ސިޔާސީ މަގާމުތައް ހާހަކަށް ވުރެ އިތުރުވެ، ހޭދަ 400 މިލިއަނަށް!

ސަރުކާރުންގެ ބޭއްވި ޖަލްސާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ކެބިނެޓްގެ ވަޒީރުން: އަންނަ އަހަރު ސިޔާސީ މަގާމުތައް އިތުރުކުރަން ބަޖެޓްގައި ހިމަނާފައިވޭ. -- ފޮޓޯ: އަދަދު

ސަރުކާރުންގެ ބޭއްވި ޖަލްސާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ކެބިނެޓްގެ ވަޒީރުން: އަންނަ އަހަރު ސިޔާސީ މަގާމުތައް އިތުރުކުރަން ބަޖެޓްގައި ހިމަނާފައިވޭ. -- ފޮޓޯ: އަދަދު

ސިޔާސީ މަގާމުތަކުގެ އަދަދު ހާހަކަށް ވުރެ އިތުރުވެ، އެ މަގާމުތަށް ކުރާ ހޭދަ 407.6 މިލިއަން ރުފިޔާއަށް އިތުރު ކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހުށަހަޅައިފި އެވެ.

އާދިއްތަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2022 ވަނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ހުރީ 1،045 ގަ އެވެ. އެއީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ އަދަދަށް ވުރެ 78 މަގާމުގެ އިތުރުވުމެކެވެ. މި އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 967 އެވެ.

ހަރަދުތަކަށް ބަލަލާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ހުށަހަޅާފައިވަނީ ޖުމްލަ 407.6 މިލިއަން ރުފިޔާ އެވެ. މި ހޭދަ މި އަހަރަށް ވުރެ 24.7 މިލިއަން ރުފިޔާގެ އިތުރުވެ އެވެ. މި އަހަރުގެ ބަޖެޓުގައި ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ހިމަނާފައި ވަނީ 382.9 މިލިއަން ރުފިޔާ އެވެ.

ސިޔާސީ މަގާމުތައް އިތުރުވާ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކުގެ ތެރޭގައި ޔޫތު މިނިސްޓްރީއަށް އިތުރު ނުވަ މަގާމު، ޕްލޭނިން މިނިސްޓްރީއަށް ހަތް މަގާމު އިތުރުކުރަން ބަޖެޓުގައި ހިމަނާފައިވެ އެވެ. ފިޝަރީޒް މިނިސްޓްރީއަށް ހަތަރު މަގާމު ތައާރަފު ކުރާއިރު އެޓާނީ ޖެނެރަލްގެ އޮފީސް އަދި ރައީސް އޮފީހުންކުރެ ކޮންމެ ތަނަކަށް އާ ތިން މަގާމު ތައާރަފްކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އިކޮނޮމިކް، ޓޫރިޒަމް އަދި އެޑިއުކޭޝަން މިނިސްޓްރީންކުރެ ކޮންމެ އޮފީހަކަށް ވެސް ސިޔާސީ ދެ މަގާމު ތައާރަފްކުރުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.

ކުރިން ސިޔާސީ މަގާމެއް ކަނޑައެޅިފައިނުވާ ބައެއް އިދާރާތަކަށް ވެސް ސިޔާސީ މަގާމު ތައާރަފްކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި މޯލްޑިވްސް ކަރެކްޝަންސް ސާވިސްއިންކުރެ ކޮންމެ ތަނަކަށް ދެ މަގާމު، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ތިން މަގާމު ތައާރަފްކުރުމަށް ހުށަހަޅާފައިވެ އެވެ.

ބައެއް އިދާރާތަކުން ސިޔާސީ މަގާމު މަދުވާނެކަން ބަޖެޓްގެ ނަންބަރުތަކުން އެނގެ އެވެ. އެގޮތުން ހެލްތު މިނިސްޓްރީން އަށް މަގާމު، ޓްރާންސްޕޯޓު މިނިސްޓްރީން ދެ މަގާމު އަދި ރައްޔިތުންގެ މަޖިލީހުން ވެސް އަށް މަގާމު މަދުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ސިޔާސީ މަގާމުތަކަށް ކުރާ ހަރަދު ދައްކުވައިދޭ އިންފޮގްރެފިކެއް --

ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ ގޮތުގައި ޖުމްލަ 46،216 މުވައްޒަފުން ތިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު، އެ މުވައްޒަފުންގެ މުސާރަ އަށް ޖުމްލަ 9.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ހުށަހަޅާފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ސިވިލް ސާވެންޓުންގެ ގޮތުގައި ޖުމްލަ 25،320 މުވައްޒަފުން ތިބޭނެ ކަމަށް ހުށަހަޅާފައި ވާއިރު، 2021 ވަނަ އަހަރުގެ ބަޖެޓުގައި ސިވިލް ސާވެންޓުންގެ އަދަދު ހުރީ 23،039 ގަ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް 1،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބަޖެޓްގައި ފާހަގަކޮށްފައި ވާއިރު، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވަނީ ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް އަދި ސިޔާސީ މަގާމުތަކަށް ކުރާ ހަރަދުތައް ވެސް މަދު ކުރާނެ ކަމަށް ބުނެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނުއިރު ސިޔާސީ މަގާމުގެ އަދަދު އުޅުނީ 700 ގަ އެވެ.

ސިޔާސީ މަގާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު، އެ ބޭފުޅެއްގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އައްޔަނުކުރައްވާ ބޭފުޅުންނެވެ. ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އައްޔަނުކުރާ ބޭފުޅުންނެވެ. މާނައަކީ އެއީ ސިޔާސަތުތައް ތަންފީޒުކުރުމަށް އައްޔަނުކުރާ ބޭފުޅުންނެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީއިން ދޭ އެއްވެސް ހިފެހެއްޓުމެއް ނެތް ވަރަށް ބޮޑު ބާރެކެވެ. ހުރަހެއް ނެތި މި މާއްދާގެ ދަށުން ކިތަންމެ ގިނަ އަދަދަކަށްވެސް މީހުން އައްޔަނުކުރެވެން ރައީސްއަށް ބާރު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox