އިބްރަހިމޮވިޗްގެ 400 ވަނަ ލަނޑާ އެކު މިލާން މޮޅުވެއްޖެ

Nov 1, 2021, 4:37 AM
އިބްރަހިމޮވިޗްގެ 400 ވަނަ ލަނޑާ އެކު މިލާން މޮޅުވެއްޖެ

ރޯމް (ނޮވެމްބަރު 1) - ތަޖުރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްގެ ލީގު ކެރިއަރުގައި ޖެހި 400 ވަނަ ލަނޑާ އެކު، އިޓާލިއަން ލީގުގައި ރޭ އޭއެސް ރޯމާ އަތުން 2-1 އިން އޭސީ މިލާން މޮޅުވެއްޖެ އެވެ.

މި މޮޅާއެކު، މިލާނުން ވަނީ ތާވަލްގެ އެއް ވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. އިޓާލިއަން ލީގުގައި ރޭ ސާލެނިޓާނާ އަތުން 1-0 އިން ނަޕޯލީ ވަނީ މޮޅުވެފަ އެވެ. ނަޕޯލީ އާއި މިލާން ވެސް ވަނީ 31 ޕޮއިންޓް ހޯދައިފަ އެވެ.

ތާވަލްގެ ތިން ވަނައިގައި 24 ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން އޮތްއިރު، ހަތަރު ވަނައިގައި ރޯމާ އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ.

Advertisement

ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނިޓުގައި މިލާނަށް ލީޑު ހޯދައިދިނީ އިބްރަހިމޮވިޗެވެ. މި ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކުރީ ހިލޭ ޖެހުމަކުންނެވެ.

މެޗުގެ 57 ވަނަ މިނިޓުގައި މިލާންގެ ދެވަނަ ލަނޑު ފްރޭންކް ކެސިއޭ ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިލާނަށް ޕެނަލްޓީއެއް ލިބުނީ އިބްރަހިމޮވިޗަށް ރޯމާގެ ރޯޖާ އިބަނިއޭޒް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެވަނަ ރީނދޫ ކާޑަކާ އެކު، މެޗުގެ 66 ވަނަ މިނިޓުގައި މިލާންގެ ތިއޯ ހެނާންޑޭޒަށް ރަތްކާޑު ދެއްކުމުން މިލާން 10 ކުޅުންތެރިންނަށް މަދުވެފައި ވަނިކޮށް، ރޯމާގެ ފޯވަޑް ސްޓެފާން އަލް ޝަރާވީ ވަނީ މެޗުގެ އިތުރު ވަގުތުގައި އޭނާގެ ކުރީގެ ކްލަބު ކޮޅަށް ލަނޑު ޖަހައިފަ އެވެ.

މިއީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯގެ ކޯޗިން ކެރިއަރުގައި، އިޓާލިއަން ލީގުގެ މެޗަކުން އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ.

މެޗުގެ ރެފްރީއާ މެދު ހިތްހަމަނުޖެހިފައި ހުރި މޮޮރީނިއޯ ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުދެ އެވެ. އެއީ ރެފްރީންނާ ބެހޭ ގޮތުން އޭނާ އަށް އެއްޗެއް ބުނެވޭ އެއްޗަކުން، ސަސްޕެންޝަނެއް އަތުވެދާނެތީ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox