އިބްރަހިމޮވިޗްގެ ގޯލާ އެކު މޮޅުވެ މިލާން އެއް ވަނަ އަށް

Oct 24, 2021, 5:10 AM
އިބްރަހިމޮވިޗްގެ ގޯލާ އެކު މޮޅުވެ މިލާން އެއް ވަނަ އަށް

މިލާން (އޮކްޓޫބަރު 24) - އިޓާލިއަން ލީގުގައި ރޭ ޒްލަޓާން އިބްރަހިމޮވިޗްގެ ގޯލާ އެކު 4-2 އިން ބޮލޯނިއާ ބަލިކޮށް އޭސީ މިލާން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިލާން އެއް ވަނައިގައި އޮތީ ނުވަ މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ އަށް މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އަތުން މިރޭ ކުޅޭ މެޗުން މޮޅުވެގެން ނަޕޯލީ އަށް އެއް ވަނަ އަށް އެރޭނެ އެވެ.

ބޮލޯނިއާ ދަނޑުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި މިލާން ލީޑުނެގީ ރަފައެލް ލެއާއޯ ޖެހި ގޯލުންނެވެ. ލެއާއޯ ޖެހި ބޯޅަ ގޯލަށް ވަނީ ބޮލޯނިއާގެ ޑިފެންޑަރު ގެރީ މެޑަލް ފައިގައި ޖެހިފަ އެވެ. ބޮލޯނިއާ އަށް މެޗުގައި އިތުރަށް މައްސަލަ ދިމާވީ 20 ވަނަ މިނިޓްގައި އެ ޓީމުގެ އަޑަމާ ސޫމާރޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. ސޫމާރޯ އަށް ރަތް ކާޑު ދެއްކީ މިލާންގެ ރާޑް ކްރުނިޗް އަށް ފައުލުކުރުމުންނެވެ.

ބޮލޯނިއާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި މިލާނުން 35 ވަނަ މިނިޓްގައި ލީޑުފުޅާކުރި އެވެ. މި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ޑޭވިޑޭ ކަލަބްރިއާ އެވެ.

ދެ ވަނަ ހާފް ފެށިގެން ތަފާތު ރޫހެއް ދައްކައި، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން އައި ބޮލޯނިއާ އިން ވަނީ ހަތް މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ބޮލޯނިއާ އިން ޖެހި ފުރަތަމަ ގޯލަކީ މިލާންގެ އިބްރަހިމޮވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބޮލޯނިއާ އިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އިބްރަހިމޮވިޗް ބޮލުގައި ޖެހުނު ބޯޅަ ވަނީ ބައިކޮޅަށެވެ. އޭގެ ތިން މިނިޓް ފަހުން މޫސާ ބަރޯ ވަނީ މިލާންގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ބޮލޯނިއާ އަށް އެއްވަރުކޮށްދީފަ އެވެ.

ބޮލޯނިއާ އިން ނަތީޖާ ހަަމަހަމަކުރިތާ ހަ މިނިޓް ފަހުން އަނެއްކާ ވެސް އެ ޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ. ބޮލޯނިއާގެ ރޮބާޓޯ ސޮރިއާނޯ އަށް ރަތް ކާޑު ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.

ނުވަ ކުޅުންތެރިންނާ އެކު ފަހު 30 ވަރަކަށް މިނިޓް ކުޅުނު ބޮލޯނިއާ ކޮޅަށް މިލާނުން މޮޅުވި ގޯލުތައް ޖެހީ ފަހު ހަ މިނިޓް ތެރޭގަ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި ވޮލީ އަކުން މިލާނަށް ލީޑުނަގައިދިނީ އަލްޖީރިއާގެ މިޑްފީލްޑަރު އިސްމައެލް ބެނަސިއާ އެވެ. މެޗުގެ ފަހު މިނިޓްގައި އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ވަނީ އޭރިއާ ރޮނގުކައިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox