ސަލަފުގެ ފާޑުކިޔުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް

Oct 28, 2021, 8:21 PM
ޖަމިއްޔަތުއް ސަލަފުން މިރޭ މާލޭގައި ބޭއްވި ޖަލްސާ: ސަމީރު ވިދާޅުވީ އަރަބި ބަސް ނޭނގޭ މީހަކު ދީނީ ހުކުމް ނެރުން ރަނގަޅު ނޫން ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ޖަމިއްޔަތުއް ސަލަފުން މިރޭ މާލޭގައި ބޭއްވި ޖަލްސާ: ސަމީރު ވިދާޅުވީ އަރަބި ބަސް ނޭނގޭ މީހަކު ދީނީ ހުކުމް ނެރުން ރަނގަޅު ނޫން ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

އިސްލާމީ ޝަރީއަތް ނުކިޔަވާ ތިބި، ދީނުގެ އިލްމު އުނގެނިފައި ނެތް މީހުންނަށް ދީނީ ހުކުމްތައް ނެރުމުގެ ހައްގެއް ނޯންނާނެ ކަމަށް ވިދާޅުވެ ޖަމިއްޔަތުއް ސަލަފުން މާލޭގައި ބޭއްވި ޖަލްސާއެއްގައި ސުޕްރީމް ކޯޓުން ކުރި ދާދިފަހުން ޒިނޭގެ މައްސަލައެއްގައި ހުކުމް ކުރެއްވި ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޑީއެންއޭ ފަދަ ހެކިތަކަކީ ޒިނޭގެ މައްސަލަތަކުގައި އިތުރު ގަރީނާތައް ހުރިނަމަ ކުށް ސާބިތު ކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހުކުމް ކުރެއްވި ފަނޑިޔާރުންނަށް އެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް އެބޭފުޅުންގެ ނަން އަދި ކޯޓުގެ ނަމެއް ވެސް ބޭނުންކޮށްފައެއް ނުވެ އެވެ.

"މަގޭ ދީން" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލަފުގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ، ދީނުގެ އިލްމު ނޭނގޭ ބަޔަކު ދީނުގެ ހައްދުތައް ކުޅޭ ކުޅިވަރަކަށް ރާއްޖޭގައި ހަދާފައިވާ ކަމަށެވެ.

"އިސްލާމްދީނުގެ ޖިނާއީ އަދުލުގެ ނިޒާމު އެއްކޮށް ފުނޑާލައި، ދީނުގެ ހައްދުތަކަކީ ކުޅިވަރާއި މަޖަލާއި ސަކަރާތެއްކަމުގައި ހަދައިގެން އުޅޭ ބަޔަކު އަޅުގަނޑުމެން ތެރޭގައި އެބަ އުޅޭ. އެމީހުން ވެސް ކިޔަނީ އިސްލާމް ދީނުގެ މަގުސަދުގެ ވާހަކަ. އެމީހުންނަށް ކޮން ހައްގެއްތަ އޮތީ އިސްލާމްދީނުގެ މަގުސަދުގެ ވާހަކަ ދައްކަން؟،" ސަމީރު ސުވާލު އުފެއްދެވި އެވެ.

އަރަބި ބަސް ނޭނގޭ މީހުން އިސްލާމް ދީނާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް ވެސް ސަމީރު އެއްޗެއް ވިދާޅުވި އެވެ.

"އެދީނުގެ ފޮތް އޮތް ބަހުރުވައެއް އެދީނުގެ ގުރުއާން، އެ ގުރުއާނުގެ ތަފްސީރެއް އޭގެ އުސޫލެއް ހަމައެއް ހަދީސެއް ސައްހައެއް ނުސައްހައެއް އިލްމުވެރިންގެ ބަސްތަކެއް ކިޔޭނެ ބަހުރުވައެއް ނުދަންނަ ބަޔަކު އިސްލާމްދީނުގެ ކައްޗަށާއި ދިގަށް ހުރަހަށް ވާހަކަ ދައްކަން ފެށީމަ އަމިއްލަ މީހުންނަށް އެބަ އެނގެން ޖެހޭ މިއީ ތިމާމެންގެ ދާއިރާއެއް ނޫންކަން،" ޝޭހް ސަމީރު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާ އަޑުއަހުން ދިޔަ ބައެއް މީހުން: ވަރަށް ގިނަ ބަޔަކު ޖަލްސާ އަޑުއަހަން ކާނިވާ ސަރަހައްދަށް ދިޔަ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު
މިރޭގެ ޖަލްސާ އަޑުއަހުން ދިޔަ ބައެއް މީހުން: ވަރަށް ގިނަ ބަޔަކު ޖަލްސާ އަޑުއަހަން ކާނިވާ ސަރަހައްދަށް ދިޔަ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

މިރޭގެ ޖަލްސާ އަޑުއަހުން ދިޔަ ބައެއް މީހުން: ވަރަށް ގިނަ ބަޔަކު ޖަލްސާ އަޑުއަހަން ކާނިވާ ސަރަހައްދަށް ދިޔަ -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ދީން އޮޅުވާލާ ބަޔަކު، މީހުން ދީނީ ބޮޑެތި އިލްމުވެރިންނަށް ހެދިގެން އިސްލާމް ދީން އެފުށްމިފުށަށް ޖަހަމުންދާ ކަމަށް ސަމީރު ތުހުމަތު ކުރެއްވި އެވެ.

"ބޮޑު މުޖުތަހިދަކަށްވެގެން ހުކުމްތަކާ އެއްޗިހި ނެރެ، ދީނުގެ އުސޫލުތައް ކައްޗާއި ދިގަށް އެފުށްމިފުށަށް ޖަހާ އަނބުރާ، ހަމަ އޭނާ ވެސް މި ކިޔަނީ އިސްލާމްދީން، އިސްލާމް ދީނަކީ ނުލާހިކު ލުއިފަސޭހަ ދީނެކޭ،" ސަމީރު ވިދާޅުވި އެވެ.

އިސްލާމީ ޝަރީއަތާއި އަރަބި ބަސް ނުކިޔާ މީހަކަށް "ޝަރީއަތުގެ ސިއްރުތައް" ނޭނގޭނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"އެ ޝަރީއަތުގެ މަގާސިދުތަކެއް އެ ޝަރީއަތުގެ ނައްސުތައް ނުކިޔަވާ މީހަކަށް ނޭނގޭނެ. އެ ޝަރީއަތުގެ ސިއްރުތައް ނުދަންނަ މީހަކަށް އެ ޝަރީއަތުގެ މަގުސަދުތައް ހޯދާކަށް ނޭނގޭނެ. އަދި އެ ޝަރީއަތުގެ މަގުސަދުތައް ހާސިލުކުރަން ޝަރުއީ ނައްސުތަކުން ހުކުމްތައް އިސްތިންބާތުކުރާކަށެއް ނޭނގޭނެ އެ ޝަރީއަތް ދިރާސާ ނުކޮށެއް. އެ ޝަރީއަތް އޮތް ބަހުރުވަ ނޭނގޭ މީހަކަށް އެ ޝަރީއަތުގެ ސިއްރުތަކެއް ނޭނގޭނެ،" ޝޭހް ސަމީރު ވިދާޅުވި އެވެ.

ޝޭހް ސަމީރު އެ މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އެ ހުކުމް ކުރެއްވި ތިން ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި އަދި ހުކުމް ނެރުއްވި ފަނޑިޔާރު ހުސްނުއްސުއޫދަކީ އިސްލާމީ ޝަރީއަތާއި ގާނޫނީ ދާއިރާއިން ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ޔުނިވާސިޓީކަމުގައިވާ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އެކަމަކު އެ ހުކުމަށް ތާއީދު ކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ސުޖޫން މުހައްމަދަކީ ޝަރީއާ ކިޔަވައިގެން ތިއްބެވި ފަނޑިޔާރުން ކަމަށް ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނަފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox