ޒާންގެ ހަޔާތުގެ ހިތްދަތި ވާހަކަ އާއި އާއިލާ އަށް އުފާވެރިކަން ލިބުނު ގޮތް

ޒާން އާއި މަންމަ، އިހުސާނާ: ސްޓެމް ސެލް ތެރަޕީ އަށް ފަހު ޒާންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައި. -- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ޒާން އާއި މަންމަ، އިހުސާނާ: ސްޓެމް ސެލް ތެރަޕީ އަށް ފަހު ޒާންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައި. -- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

މީގެ ތިން އަހަރު ކުރިން މުމްބާއީގެ ނިއުރޯޖެން ހޮސްޕިޓަލުގެ ފަރުވާ އަށް، ލޮލުގެ ކޮއި ފަދަ ދަރިފުޅުގެ ގޮވައިގެން ދިޔައިރު، މިލާ މޯޅިވެފައިވާ އެ ދަރިފުޅާއި އާއިލާގެ އެންމެންގެ ހަޔާތަށް މިހާރު ލިބިފައިވާ ދިރުން ލިބޭނެ ކަމަށް އާމިނަތު އިހުސާނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ.

އިހުސާނާގެ ދަރިފުޅު، ޒާން ޒަބީރު އަބަދުވެސް އިންނަނީ އެކަނިވެރި ދުނިޔެއެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ މާ ބޮޑު ކަމަކަށްވެ، ހަޔާތަށް ހިތްދަތިކަން ގެނުވާވަރު ވެދާނެ ކަމަށް ހިއެއް ނުކުރެ އެވެ.

"ތަފާތުވީމަ އަސްލު ޑޮކްޓަރަށް ދެއްކީ. ވާހަކަވެސް ނުދައްކާ ދެން ހިނގަން ފެށީ ވެސް ވަރަށް ލަހުން. ދެން އޯޓިޒަމް ޑޭގައި ފޭސްބުކް އިން ފެނުނީ ޕޯސްޓްތަކެއް. އެ ފެނިފައި ހިތަށް އައީ އަސްލު ރިލޭޓް ކުރެވޭއޭ. އެހެންވެ ދައްކާލީ. ވަރަށް ވަރަށް ދެރަވި," އިހުސާނާ އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ.  

Advertisement

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައި އޯޓިޒަމްގެ އަލާމާތްތައް ފާޅުވާން ފަށަ އެވެ. މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުނޑިއަށް އަސަރުކޮށްފައި ވުމުން، ވާހަކަ ދެއްކުމާއި އިޖުތިމާއީ ގުޅުން ހީނަރުވެ އެވެ.

އިހުސާނާގެ ދެމަފިރިންގެ އަލަތު ދަރިފުޅު ޒާންގެ އުމުރުން ދެ އަހަރުގެ ބައިގައި އެހެން ކުދިންނާ ތަފާތުތަކެއް ހުރިކަން ފާހަގަވިޔަސް އޯޓިޒަމް ފަދަ ބައްޔެއް ހުރެދާނެ އެކޭ ދުވަހެއްގެ ކޮޅުންވެސް ހިޔެއް ނުކުރެ އެވެ. މި ހަބަރާއެކު އެ ދެމަފިރިންގެ ހަޔާތް ކަޅުބޯ ވިލާތަކަކުން ބަނަކޮށްލި ފަދަ އެވެ. މިކަން ގަބޫލުކުރަން ބޭނުންނުވެ ގިނަ ދުވަސްތަކެއް ފާއިތުވިއިރު އިހުސާނާ އޭރު އިނީވެސް އޭނާގެ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ.  

ޒާން
ޒާން

ޒާން

ދުވަސްކޮޅެއް ފަހުން މި ހިތްދަތި ހަގީގަތާ ކުރިމަތިލައި, ޒާންގެ ފަރުވާގެ ކަންކަމައިގެން އިހުސާނާ އާއި އޭނާގެ ފިރިމީހާ މަސައްކަތް ފަށައިގަތެވެ. ކަންދިމާކުރި ގޮތުން އެ ދުވަސްވަރު ސަރުކާރުން މިފަދަ ކުދިންގެ ތެރަޕީއަށް އެހީތެރިކަން ފޯރުކޮށްނުދޭތީ އަގުބޮޑު ތެރަޕީ ދިނުމަކީ މާލީ ގޮތުން އެ ދެ މަފިރިންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ.   

އޭޑީއެސްޑީގެ މަތީ ސްޓޭޖުގައި ހުރި ޒާންއަށް ފަރުވާއެއް ލިބުމަށް އަނެއްކާ ވެސް ދަތިވެ އިތުރު ލަސްތަކެއް ދިމާވި އެވެ. އިހުސާނާ ބުނި ގޮތުގައި ތެރަޕީ އަށް އެންމެ ފުރަތަމަ ޒާން ގެންދެވެން ފެށުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ދޭ ދެ ހާސް ރުފިޔާގެ އިނާޔަތް ލިބެން ފެށުމުންނެވެ.

ފުރަތަމަ ދިޔައީ އޯޓިޒަމް އެސޯސިއޭޝަންގެ ތެރަޕީ އަށެވެ. ނަމަވެސް އެ މަރުކަޒު ހުޅުމާލެ އަށް ބަދަލުކުރުމުން، ވިލިމާލޭގައި އުޅެމުން ކޮންމެ ދުވަހަކު ތެރަޕީ އަށް ހުޅުމާލެ ދިއުމަށް އުނދަގޫވެ، ފަރުވާ ހުއްޓާލަން ޖެހުނެވެ. ދަރިފުޅަށް ދެވެން އޮތް ކިރިޔާވެސް އެހީތެރިކަން ދޭން ނުކުޅެދިފައި ގޮސް ހުސްވެފައި ތިބި މައިންބަފައިންނަށް އޮތް ހަމައެކަނި އިހްތިޔާރަކީ އައިޖީއެމްއެޗް ހޮސްޕިޓަލެވެ. އެކަމަކު އެއީ ޒާން އެއްވެސް ވަރަކަށް ވަންނަން ބޭނުންވި ތަނަކަށް ނުވި އެވެ.  

"ބަލިވެގެން އިންޖެކްޝަންއާ އެއްޗެހި ޖަހާފައި ހުރީމަ އެއްގޮތަކަށްވެސް ޒާން ބޭނުމެއް ނުވޭ އައިޖީއެމްއެޗަށް ވަންނާކަށް. އެތައް ގޮތަކަށް ޓްރައިކޮށްގެންވެސް ހަމަ ހިލާ ވަދެވޭ ގޮތެއް ނުވި. މާ ބޮޑަށް ޒާން ބިރުގަންނަނީ،" ދެ ފަހަރެއްގެ މަތިން އައިޖީއެމްއެޗަށް ތެރަޕީއަށް ދިއުމަށް ކުރި މަސައްކަތް ކިޔައިދެމުން އިހުސާނާ ބުންޏެވެ.

އެންމެ ފަހުން އިހުސާނާ އާއި އޭނާގެ ފިރިމީހާ އަށް މަޖުބޫރުވީ އެކަންވެސް ހުއްޓާލާއި ގޮތްދޫކޮށްލުމެވެ. ދުވަސްކޮޅަކަށް ފަހު ލިބުނު މާލީ އެހީތެރިކަމަކާއެކު ޒާން ދެން ތެރަޕީ ފެށީ ނަފުސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒުގެ މިޕްސްޓާ އިންނެވެ. 

އިހުސާނާ، 12 އަހަރުގެ ޒާން އާއެކު

ފަރުވާގެ އެކި މަރުހަލާތަކާއި، އަމިއްލަ އަށް ހޯދުނުހާ މައުލޫމާތެއް ހޯދަމުން ގެންދިޔަ އިހުސާނާ އަށް ސްޓެމް ސެލް ތެރަޕީއެއްގެ ވާހަކަ އަޑުއިވި، އެ ފަރުވާ އަށް ހޯދަން ބޭނުންވި އެވެ.

"ފޭސްބުކް ޕޯސްޓެއް ފެނުނީ މި ހޮސްޕިޓަލްގެ ބަޔަކު އަންނަކަން. ދެން އެ ދުވަހު ހިތަށް އެރީ ހަމަ ގޮސްލަން. އެ ސެޝަން ނިންމާފައި އެކަމު އަމިއްލަ އަށް ވަރަށް ރިސާޗްކުރިން މިކަމާ ބެހޭ ގޮތުން. ގާތްގަނޑަކަށް ދެ އަހަރު ފަހުން ނިންމީ އެންމެ ފަހުން ދާން،" އިހުސާނާ ކިޔައިދިނެވެ. 

ސްޓެމް ސެލްއަކީ އޭގެ ޒާތުގައި އަމިއްލަ އަށް ރިޕެއާ ކޮށްދޭ އެއްޗެކެވެ. ކެންސަރާއި, އޯޓިޒަމް އަދި ސެރެބްރަލް ޕަލްސީ ފަދަ ބަލިތަކަށް ދުނިޔޭގެ އެކި ހިސާބުތަކުގައި މި ފަރުވާ ދެވެމުން އާދެ އެވެ. 

ނިއުރޯޖެންގެ ޑޮކްޓަރުންގެ ފަރާތުން ބުނަމުން ދިޔައީ ފަރުވާގެ އަސަރު ރަނގަޅަށް ކުރަން ބޭނުންވާނަމަ ޒާންގެ އުމުރުން 10 އަހަރުގެ ކުރިން ފަރުވާ ފެށުމެވެ. ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާ އަދި ފަންޑް ރެއިޒް ކުރުމަށްފަހު ގާތްގަނޑަކަށް 12000 އެމެރިކާ ޑޮލަރު ހަރަދުކޮށްގެން މި ފަރުވާ އަށް ދިއުމަށް އެންމެ ފަހުން ފުރުނެވެ.

އެއްކޮށް ރަނގަޅު ނުކުރެވުނަސް އަބަދުވެސް ބޭނުންވަނީ އެހެން މީހަކަށް ޑިޕެންޑްނުވެ ޒާން އަމިއްލަ އަށް ކަންކަން ކޮށްލެވޭ ވަރު ކުރަން،"

އިހުސާނާ ކިޔައިދިން ގޮތުގައި މުމްބާއީގެ ނިއުރޯޖެންގައި ސްޓެމް ސެލްގެ ފަރުވާ ދެވުނީ ޒާންގެ ލެއިން ސްޓެމް ސެލް ވަކިކޮށް, ސިކުނޑި އަށް ފޯރުކޮށްދިނުމަށްޓަކައި މައި ބަދައިގެ ވަކި ހިސާބަކަށް އެ ފޮނުވައިގެނެވެ. އަގުބޮޑު މި ފަރުވާ ދިނުމަކުން އަދި ނިމުނީކީއެއް ނޫނެވެ. ފަރުވާގެ ހަގީގީ އަސަރު އެންމެ ރަނގަޅަށް ކުރުވުމަށްޓަކައި ވީހާވެސް އަވަހަށް ކުއްޖާއަށް ބޭނުންވާ އެހެން ތެރަޕީ ކުރިއަށް ގެންދަންޖެހެ އެވެ.  

ކަންދިމާކުރި ގޮތުން މާލެ އާދެވުނު އިރު ތިބެވުނީ އަނެއްކާ ބޮޑު ހަރަދުތަކެއް ކޮށް ތެރަޕީތަކެއް ނެގޭ ފަދަ ހާލަތެއްގައެއް ނޫނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ދެން އޮތީ ކޮވިޑްގެ ނުރައްކާތެރިކަމާއި ބިރު ވަށާލާފަ އެވެ. އެއާއެކު ޒާންއަށް ބޮޑެތި އަސަރުތަކެއްވެސް ކުރިކަމަށް އިހުސާނާ ބުންޏެވެ. މިގޮތުން  ބޭރަށް ނުދެވި އަބަދު ގޭގައި ތިބެން ޖެހުމުން ފޫހިވެ ރުޅިގަދަވާން ފެށި އެވެ.

އަބަދު އެދެމުން ދިޔައީ ސްކޫލަށް ގެންދިއުމަށެވެ. ދޭތެރެއަކުން ހަމަޖެހިލާ ބޭރަށް ނުކުމެވޭ ވަރުވުމުން އިހުސާނާ އަށް ފެންނަން ފެށި ޒާން މުޅީން ތަފާތެވެ. އެކަނި އެއްވެސް ކަމެއް ނުކުރެވޭ ކުއްޖާއަށް މިހާރު ގަޑިން ގަޑިއަށް ކުރަންޖެހޭ ގިނަ ކަންކަން އެނގެ އެވެ. އަމިއްލައަށް ކުރެވެންވެސް ފަށައިފި އެވެ.  މަގުތަކުގައި އެކަނި ހިނގަން ދަސްވެއްޖެ އެވެ, ކުރިންނަމަ ކޮއްކޮއާ އެއްވެސް ވަރެއްގެ ގާތްކަމެއް ނެތް ޒާން އަކީ އޭނާގެ ކުޑަ ކޮއްކޮގެ އެންމެ ލޯބިވާ ބޭބެ އެވެ 

"ޔޫޓިއުބް ބަލަން ވަރަށް ފޯރި ހުންނާނެ. އެކަމަކު މިހާރު ރޭގަނޑު ވީމަ ޔޫޓިއުބް ނިމުނީ އޭ ބުނެ އަމިއްލަ އަށް ނިއްވާލާނެ. މި ހަފްތާގައިވެސް ބަދިގޭގައި އުޅެފައި އައިއިރު ހުރި އެކަނި ބެޑް ޝީޓް އަޅާ ނިދަން ތައްޔާރުކޮށްފައި. ދޮވެފައި ހުންނަ އެއްޗެހިވެސް އަމިއްލައަށް ހިއްކަންވެސް އަޅުވާ" އުފަލުން ހުރެ އިހުސާނާ ކިޔައިދިނެވެ. 

މިހާރު އުމުރުން 12 އަހަރުގެ ޒާން އަށް މިފަދަ ބޮޑެތި ކުރިއެރުންތަކެއް ލިބުމާއެކު އަނެއްކާވެސް އިހުސާނާ ގަސްތުކުރަނީ ދެވަނަ ސްޓެމް ސެލް ތެރަޕީއަށް މި ޑިސެމްބަރުގައި ދިއުމެވެ. ސްޓެމް ސެލް ތެރަޕީއަކީ އެކުއްޖެއްގެ ގާބިލްކަން ހުންނަ ވަރަކުން ރިޕީޓް ކުރަންޖެހޭ ޕްރޮސީޖާ އެކެވެެ. މި ވަގުތު އެންމެ ރަނގަޅަށް ސްޓެމް ސެލް ތެރަޕީ ދެނީ ޔޫކްރެއިންގެ ސެލް ތެރަޕީ ސެންޓާ އެމް ސެލް އެވެ.  

ޔޫކްރޭންގައި ހުރުމާއި ކެއުމާ ބޭސްފަރުވާ އަށް ގާތްގަނޑަކަށް ވިހިހާސް އެމެރިކާ ޑޮލަރު ހަރަދު ވާނެ ކަމަށް އިހުސާނާ އަންދާޒާ ކުރެ އެވެ. އެހެންކަމުން އޭނާ ވަނީ މިކަމުގައި އެންމެންގެ އެހީތެރިކަމަށް އެދި އަތް ދިއްކޮށްފަ އެވެ.

ޒާންގެ ފަރުވާގެ ކަންކަން ކުރަން ފެށި ހިސާބުންވެސް އޭނާގެ މި ތަފާތު އެހެނަސް ލޯބި ދިރިއުޅުން އެހެން މީހުންނަށް ހިއްސާ ކުރުމަށްޓަކައި ވަނީ "ޒާން" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިފަ އެވެ. ޒާންގެ ސްޓެމް ސެލް ތެރަޕީއާ ގުޅޭ ގިނަ މައުލޫމާތު މި ޕޭޖުން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox