ދަރިވަރުންނާ ބައްދަލުވާ އެހެން މުވައްޒަފުންނަށްވެސް ލައިސެންސް ދޫކުރަނީ

މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ. -ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ. -ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ ޓީޗަރުންނާއި ދަރިވަރުންނާ ބައްދަލުވާ ސްކޫލްގެ އެހެން މުވައްޒަފުންނަށް ވެސް ލައިސެންސެއް ދޫކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ސްކޫލުތަކުގައި މަސައްކަތް ކުރާ ޓީޗަރުން ނޫން މުވައްޒަފުންނަށް ލައިސެންސެއް ދިނުމުގެ ވާހަކަ މިނިސްޓަރު ވިދާޅުވީ، ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް އެ ސްކޫލު ސާފު ކުރުމުގެ މަސައްކަތް ކުރާ މުވައްޒަފަކު ޖިންސީ އަނިޔާ ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ އިތުރަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ގަލޮޅު ސްކޫލްގައި ދިމާވި ހާދިސާ ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އައިޝަތު އަލީ ވިދާޅުވީ އެފަދަ ހާދިސާތަކަކީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އަބަދުވެސް މިނިސްޓްރީން ބަލާ މައްސަލަތަކެއް ކަމަށާއި، އެ ހާދިސާ ރިޕޯޓު ކުރެވުމާއެކު ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް އަންގައި، އެކަމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވުނު ހުރިހާ ފަރާތްތައް ވަގުތުން ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސް، އެ ސްކޫލްގައި އިތުރު ސީސީޓީވީ ކެމެރާތައް ހަރުކުރުމުގެ އިތުރުން، މިފަދަ ކަންކަމަށް ޓީޗަރުން އިތުރަށް ސަމާލުވުމަށް ހުރިހާ ސްކޫލްތަކަށް އަންގާފައިވާކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ސްކޫލްތަކުގައި ހިނގާ މިފަދަ ހާދިސާތައް ހުއްޓުވަން ގިނަ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށާއި އިތުރު ފިޔަވަޅުތައް އަޅައި ކަންކަން ތަރުތީބުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން ހުރިހާ ބެލެނިވެރިންނަށް ދެއްވާ ކަމަށެވެ.

އެގޮތުން، މި ސަރުކާރު އައި ފަހުން ވެސް ސްކޫލްތަކުގައި ހިނގި 40 އެއްހާ ހާދިސާއެއް ތަހުގީގުކޮށް، އެކަމުގައި ޝާމިލުވި 30 މުވައްޒަފުން ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށް މިނިސްޓަރު މިއަދު ހާމަކުރެއްވި އެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި މިހާރު ކުރެވެމުންދަނީ ޓީޗަރުންނަށް މިހާރު ދޫކުރާ ލައިސެންސް ފަދަ ލައިސެންސެއް ސްކޫލްތަކުގައި ހާއްސަކޮށް ދަރިވަރުންނާ ސީދާ ބައްދަލުވާ ހުރިހާ މުވައްޒަފުންނަށް ވެސް ދޫކުރާ ނިޒާމެއް ގާއިމުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ނިޒާމެއް ގާއިމުކުރެވެމުން ދަރިވަރުންނާ ބައްދަލުވާ ހުރިހާ މުވައްޒަފުން ސްކްރީންކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާ ވެގެންދާނެ،" އައިޝަތު އަލީ ވިދާޅުވި އެވެ.

މިދިޔަ އަހަރު ތައާރަފް ކުރި މަތީ ތައުލީމުގެ ގާނޫނުގެ ދަށުން ޓީޗަރުންނަށް ސްކޫލްތަކުގައި މިހާރު ވެސް މަސައްކަތް ކުރެވޭނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށްފަހު، އެ އޮފީހުން ދޫކުރާ ހާއްސަ ލައިސެންސެއް ލިބިގެންނެވެ.

ގަލޮޅު ސްކޫލްގެ ހާދިސާ

ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 63 އަހަރުގެ ދިވެހި އަންހެނަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތުވާ އަންހެން މީހާއަކީ ސްކޫލު ސާފު ކުރުމާއި ދަރިވަރުން ފާހާނައަށް ދިޔުމަށް އެހީވުމުގެ ޒިންމާ އޮންނަ މަސައްކަތު މީހެކެވެ.

މި މައްސަލައިގައި އެ ސްކޫލުގެ ހުރިހާ މަސައްކަތު މުވައްޒަފުން ތިބީ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފަ އެވެ.

"ހުކުރު ދުވަހުން ފެށިގެން މި ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން [ދައްތަމެން] ވާނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރެވިފަ،" ގަލޮޅު މަދަރުސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މައްސަލައިގައި އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ގަލޮޅު މަދަރުސާއިން ވަނީ ޓީޗަރުގެ ބެލުމުގެ ދަށުން ދަރިވަރުން ފާހާނާއަށް ދާގޮތަށް ހަމަޖައްސާފަ އެވެ. އަދި ދަރިވަރުންގެ ސަލާމަތަށްޓަކައި ސްކޫލުގެ 18 ދިމާލެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް ވަނީ ނިންމައިފަ އެވެ.

މި މައްސަލަ "ސީރިއަސް" މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެޑިޔުކޭޝަނުން ބުނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެޑިޔުކޭޝަނުން ވަނީ މިކަމުގައި އިހުމާލުވި ޓީޗަރަށް ފިޔަވަޅުއަޅަން އަންގާފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖެންޑާ ކޮމިޓީން ވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox