ޕެރިސް ސަމިޓަށް ވުރެ ކޮޕް26 ގެ ގޮންޖެހުންތައް ގިނަ: ޝަރުމާ

ކޮޕް26 ގެ ރިޔާސަތުގައި އިންނަވާ އިނގިރޭސިވިލާތުގެ އަލޮކް ޝަރުމާ

ކޮޕް26 ގެ ރިޔާސަތުގައި އިންނަވާ އިނގިރޭސިވިލާތުގެ އަލޮކް ޝަރުމާ

ލަންޑަން، އިނގިރޭސިވިލާތް (އޮކްޓޯބަރު 23) - ކުރިއަށް އޮތް ކޮޕް26 މޫސުމީ ސަމިޓުން ކާމިޔާބު ހޯދުމަކީ 2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި ބައްދަލުވުންތަކަށް ވުރެ އުނދަގޫ ކަމެއް ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

އޮކްޓޯބަރު 31 ވަނަ ދުވަހު ގްލާސްގޯގައި ފަށާ ކޮޕް26 ސަމިޓުގެ ރިޔާސަތުގައި އިންނަވާނީ އިނގިރޭސިވިލާތުގެ އަލޮކް ޝަރުމާ އެވެ. ނޮވެމްބަރު 12 އާ ހަމައަށް ބާއްވާ މި ސަމިޓަކީ 2015 ވަނަ އަހަރަށް ފަހު މޫސުމީ ބަދަލުގެ މައްސަލާގައި ބާއްވާ އެންމެ ބޮޑު ސަމިޓެވެ.

ބައްދަލުވުމުގެ އަމާޒަކީ ދުނިޔެ ހޫނުވާން މެދުވެރިވާ ކާބަން ގޭސް ބޭރުކުރުން މަދުކުރާނެ ޓާގެޓުތަކަށް ވާސިލްވުމަށް ގައުމުތަކުން ކުރާނެ ކަންކަން ކަނޑައެޅުމެވެ.

Advertisement

ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝަރުމާ ވިދާޅުވީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބެހެއްޓުމަށް 200 އެއްހާ ގައުމުން ކަނޑައަޅާ ޓާގެޓުތަކަށް މަސައްކަތް ކުރަން އެއްބަސްކުރުވުމަކީ ބޮޑު މަސައްކަތެއް ކަމަށެވެ.

"ގްލާސްގޯގައި ކުރަން މި އުޅޭ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް. ޕެރިސްގައި ހާސިލްކުރީ ރަނގަޅު ކުރިއެރުންތަކެއް. އެކަމަކު ވަރަށް ގިނަ ކަންކަމާ މެދު ގޮތް ނިންމުން އޮތީ މުސްތަގުބަލަށް ދޫކޮށްލާފައި،" އޭނާ ވިދާޅުވި އެވެ.

"މިއީ އިމްތިހާން ކަރުދާހެއް ހަދައި ނިމޭ ހިސާބަށް ދާއިރު، އެންމެ އުނދަގޫ ސުވާލުތައް ފަހުން ހަދަން ބަހައްޓާފައި ހުއްޓާ ގަޑި ޖެހެން ގާތްވުން ކަހަލަ ކަމެއް."

ކޮޕް26 ސަމިޓުން ނަތީޖާ ނެރުން އިތުރަށް އުނދަގޫ ވެގެން ދާނީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ލީޑަރު ލެޑިމިއަ ޕޫޓިން ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ އެވެ. އެ ދެ ގައުމުން ވެސް ފޮނުވާނީ އިސްވެރިންގެ ވަފުދެކެވެ.

ބެލެވޭ ގޮތުގައި ދުނިޔޭގެ 120 ގައުމެއްގެ ލީޑަރުންނާއި 25،000 އަށް ވުރެ އިސް އޮފިޝަލުން ސަމިޓުގައި ބައިވެރިވާނެ އެވެ.

ޕެރިސް އެކޯޑްގެ ދަށުން 197 ގައުމަކުން ވަނީ ދުނިޔެ ހޫނުވުން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބެހެއްޓުމަށް އެއްބަސްވެ، "ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންސީޑީ)" ކަނޑައަޅާފަ އެވެ. އެއީ ކޮންމެ ގައުމަކުން އަމިއްލަ އަށް އިސްނަގައިގެން ކާބަން މަދު ކުރަން ކުރާނެ ކަންކަމުގެ ވައުދެވެ.

ނަމަވެސް ޕެރިސް އެކޯޑާ ހަމައަށް ދިޔައިރު ގައުމުތަކުން ކަނޑައެޅި އެންސީޑީތަކަކީ ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ދުނިޔޭގެ ފިނިހޫނުމިން ބެހެއްޓޭ ވަރަށް ވުރެ ކުޑަ ޓާގެޓުތަކެކެވެ. ކޮޕް26 ސަމިޓުގެ އެންމެ ބޮޑު އެއް އަމާޒަކީ އެންޑީސީތައް ވަރުގަދަ ކުރުމެވެ.

"އަޅުގަނޑުމެން ގައުމުތައް ކައިރީގައި މި ބުނަނީ އެންޑީސީ ޓާގެޓުން ނުފުދެއޭ އަދި އިތުރަށް ވިސްނާފައި އެހެން ހުށަހެޅުމެއް ގެންނާނޭ،" ޝަރުމާ ވިދާޅުވި އެވެ.

ދުނިޔޭގައި މި ވަގުތު އެންމެ ގިނައިން ކާބަން ބޭރު ކުރާ ޗައިނާ އަށް އޭނާ ގޮވާލެއްވީ ކޮޕް26 ސަމިޓަށް އަންނަ އިރު އެންޑީސީތައް ހުށަހެޅުމަށެވެ.

"ޖީ20 ގައުމުތަކުން ކޮމިއުނީކްގައި ސޮއިކުރީ މިދިޔަ ޖުލައި މަހު ނޭޕަލްސްގައި. އެންމެން އެއްބަސްވީ އެންޑީސީ މުރާޖައާކޮށް ކޮޕް26 އަށް ހުށަހަޅަން. އަޅުގަނޑު ވާނީ އެކަން އަލުން ހަނދާންކޮށްދީފައި," ޝަރުމާ ވިދާޅުވި އެވެ.

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ބުރާސްފަތި ދުވަހު ވިދާޅުވީ މި ވަގުތު މޫސުމީ ބަދަލުގެ ހާލަތު އޮތް ގޮތަކީ "މުސީބާތަކާ ދިމާލަށް އޮތް ވަން-ވޭ ޓިކެޓެއް" ކަމަށެވެ. އެ މުސީބާތުން ސަލާމަތްވުމަށް ކޮޕް26 އަކީ ކާމިޔާބު ސަމިޓަކަށް ހެދުމަށް އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox