މިސްކިތަކަށް ވަދެ ހަތިމަށް ކުޅު ޖެހި މީހަކު ހައްޔަރުކޮށްފި

މިސްކިތަށް ކުޑަކަމުގޮސް، ކުޅު ޖެހި ކަމަށް ބުނާ  މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40--

މިސްކިތަށް ކުޑަކަމުގޮސް، ކުޅު ޖެހި ކަމަށް ބުނާ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40--

މާލޭ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މީގެ ކުރިން މިސްކިތަކަށް ކުޑަކަމު ދިޔަ މައްސަލައިގައި މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، ކަމަށް ވެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން، ޒިޔާދު ވަނީ މަޣްރިބް ނަމާދު ވަގުތު އިސްލާމީ މަރުކަޒަށް އަރާ އެ މިސްކިތުގެ ތެރެއަށް ކުޑަކަމު ގޮސްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ހުކުރު މިސްކިތުގެ ތެރެޔަށާއި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ވެސް ކުޑަކަމު ގޮސްފަ އެވެ.

Advertisement

ފުލުހުން ބުނީ މާލޭގެ އިބްރާހީމް މިސްކިތަށް އަރައި ހަތިމަކަށް ކުޅު ޖެހި މައްސަލައެއްގައި 40 އަހަރުގެ މީހަކު ހަވީރުު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިސްކިތަށް އަރާ ހަތިމަކަށް ކުޅު ޖެހުމުން، އެވަގުތު މިސްކިތުގައި ތިބި މީހުން ވަނީ އޭނާ ފުލުހުންނާ ހަވާލު ކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައިރު، އޭނާ ގާތު ހަތިމަށް ކުޅުޖެހިތޯ މީހަކު ސުވާލު ކުރުމުން، އޭނާ ވަނީ ހަތިމަށް ކުޅު ޖެހިކަމަށް އެއްބަސްވެފަ އެވެ.

މިސްކިތަށް އަރާ ހަތިމަކަށް ކުޅުޖަހައިގެން ހައްޔަރު ކުރީ މިސްކިތްތަކަށް އަރާ ކުޑަކަމުދިޔަ މައްސަލާގައި މީގެ ކުރީން ހައްޔަރު ކުރި މީހާ ކަމަށް ވެއެވެ.

ހަތިމަކަށް ކުޅު ޖަހައިގެން މިއަދު ޒިޔާދު ހައްޔަރުކޮށްފައިވާއިރު ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އޭނާގެ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އެ ފިރިހެން މީހާގެ އާއިލާ އާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ދެއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޖެންޑާއިން ވަނީ ބުނެފަ އެވެ. އެއީ އޭނަގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށެވެ.

އެ މައްސަލާގައި މިހާރު ވަނީ ތަހުގީގު ނިންމައި ދައުވާކުރަން ވެސް ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox