ކުޑަހުވަދޫއިން ސިއްރިއްޔާތުގައި 200 އެއްހާ ރުއް ބާލަން އުޅެނިކޮށް ރައްޔިތުން ނިކުމެ ހުއްޓުވައިފި

ކުޑަހުވަދޫން ބޭރުކުރަން އުޅުނު ބައެއް ރުއްތައް ލޮރީއަކަށް އަރުވައިގެން ގެންދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ކުޑަހުވަދޫން ބޭރުކުރަން އުޅުނު ބައެއް ރުއްތައް ލޮރީއަކަށް އަރުވައިގެން ގެންދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ދ. ކުޑަހުވަދޫގައި ހުރި 200 އެއްހާ ރުއް، އެ ރަށުން ވަގަށް ބާލަން އުޅުނު މައްސަލައެއް ފަޅާއަރައި، ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ ހުކުރު ދުވަހު އެކަން ހުއްޓުވައިފި އެވެ.

ކުޑަހުވަދޫގައި ޖުވެނައިލް ރެސިޑެންސް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިމުގައި ހުރި 195 ރުއް ނެގުމުގެ ހުއްދަ އެ ރަށު ކައުންސިލަށް ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ އެޖެންސީން އޮތީ ދީފަ އެވެ. އެކަމަކު އަންގާފައި އޮތީ ރުއްތައް ރަށުގެ އެހެން ސަރަހައްދެއްގައި އަލުން އިންދުމަށެވެ.

އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީގެ އެންގުމާ ހިލާފަށް އަދި ރަށު ރައްޔިތުންނަށް ވެސް ސިއްރުން އެ ރުއްތައް ކުޑަހުވަދޫއިން ބާލަން އުޅުނީ އެންމެ ކައުންސިލަރެއްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ރުއްތައް ބާލަން އުޅުނުކަން ކައުންސިލްގެ އެހެން މެމްބަރުންނަށް އެނގުނީ ލޮރީތަކަކަށް އަރުވައިގެން ރުއްތައް ބާލަން އުޅުނު މަންޒަރު ފެނުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ރުއް ނަގާފަ ރިލޮކޭޓު ކުރަން އިންދާނެ ތަނެއް ނެތް ކަމަށް ބުނެ ރުއްތައް ބާލަން އުޅުނީ. 195 ރުއް ބަދަލު ކުރާ ގޮތަށް ނިންމިއިރު، މީހަކު ގަބޫލެއް ނުކުރާނެ ކުޑަހުވަދޫގަ ބިން ނެތް ކަމަކަށް. ސެޓްލައިޓް ފޮޓޯއަށް ބަލާލީމަ ވެސް އެނގޭނެ އެކަން. އަލަށް ހިއްކާފަ އެބަ އޮތް 40 ހެކްޓަރުގެ ބިން. އަދިވެސް ބޭނުން ނުކޮށް އެބަ އޮތް 20 ހެކްޓަރުގެ ބިން،" އަދާ ކުރާ ވަަޒީފާގެ ގޮތުން ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން އީޕީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެ އިދާރާގެ އެންގުމާ ހިލާފަށް ރުއްތައް ނެގުމުގެ އިތުރުން އެ މަސައްކަތް ކުރަމުންދިޔައީ އެކަމަށް ހުއްދަ ދިން ފަރާތުން ނޫން ކަމަށެވެ. އެހެންވެ، އެ މަސައްކަތް މިހާރު ހުއްޓުވާފައިވާނެ ކަމަށް ނައީމް ވިދާޅުވި އެވެ.

"ކުރިން ހުއްދަ ދީފަ އޮންނާނީ ރަށުން ނަގާ ރުއްގަސް ރަށުގެ އެހެން ތަނެއްގަ އިންދުމަށް. ރަށުން ބޭރުކުރާކަށް ހުއްދައެއް ނުދޭ. އެ ހުއްދަ ދީފަ އޮތީ ވެސް އެހެން ފަރާތަކަށް. މިހާރު ރުއް ނެގުމުގެ މަސައްކަތް ކުރަމުންދާ މީހުންނަކަށް ނޫން،" ނައީމް ވިދާޅުވި އެވެ.

މި މައްސަލައިގައި ކައުންސިލްގެ އެއްވެސް މެމްބަރެއްގެ ކޮމެންޓު މި ނޫހަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox