ސްޕެއިނާއި ކްރޮއޭޝިއާ ވޯލްޑް ކަޕަށް، ސާބިއާ އަތުން ބަލިވެ ޕޯޗުގަލް ޕްލޭއޮފަށް

Nov 14, 2021, 10:09 PM
ލަނޑު ޖެހުމަށް ފަހު ސްޕެއިން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސްޕެއިން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ނޮވެމްބަރު 15) - މިރޭ ކުޅުނު މެޗުތަކުން މޮޅުވެ, ކްރޮއޭޝިއާ އާއި ސްޕެއިން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކުރިއިރު، އަމިއްލަ ދަނޑުގައި ސާބިއާ އަތުން 2-1 އިން ބަލިވެ ޕޯޗުގަލުން ވޯލްޑް ކަޕްގެ ޖާގަ ހޯދަން ޕްލޭއޮފް ބުރުުގައި ކުޅެން ޖެހިއްޖެ އެވެ.

އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާ އިން ވަނީ މިރޭ 1-0 އިން ރަޝިއާ ބަލިކޮށްފަ އެވެ. ސްވިޑަންގެ މައްޗަށް ސްޕެއިން އިން ކުރިހޯދީ 1-0 އިންނެވެ. ޕޯޗުގަލް އިން އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕަށް ދެވެން އޮތް މެޗުގައި ބަލިވިއިރު، އެ މެޗުން މޮޅުވި ސާބިއާ ވަނީ ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

ލިޒްބަންގައި މިރޭ ކުޅުނު މެޗު ފެށިގެން ދެ ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ރެނާޓޯ ސަންޗޭޒް ވަނީ ޕޯޗުގަލަށް ކުރިހޯދައިދީފަ އެވެ. އެކަމަކު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޫސާން ޓަޑިޗް ވަނީ ސާބިއާ އަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އެއްވަރުކޮށްލައިގެން ވެސް ވޯލްޑް ކަޕަށް ދެެވެން އޮތް ޕޯޗުގަލް ދެ ވަނަ ފަހަރަށް ލީޑުނަގަން މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ ފަހު މިނިޓްގައި ސާބިއާގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗް ވަނީ ގޯލެއް ޖަހައި ސާބިއާ މޮޅުކޮށްދީފަ އެވެ. އޭރިއާތެރޭގައި ހުސްކޮށް ހުރެފައި މިޓްރޮވިޗް ބޮލުން ޖެހި ބޯޅަ ހުއްޓުވަން ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ރޭގެ މެޗަށް ފަހު ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ދަނޑުމަތީގައި އިށީނދެގެން.

ސާބިއާ، ޖެހިޖެހިގެން ދެ ވަނަ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އެ ޓީމަށް ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ ލިބުނީ އަށް މެޗުން 20 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނިންމާލި ޕޯޗުގަލް އަށް އަށް މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.

ސްޕެއިނަށް ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްދިން ގޯލު ޖެހީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި އަލްވާރޯ މޮރާޓާ އެވެ. ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ގަވީގެ މޮޅު ކުޅުން ފެނުނު މި މެޗުގައި އޭނާ ދިން ބޯޅަ އަކުން އޭރިއާބޭރުން ސްޕެއިނުގެ ޑެނީ އޯލްމޯ ޖެހި ބޯޅަ ސްވިޑެން ކީޕަރު ރޮބިން އޮލްސެން އަތުގައި ޖެހިފައި ނުކުތް ވަގުތު މޮރާޓާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރޫޕް ބީގެ އެއް ވަނަ ސްޕެއިނުން ހޯދީ އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ހޯދި ސްވިޑެން އަށް އަށް މެޗުން 15 ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވެސް ޕްލޭއޮފް ބުރުގައި ވާދަކުރާނެ އެވެ.

ރަޝިއާ އަތުން ކްރޮއޭޝިއާ މޮޅުވީ މެޗުގެ ފަހު ވަގުުތު ގޯލު ޖަހައިގެންނެވެ. މި ގޯލަކީ މެޗުގެ 81 ވަނަ މިނިޓްގައި ކްރޮއޭޝިއާ އިން ނެގި ހުރަހެއް ޑިފެންޑް ކުރަން އުޅުމުގެ ތެރޭގައި ރަޝިއާގެ ފެޑޯ ކުދްރާޝޯފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ގްރޫޕް އެޗްގެ އެއް ވަަނަ ކްރޮއޭޝިއާ ދިޔައީ 10 މެޗުން 23 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ރަޝިއާ އަށް ވަނީ 10 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ގަތަރުގައި އަންނަ އަހަރު ކުޅެން ރާވާފައިވާ ފީފާ ވޯލްޑް ކަޕުގެ ޖާގަ ހޯދާފައިވަނީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން އަށް ގައުމަކުންނެވެ. އެއީ ދެކުނު އެމެރިކާގެ ބްރެޒިލްގެ އިތުރުން ޔޫރަޕްގެ ހަތް ގައުމެކެވެ. ޔޫރަޕްގެ ގައުމުތަކަކީ ޖަރުމަނާއި ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ އަދި ކްރޮއޭޝިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox