އިތުރު 4 ބިލެއް މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެ

ރައީސް އޮފީސް-- ފޮޓޯ: ހުސެން ވަހީދު/ އަދަދު

ރައީސް އޮފީސް-- ފޮޓޯ: ހުސެން ވަހީދު/ އަދަދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ހަތަރު ބިލެއް އެކުލަވާލައި އެޓާނީ ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ހަތަރު ބިލެއް އެކުލަވާލައި ރައީސް އޮފީހަށް މިއަދު ފޮނުވިފައިވާ ކަމަށެވެ.

ރައީސް އޮފީހަށް ފޮނުވި ހަތަރު ބިލު

  • ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ބިލު.
  • ފެނާއި ނަރުދަމާގެ ގާނޫނަށް އިިސަލާހުގެނައުމުގެ ބިލު.
  • ކޯޓުތަކުގެ ގާނޫނަށް އިިސްލާހުގެނައުމުގެ ބިލު.
  • ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހުގެނައުމުގެ ބިލު.

މި ހަތަރު ބިލު އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމި ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް ނުލިބޭތީ ތަޅުމުގައި މެމްބަރުން ކުރާނެ މަސައްކަތެއް ނެތް ކަމުގެ ޝަކުވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވަނިކޮށެވެ.

ބަންޑާރަނައިބުގެ އޮފީހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ އޯގަސްޓު 16، ގައި ފެށި މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ނިންމައި ލިސްޓެއް އާންމުކުރި އެވެ.

އޭގެ ތެރޭގައި، ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި އިގުތިސާދީ އަދި ތިމާވެށީގެ ދާއިރާއާ ގުޅޭ ބިލުތައް ހިމެނެ އެވެ.

ނަމަވެސް، ނަޝީދު ވިދާޅުވެފައި ވަނީ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ހަތަރު ބިލު ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވިއިރު، މީގެ ކުރީގެ ދައުރުތަކުން ވާރުތަކޮށް، މަޖިލީހަށް ނުނިންމި ގިނަ ބިލުތަކެއް އެބަހުއްޓެވެ.

އެކަން ބައެއް ފަރާތްތަކުން ފާހަގަކުރަން ފެށުމުން، ނަޝީދު ވިދާޅުވީ އާ ބިލުތައް ނުލިބޭ ކަމަށް ވިދާޅުވުމުން، ސަރުކާރުން ބިލުތައް ހުށަހެޅުން ލަސްވެގެން މަޖިލީހުގެ ގާނޫނީ މަސައްކަތް ނުކުރެވޭ ކަމުގެ މަންޒަރެއް އެމަނިކުފާނަށް ސިފަވެވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް، އާ ބިލު ލިބުމުގައި ލަސްތަކެއް ހުރި ނަމަވެސް، މިހާރު ވެސް ކޮމިޓީތަކުގައި ޖުމްލަ 33 ބިލެއް ހުރިކަން ނަޝީދު ވެސް ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ތަޅުމުގެ މަސައްކަތް މަދުވި ނަމަވެސް، ކޮމިޓީތަކުގެ މަސައްކަތް އިތުރުކޮށް ބިލުތައް އަވަހަށް ނިންމަންޖެހެ އެވެ.

"ހުއްޓިފައި ހުރި ބައެއް މަސައްކަތް، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު އެ ގެންދާނެ ގޮތެއް ކަނޑައަޅާފައި އެ ގެންގޮސް ނިންމާލުން [މުހިންމީ]،" އެމަނިކުފާނު ވިދާޅުވި އެވެ.

އާ ބިލުތަކެއް ފޮނުވަން ސަރުކާރުން ތައްޔާރުވަމުން އައި ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓު މިހާރު މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެގޮތުން ބަޖެޓު ބަހުސް އަންނަ ހޯމަ ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު، މިދައުރުގެ ދެން ބާކީ އޮތް މުއްދަތުގައި މަޖިލީހުގެ މަސައްކަތުގެ މައިގަނޑު އަމާޒަކަށް ވާނީ ބަޖެޓު ފާސްކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox