިގެ ފަށެކޭ. ބައްޕަ އެހެން ބުނި ހިސާބުން ލިބާހުގަ ހިރު އަޅާ ޕެޓާން އަސްލު ބަލަން ފެއްޓީ،" ތާރީހު ދިރާސާކުރުމުގައި މިސާލު ދައްކަމުން އަންނަ އަލާ ދީދީގެ ދައްތަ، ނަދޫ ކިޔައިދިނެވެ.

އެ ޝައުގުވެރިކަމުގައި އިތުރު ޖޯޝާއި ފޯރި ލާން ފެށީ ހިދާ އާއި އެކު ކަސަބު ގަތަން ދަސްކުރަން ފަށައިގެން ތަފާތު ޑިޒައިންތައް ގަތަން ބޭނުންވެ އެކި ލިބާސްތައް ބަލައި އަޅާކިޔަން ފެށި ހިސާބުންނެވެ. އޭރު ރާއްޖޭގެ އެކި ހިސާބުތަކުންގެ ލިބާސްތަކުގައި އެކި ދައުރުގައި ތަފާތުތަކެއް ހުރިކަން ފާހަގަ ވާ ވަރަށް އޭނާގެ އަތުގައި ހެކި އެއްކުރެވިފައި ހުއްތެވެ.

"އެހެންވީމަ، ލިބާސްތަކުގެ ފޮޓޯ ހޯދަމުން އެއް ކުރަމުން އެއް ފޮޓޯ އަނެއް ފޮޓޯއާ އަޅާ ކިޔަމުން އެ އެއްޗެހި ނޯޓުކުރަން ފެށީ. މި އަހަރު ފެށުނު އިރު ރިސާޗެއްގެ ގޮތަށް އެ މަސައްކަތް ފެށިއްޖެ،"

ހިދާނާ އާއި އެކު ގަތަން ދަސްކުރަމުންދިޔަ އިރުގެ ފޮޓޯ އެއް: ނަދުހާގެ ދިރާސާ އާއި ދިވެހި ލިބާހަށް އޭނާ އޮތް ލޯތްބަށް ހިދާ ވެސް ވަނީ ތައުރީފުކޮށްފައި
ހިދާނާ އާއި އެކު ގަތަން ދަސްކުރަމުންދިޔަ އިރުގެ ފޮޓޯ އެއް: ނަދުހާގެ ދިރާސާ އާއި ދިވެހި ލިބާހަށް އޭނާ އޮތް ލޯތްބަށް ހިދާ ވެސް ވަނީ ތައުރީފުކޮށްފައި

ހިދާނާ އާއި އެކު ގަތަން ދަސްކުރަމުންދިޔަ އިރުގެ ފޮޓޯ އެއް: ނަދުހާގެ ދިރާސާ އާއި ދިވެހި ލިބާހަށް އޭނާ އޮތް ލޯތްބަށް ހިދާ ވެސް ވަނީ ތައުރީފުކޮށްފައި

ނަދޫ ގެންގުޅޭ ނޯޓު ފޮތުގައި އޭނާ އެވަގުތަކު ގަތާ ޑިޒައިނެއްގެ ނަމާއި އެ ޑިޒައިން އުފެދެމުން އަންނަ ވަރަކަށް އޭނާގެ ގެތުން ކުރިއަށްދާ ގޮތާއި، ހެދޭ އޮޅުންތަކާއި ޑިޒައިންނަށް ބަދަލު އަންނަ ގޮތްތަކާއި މިހާތަނަށް އޭނާ އަށް އެއްކުރެވުނު ލިބާސްތަކުގައި އެ ޑިޒައިން ބޭނުންކޮށްފައިވާ ހަމައާއި މަގާމު ފަދަ މައުލޫމާތު ލިޔުމުންނާއި ކުރެހުން ބޭނުންކޮށްގެން ގެނެސްދީފައިވެ އެވެ.

"އަސްލު މި ފޮތަކީ ނަދޫ އަށް ވެސް ގައިޑެއް. ދިވެހިން ކަސަބު ގަތާ ބެހޭގޮތުން މިހާތަނަށް ނަދޫ އެއްކުރި މައުލޫމާތުން ހޯދިފައި އޮތް އެންމެ ތަފްސީލު ލިޔުމަކީ ފަތްތޫރައިގެ އަދަދެއްގައި އަހުމަދު ޝަފީގު ލިޔުއްވާފައިވާ ލިޔުމެއް. އެހެންވީމަ، މިފަދަ ކަވި މަސައްކަތެއްގެ މައުލޫމާތު އެނގޭނެ ލިޔުމެއް ފެންނާކަށް ނެތް. އަމުދުން އަހަރެމެންގެ ފަހުރުވެރިވާ ރީތި ލިބާސް ކާބަފައިންނާ ހަމައިން ބަދަލުވަމުން އައި ގޮތުގެ އެއްވެސް ރިކޯޑެއް، އޭގެ މައުލޫމާތެއް ނެތް،" ނަދޫ ބުންޏެވެ.

އެހެންވީމަ، ނަދޫ ބުނާ ގޮތުން، އޭނާގެ ދިރާސާގެ އެންމެ ބޮޑު މަގުސަދަކީ ދިވެހި ލިބާހުގައިވީ ހާއްސަ ސިފަތައް ވަކި ކުރުމެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ލިބާސް ލުމުގައި ބޭނުންކޮށްފައިވާ ތަފާތު ސްޓައިލް ތަކާއި ބޭނުންކޮށްފައިވާ އުކުޅުތަކާއި ކަސަބު ގެތުމާއި އެޅުމުގައި ބޭނުންކޮށްފައިވާ ތަފާތު ޓެކްނީކްތައް ދެނެގަނެ ދިރާސާ ކުރުމެވެ. އަދި އެ ދިރާސާގެ އަލީގައި، އެންމެ އިހުގެ ފުރިހަމަ ލިބާހެއް އެންމެ އަސްލާ އެއްގޮތަށް ފެހުމެވެ.

އޭނާ ބުނީ، މިހާތަނަށް އެއްކުރަމުން ދިރާސާ ކުރަމުން އައި ލިބާސްތަކަށް ބަލާއިރު އެނގޭ ކަމަކީ ދިވެހިންގެ ލިބާހަކީ ޒަމާނާ އެކު ބަދަލުވަމުން އައިސްފައި ހުރި އެއްޗެއް ކަމެވެ. އެކަމަކު އޭރު ބަދަލު ގެންނައުމުގައި ބައެއް ހާއްސަ ސިފަތައް އޭގެ ގޮތުގައި ދެމެހެއްޓުމުގެ އުސޫލެއް ގެންގުޅެފައި ހުރިކަން ފެންނަން އެބަހުރި ކަމަށް ބުންޏެވެ.

"މިސާލަކަށް ކަރުގެ ބައްޓަން ބަދަލުކޮށްފައި ހުއްޓަސް، ކަރުގައި ކަސަބު އެޅުމުގައި ވަކި ޕެޓާން އެއް ގެންގުޅެފައި އެބަހުރި. ކިހިލިފައްޗާއި ދިމާލު 'ކަށް' އެއީ ހާއްސަ ގޮތަކަށް ގެނެސްފައި ހުންނަ ބައެއް. އެކަމަކު މިއީ އެއްވެސް ވަރަކަށް މީހުންނަށް މައުލޫމާތުގެ ގޮތުގައި އައިސްފައި ހުރި ކަންތައްތަކަކަށް ނުވާތީ މިހާރު ދިވެހި ލިބާސް ޒަމާނާ އެއްގޮތަށް ބަދަލުކުރާ އިރު އެއްވެސް ކަހަލަ އުސޫލެއް ގެންގުޅެފައި ހުންނަ ތަނެއް ނުފެނޭ،" ނަދުހާ ބުންޏެވެ.

އޭނާ ބުނީ ތާރީހީ ހެދުންތައް ޒަމާނާ އެއްގޮތަށް ބަދަލު ގެންނައިރު އެ ހެދުންތަކާ ބެހޭ މައުލޫމާތާއި ތާރީހާއި އިލްމު އެނގިގެން އެކަން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާގެ ދިރާސާ ނިމޭ އިރު އެވަރުގެ 'އިންސައިޓް' އެއް ލިބޭ ވަރުވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.

"އަޅުގަނޑު ބޭނުންވަނީ އެންމެ ކުދި ކުދި ޑީޓެއިލް [ފޮއްޗާއި އެންމެ ކުރީގައި ބޭނުންކުރި ރަނާއި ރިހީގެ ރޮދި] ފަދަ ސާމާނު ހޯދައިގެން، މިހާރު އެއްކުރަމުން މިދާ ހުރިހާ މައުލޫމާތެއް އަޅާ ކިޔައި ދިރާސާ ކޮށްގެން ހެދުމެއް ފެހުމަށްފަހު ދެން އެ ހެދުމަށް ބަދަލު ގެންނާގެ ގޮތް ހޯދުން،" ނަދުހާ ހާމަކުރީ އޭނާގެ ދިރާސާގެ އެންމެ ބޮޑު މަގްސަދެވެ.

ކުރިން ކަސަބު ގަތައި އުޅުނު މީހުންގެ މަސައްކަތްތައް ހޯދައިގެން އެމީހުންގެ މައުލޫމާތު ޑޮކިއުމެންޓު ކުރުމަކީ ވެސް އޭނާގެ ދިރާސާގެ އެއް ބައެވެ. މިހާރު ވެސް ނަދޫ ވަނީ އެކި މީހުން މެދުވެރިކޮށް އެކި ރަށްރަށުން ހެދުންތަކެއްގެ ފޮޓޯތަކެއް ހޯދާފަ އެވެ. އަދި އެ ހެދުންތައް ފެހި މީހާ އާއި، ކަސަބު ގެތި މީހާގެ މައުލޫމާތު ފަދަ މައުލޫމާތުތައް ވެސް އޭނާ ވަނީ އެއްކުރަން ފަށާފަ އެވެ.

"މީގެ ބޭނުމަކީ މިފަދަ ރީތި މަސައްކަތެއްގެ ފަހަތުގައި މޮޅު ހުނަރުވެރި ބަޔަކު ތިބި އިރު އެމީހުންގެ މަސައްކަތް އެޕްރިޝިއޭޓް ކުރުން. މިހާރު އެމީހުން ދުނިޔޭގައި ނެތަސް، ފަހުން ވެސް އެމީހުންގެ މަސައްކަތް ފެންނަން ހުންނާނެ ގޮތެއް އޭރުން ކޮންމެވެސް އެއް ސިފައިގައި ހުންނާނެ،"

ނަދޫ ދިވެހި ލިބާހެއްގައި:  އޭނާ އަކީ ދޭތެރެ ދޭތެރެއިން ވަޒީފާ އަށް ދާއިރު އާއި އާންމު  ތަންތަނަށް ދާއިރު ލިބާސް ލުމުގެ އާދަ އަމިއްލަ އަށް ގެންގުޅޭ، އަދި އެކަމަށް ހިއްވަރުދޭ ޒުވާނެއް
ނަދޫ ދިވެހި ލިބާހެއްގައި: އޭނާ އަކީ ދޭތެރެ ދޭތެރެއިން ވަޒީފާ އަށް ދާއިރު އާއި އާންމު ތަންތަނަށް ދާއިރު ލިބާސް ލުމުގެ އާދަ އަމިއްލަ އަށް ގެންގުޅޭ، އަދި އެކަމަށް ހިއްވަރުދޭ ޒުވާނެއް

ނަދޫ ދިވެހި ލިބާހެއްގައި: އޭނާ އަކީ ދޭތެރެ ދޭތެރެއިން ވަޒީފާ އަށް ދާއިރު އާއި އާންމު ތަންތަނަށް ގޮސް އުޅޭ އިރު ލިބާސް ލުމުގެ އާދަ އަމިއްލަ އަށް ގެންގުޅޭ، އަދި އެކަމަށް ހިއްވަރުދޭ ޒުވާނެއް

ނަދޫ ބުނީ އޭނާގެ ދިރާސާ އަދި ނިމެން ގާތް ވެސް ނުވާ ކަމަށެވެ. އަދި ލައްކަ ލިބާހެއް ބަލައި ހޯދަން ޖެހޭ ކަމަށެވެ. އެ މަގުސަދުގައި ލައްކަ ރަށަކަށް ދަތުރުކުރުން ވެސް ކުރިއަށް އެބަ އޮތް ކަމަށެވެ.

މިވާހަކައެއް ނިންމާލުމުގެ ކުރިން ނަދޫ ވަނީ އޭނާގެ ދިރާސާއަށް ބޭނުންތެރި އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އަންގާލަދިނުމަށް އެދިފަ އެވެ.

"ހުޅުވިފައި އޮތް ދައުވަތެއްގައި ނަދޫ އެންމެންގެ ފަރާތުން މިކަމުގައި އެހީއަށް އެދެން ބޭނުންވޭ. ދިރާސާއަށް ބޭނުންތެރި އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ ނަދޫ އަށް އެކަން އަންގާލަދިނުމަކީ ވަރަށް ބޮޑު އެއްބާރުލުމަކަށް ވާނެ."

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox