ހުޅުމާލޭގައި އަރަބި މީޑިއަމްގެ ސްކޫލެއް އެޅުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

ހުޅުމާލޭގައި އަރަބި މީޑިއަމްގެ ސްކޫލެއް އެޅުމަށް އެދި ޕެޓިޝަނެއް ހުށަހަޅައިފި

އަރަބި މީޑިޔަމްއަަށް ކިޔަވާދޭ ސްކޫލެއް ހުޅުމާލޭގައި ގާއިމުކޮށް ދިނުމަށް އެދި ތިންހާއްހަވުރެ ގިނަ ބެލެނިވެރިންގެ ސޮއިއާއެކު ޕެޓިޝަނެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

އަރަބިއްޔާ ސްކޫލްގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ހުޅުމާލެއަށް ބަދަލުވަމުން ދިއުމާއި ގުޅިގެން އެޑިއުކޭޝަނަށް ހުށަހާޅާފައިވާ މި ޕެޓިޝަނުގައި ވަނީ "ހުޅުމާލޭ އިސްލާމިކް ސްކޫލް" ގެ ނަމުގައި ހުޅުމާލޭގައި ސްކޫލެއް ތަރައްގީކޮށްދިނުމަށް އެދިފަ އެވެ.

މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ އެ ސްކޫލްގެ މިދިޔަ ދައުރުގެ ޕީޓީއޭގެ ނައިބު ރައީސް ޔޫސުފް އަބްދުﷲ "އަދަދު"އަށް ބުނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ މިއަދު ބައްދަލުކޮށް މި ޕެޓިޝަން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އަރަބިއްޔާ ކުދިންނަށް ވަކިން ހާއްސަ ސްކޫލެއް ހުޅުމާޅޭގައި އަޅަންޖެހޭ މައިގަނޑު ސަބަބަކީ އެހެން ސްކޫލްތަކާ ހިލާފަށް ދެތިން މާއްދާއެއް ފިޔަވާ ހުރިހާ މާއްދާއެއް އަރަބި ބަހުން އެ ސްކޫލްގައި ކިޔަވައިދޭ ތީ ކަމަށް އޭނާ ބުންޏެވެ.

އަދި އެހެން ސްކޫލްތަކާއި ހިލާފަށް އިސްލާމްދީނުގެ މައިގަނޑު މަސްދަރުތައް ހިމެނިފައިވާ ތައުހީދާއި، ސުންނަތާއި، ފިގްހު ފަދަ ދީނީ މާއްދާތައް ކިޔަވައިދޭ ސްކޫލެއް ކަމަށް ވާތީކަން ފާހަގަކުރި އެވެ.

މީގެ އިތުރުން އަރަބިއްޔާއަކީ ދެޖިންސް ކުދިންނަށް ވަކި ކްލާސްރޫމްތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިދޭ އިސްލާމީ ރިވެތި އާދަތަކާއި، ތަރުބިއްޔަތުގެ މައްޗަށް ބިނާވެފައިވާ ސްކޫލެއް ކަމަށް އޭނާ ބުނެ އެވެ.

"މިނިސްޓަރާ ބައްދަލުކޮށް ޕެޓިޝަން ހުށަހެޅުމުން ވިދާޅުވި، ހުޅުމާލޭގައި އަރަބި މީޑިޔަމްއަށް ކިޔަވާދޭ ސްކޫލެއް އެޅުމަކީ އެޑިއުކޭޝަންގެ ޕޮލިސީގައި އޮތް ކަމެކޭ. އެކަމަކު އެކަމަށް މިވަގުތު ބަޖެޓް ނެތް ކަމަށް ވިދާޅުވީ" ޔޫސުފް ކިޔައިދިނެވެ.

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ އިސްނެގުމާއެކު ހުޅުމާލޭގައި އަރަބި އިސްލާމީ ތައުލީމު އުގަންނާދޭސްކޫލެއް އަޅައިދިނުމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ޕެޓިޝަންގެ ކޮޕީ ރައީސް އޮފީހަށާއި، އިސްލާމިކް މިނިސްޓްރީ އަށާއި، އެޗްޑީސީ އަދި ދީނީ ޖަމިއްޔާ ތަކަށްވެސް ހުށަހަޅާނެކަމަށް އެފަރާތުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox