ޕާކިސްތާނުން އެ ގައުމުގެ ތާލިބާނާއެކު މަޝްވަރާ ފަށައިފި

ޕާކިސްތާން ތާލިބާނުންގެ ކުރީގެ ލީޑަރު މުއްލާ ފަޒްލުﷲ. އޭނާ ވަނީ ހަމަލާއެއްގައި މަރުވެފައި.

ޕާކިސްތާން ތާލިބާނުންގެ ކުރީގެ ލީޑަރު މުއްލާ ފަޒްލުﷲ. އޭނާ ވަނީ ހަމަލާއެއްގައި މަރުވެފައި.

އިސްލާމްއާބާދް، ޕާކިސްތާން (ނޮވެމްބަރު 9) - ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނާ އެކު ސަރުކާރުން މަޝްވަރާ ފަށާފައިވާ ކަމަށް އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ފަވާދް ޗައުދަރީ ވިދާޅުވީ ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން މަޝްވަރާ ކުރިއަށް ދާއިރު އެއްވެސް ހަމަލާއެއް ނުދޭން އެއްބަސްވެފައިވާ ކަމަށެވެ.

ޓީޓީޕީ އާއި ޕާކިސްތާނާ އަވައްޓެރި އަފްގާނިސްތާނުގެ ވެރިކަމުގައި މިހާރު އޮތް ތާލިބާނުންނާ ގާތް ގުޅުމެއް އޮވެ އެވެ. ޓީޓީޕީގެ އެތައް ހާސް މެމްބަރުން މި ވަގުތު ތިބީ އަފްގާނިސްތާނުގައި ކަމަށް ވެ އެވެ.

އެމެރިކާ އިން ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ އަށް ތާއީދު ކުރާ ކަމަށް ޕާކިސްތާނުން ބުނުމާ އެކު، 2007 ވަނަ އަހަރު އުފެދުނު ޓީޓީޕީ އިން ގައުމުގައި ގިނަ ހަމަނުޖެހުންތައް ހިންގި އެވެ.

އެގޮތުން އަމިއްލަ އަށް މަރުވެގެންނާއި ބޮން ގޮއްވައިގެން ގިނަ ހަމަލާތަކެއް ދީ ގިނަ ބަޔަކު ރަހީނު ކުރުމުގެ އަމަލުތައް ވެސް އެ މީހުން ހިންގާފައި ވެ އެވެ.

މިހާރު ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ މަލާލާ ޔޫސަފްޒާއީ ކުޑައިރު، 2012 ވަނަ އަހަރު ޓީޓީޕީ އިން އޭނާގެ ގަޔަށް ބަޑި ޖެހި މައްސަލައިގައި މުޅި ދުނިޔެ އިން ނުރުހުން ފާޅުކުރި އެވެ.

އޭގެ ދެ އަހަރު ފަހުން ޕެޝާވަރުގެ ސްކޫލެއްގައި 150 ކުދިން މަރާލި ހާދިސާ އަށް ފަހު ޕާކިސްތާން ސިފައިން ފެށި ވަރުގަދަ އޮޕަރޭޝަނެއްގައި ޓީޓީޕީ ބަލިކަށިކޮށްލި އެވެ.

ޓީޓީޕީ އަކީ ޕާކިސްތާނުގައި މަނާކޮށްފައިވާ ގްރޫޕެކެވެ. ޗައުދަރީ ވިދާޅުވީ އެ މީހުންނާ އެކު މަޝްވަރާ ކުރާނީ ގައުމުގެ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"ދައުލަތުގެ އިސްތިގްލާލާއި، ގައުމުގެ ރީތި ނަމާއި، ސުލްހަ އާއި އިޖްތިމާއީ އަދި އިގްތިސާދީ ހަމަޖެހުމާ މެދު މަޝްވަރާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޗައުދަރީ ވިދާޅުވީ ޓީޓީޕީ އާއި ސަރުކާރާ ދެމެދު މަޝްވަރާ ފެށުމަށް ބާރު އެޅުމުގެ ގޮތުން އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox