އެމްއެމްޕީއާރުސީގެ މައްސަލައަކަށް 8 މަސް ހޭދަވޭ، އިތުރު މުވައްޒަފުން ބޭނުން: އޭސީސީ

އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީގައި. އޭސީސީ ރައީސް ޝިއުނާ ވިދާޅުވީ އެތަނުގައި އިންސްޓިޓިއުޝަނަލް ޗެލެންޖަސްތަކެއް ހުރިކަމަށް-- ފޮޓޯ: މަޖިލިސް

އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީގައި. އޭސީސީ ރައީސް ޝިއުނާ ވިދާޅުވީ އެތަނުގައި އިންސްޓިޓިއުޝަނަލް ޗެލެންޖަސްތަކެއް ހުރިކަމަށް-- ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ނިންމުމަށްޓަކައި ތަހުގީގު ހަލުވި ސްޕީޑެއްގައި ކުރިޔަށް ގެންދިޔުމަށް އިތުރު މުވައްޒަފުން ބޭނުންވާކަން ދެނެގަނެ އެކަން ކުރަން ޖެހޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ކޮންމެ ކޭސްއަކަށް އެވަރެޖުކޮށް އަށް މަސް ދުވަސް ހޭދަވާކަން މިހާރު ނިމިފައި ހުރި މައްސަލަތަކުން ފާހަގަވާ ކަމަށެވެ.

"އެވަރެޖްކޮށް އެބަ ނަގައޭ އަށް މަސް ކޭސްއެއް ނިންމަން. އެހެންވީމަ މި ރޭޓުގަ މި ނަންބަރު އޮފް ކޭސަސް ހުރިއްޔާ އަޅުގަނޑުމެންގެ ތަހުގީގު ޓީމަށް އިތުރު 12 މުވައްޒަފުން ބޭނުންވާކަމަށް،" ޝިއުނާ ވިދާޅުވި އެވެ.

ކޮމިޓީ މެމްބަރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް ވަނީ އެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީ މައްސަލައިގައި އޭސީސީން ބަލަމުންދާ ކޭސްތަކުގެ އަދަދުގެ ތަފްސީލު އައްްސަވާފަ އެވެ.

އަދި އޭގެ ތެރެއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ކިތައް މައްސަލަތޯ ވެސް މީކާއިލް ސާފުކުރައްވަން އެދިވަޑައިގެންނެވި އެވެ.

ޖަވާބުގައި ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅިގެން ޖުމްލަ 338 މައްސަލަ ބަލަން ނިންމާފައިވާއިރު ބާކީ އަދި 223 މައްސަލަ އެބަ އޮތް ކަމަށެވެ.

"އޭގެ ތެރެއިން މިހާތަނަށް ތަހުގީގު، މިއީ ޕީސީސީއާރު [އެސެޓް ރިކަވަރީ ކޮމިޝަން] އިން ހޯދާފަ ހުރި ޑޭޓާ އަޅުގަނޑުމެން އޭރު ސެންޓްރަލީ ޕީސީސީއާރުން މި ޑޭޓާ ކަލެކްޓް ކުރީމަ. ނިންމާފަ މިވަނީ 38 މައްސަލަ ޖުމްލަ އެނގޭތޯ. މި 338 މައްސަލަތަކުގެ ތެރެއިން،" ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވި، އެ މައްސަލަތައް ހަލުވި ސްޕީޑެއްގައި ގެންދިޔުމަށް އޭސީސީއަށް އިތުރު މުވައްޒަފުން ބެނުންވާތީ، އެކަމަށް ޕްރޮޕޯޒަލްއެއް ހަދައި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"މި ވީކް ތެރޭގައި ނޫނީ ނެކްސްޓް ވީކް ތެރޭގަ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއާ ބައްދަލުވުމެއް ބާއްވާނަން މި ބުނާ ޕްރޮޕޯޒަލްއާ ގުޅިގެން. މި ބުނާ އިތުރު 12 ސްޓާފު އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. ގާތްގަނޑަކަށް އެރައުންޑް 4 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އިތުރަށް ބޭނުންވާނެ. މި ތަހުގީގު އެކްސްޕެކްޓް ކުރާ ސްޕީޑުގައި އަނެއްކާ ކަން ހިނގާފަ އޮތް ގޮތަށް ބަލާނަމަ، އެ މުއްދަތަށް ބަލާނަމަ، އެ ސްޕީޑުގައި ގެންދަން ބޭނުންވާނަމަ އެބަ ބޭނުންވޭ 12 މުވައްޒަފުން،" ޝިއުނާ ވިދާޅުވި އެވެ.

އޭސީސީއަށް މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބެއް ކަމަށް ޝިއުނާ ފާހަގަކުރެއްވީ، ގިނަ ދުވަސްތަކެއް ވަންދެން އެމްއެމްޕީއާރުސީ މައްސަލައިގައި ހަރަކާތްތެރިވާ ބައެއް މުވައްޒަފުން ވަޒީފާއިން ކެނޑިގެން ދިޔުމެވެ.

އަދި އެގޮތަށް ކެނޑިގެން ދަނީ ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ މައްސަލަތަކެއް ވެސް ހުރުމުންކަމަށް ޝިއުނާ ވިދާޅުވި އެވެ.

އެހެންކަމުން އެމްއެމްޕީއާރުސީ މައްސަލައަށް އާ ރެކްރޫޓެއް ނަގައި، ޓްރެއިންކޮށް އަދި ކޭސްއަށް ވެއްދުމަކީ ދަތިކަމެއްކަމަށް ޝިއުނާ ފާހަގަކުރެއްވި އެވެ.

އަދި ޕޮލިހާއި އެސެޓް ރިކަވަރީ ކޮމިޝަނުގައި ވެސް މުވައްޒަފުންގެ ދަތިތައް އެބަހުރިކަމަށް ޝިއުނާ ވިދާޅުވި އެވެ. އެހެންކަމުން ފުލް ޓައިމްކޮށް އެ ތަހުގީގަށް މުވައްޒަފުން ނެތުމުން ތަހުގީގު ލަސްވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ދައުލަތުން އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅު ސްޕީޑެއްގަ ޖެނުއިންލީ ވިތު ޕޮލިޓިކަލް ވިލް، ބޭނުންވާކަމުގައިވަނީނަމަ އެ މައްސަލައަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ބޭނުންވޭ. ނުލިބެންޏާ ވީ ވިލް ބީ ހަމަ ރިޕީޓިންގް ދަ ސޭމް ކޮންވަޒޭޝަން،" ޝިއުނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މައްސަލައިގަ ޕީޖީގައި އޮތީ ކިތައް މައްސަލަތޯ މީކާއީލް އެއްސެވުމުން ޝިއުނާ ވަނީ އަށް ވަރަކަށް ކޭސް ޕީޖީ އޮފީހުގައި ވާނެ ކަމަށް ލަފާކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ މައްސަލަތައް ނުނިމި ދިގުލާތީ، އަދި އޭސީސީގެ މައްސަލަތައް ތަރުތީބު ކުރާ ގޮތާ ދޭތެރޭ ވެސް ފާޑުވިދާޅުވެ ހިތްހަމެނުޖެހުން ފާޅުކުރައްވައިފަ އެވެ.

އަދި އެފަދަ ކަންކަމާ ހެދި ވައްކަން ކުރުން އިތުރުވެ، އެކަހަލަ ކަންކަން ކުރަން މީހުން ފަސްނުޖެހޭކަމަށް ވިދާޅުވެ ހަސަން ވަނީ އޭސީސީއަށް ގޮންޖެހުންތައް ހުރިކަން ގަބޫލުކުރެއްވި ނަމަވެސް މައްސަލަތައް ލަސްވާތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ކޮން މައްސަލައެއް ދިމާވެގެންތޯ މިކަންކަން ނުކުރެއްވިގެން ތިއުޅުއްވަނީ ކޮންތާކުން ކާކު ގުޅުއްވައިގެންތޯ؟،" ހަސަން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ޝިއުނާ ވިދާޅުވި ކޭސްތައް ތަރުތީބު ކުރުމުގައި ބައިވަރު ކަންކަމަށް ބަލާ ކަމަށެވެ.

އަދި ދައުލަތުގެ އިދާރާއަކުން އެންގުން ފަދަ ހާލަތްތަކަކީ ހަމައެކަނި އެންމެ މިސާލެއްކަމަށާއި އަދި ބައެއް ހާލަތްތަކުގައި މައްސަލައިގެ ބާވަތަށާއި ތުހުމަތުވާ މީހާގެ މަގާމަށް ބެލުމަށްފަހު ވެސް މައްސަލަ ޕްރައޯރަޓައިޒްކުރާ ކަމަށެވެ.

ޝިއުނާ ވިދާޅުވީ، އޭސީސީގައި މައްސަލަތަކެއް އެބަ ހުރި ކަމަށާއި، ނަމަވެސް އެހެން އަހަރުތަކާ އަޅާބަލާއިރު އަދި ކޮވިޑާހެދި މިދިޔަ އަހަރު ކުރިމަތިވި ގޮންޖެހުންތަކަށް ނުބަލާ މި އަހަރު މައްސަލަތަކުގެ ސްޕީޑު ވަރަށް އަވަސްވެ، ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައްސަލަތައް އަވަސް ނުކުރެވިގެން އުޅެނީ އެބަ ހުރި އޭސީސީގަ އިންސްޓިޓިއުޝަނަލް ޗެލެންޖަސްތަކެއް،" ޝިއުނާ ވިދާޅުވި އެވެ.

އަދި އެކަންކަން ހައްލުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިއުނާ ވަނީ 2019 ވަނަ އަހަރު އޭސީސީން ނިންމާފައި ފޮނުވީ އެންމެ ތިން މައްސަލަކަން ފާހަގަކުރައްވާފަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 19 ކޭސް ފޮނުވިފައިވާކަމަށް ވިދާޅުވި އެވެ.

ޝިއުނާ ދެއްވި މައުލޫމާތަށް ބަލާއިރު ޖުމްލަ 1،040 ތަހުގީގު އެސީސީގައި އެބަ ކުރިޔަށް ދެ އެވެ. އޭގެ ތެރެއިން 63 ކޭސް ޕްރައޯރިޓީގެ ގޮތުގައި ބަލައިގެން ކުރިޔަށް އެބަ ގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox