ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަކީ އިގްތިސާދީ އެންމެ ބޮޑު ޖަރީމާ: އަމީރު

ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ: ޖީއެމްއާރް އަތުން އެއާޕޯޓް އަތުނުލި ނަމަ އިގްތިސާދަށް ބޮޑު ފައިދާއެއްވީސް ކަމަށް އެމަނިކުފާނު އަންޒާދާކުރައްވާ. -- ފައިލް ފޮޓޯ/ އަދަދު

ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ: ޖީއެމްއާރް އަތުން އެއާޕޯޓް އަތުނުލި ނަމަ އިގްތިސާދަށް ބޮޑު ފައިދާއެއްވީސް ކަމަށް އެމަނިކުފާނު އަންޒާދާކުރައްވާ. -- ފައިލް ފޮޓޯ/ އަދަދު

އިންޑިއާގެ ޖީއެމްއާރް އަތުން ހުޅުލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މިހާތަނަށް އިގްތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ޖީއެމްއާރްއާ އެއާޕޯޓް ހިންގަން ހަވާލުކުރީ އަމީރު ނިސްބަތްވާ އެމްޑީޕީ އިސްވެ އޮވެ 2008 ވަނަ އަހަރު އުފެއްދި ސަރުކާރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެކަމަކު ނަޝީދުގެ ވެރިކަން ވެއްޓުމުން، އޭނާގެ ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެރިކަމާ ހަވާލުވެ ޖީއެމްއާރް ބޭރުކުރީ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރު އެޅީ ނަޝީދުގެ ސަރުކާރާ ދެކޮޅަށް ނުކުތް ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީންނެވެ.

ދިވެހިންގެ ހަރުމުދާ ބޭރު މީހުންނަށް ވިއްކަނީ ކަމަށް ބުނެ ނަޝީދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅުން އޭރު ނުކުތީ ވެސް ޖީއެމްއާރް އަށް އެއާޕޯޓް ދިނުން ސަބަބަކަށް ދެއްކުމަށް ފަހު އެވެ.

އަމީރު މިރޭ ޓްވިޓާގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ އެ ސަރުކާރުން އެއާޕޯޓް އަތުލުމުގެ ސަބަބުން އާބިޓްރޭޝަނަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހި އެއާޕޯޓް ނުހެދި ޓޫރިޒަމް ސިނާއަތު ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ސަރުކާރުން ބަޖެޓުން މަޝްރޫއެއް ފައިނޭންސްކުރަން ޖެހުނު ކަމަށެވެ.

"މިކަމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖީއެމްއާރްއާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓުގެ މަސައްކަތް ހަތް އަހަރު ވެގެން ދިޔަ އިރު ވެސް އަދިވެސް ދަނީ ކުރަމުން ކަމަށެވެ. އަދި އެ ކުންފުންޏާ އެކު ކުރިއަށް ގޮސް 2014 ގައި ނިމުނު ނަމަ ކޮވިޑާ ހަމަޔަށް ރާއްޖެ އަށް އިތުރު 6.7 މިލިއަން ޓޫރިސްޓުން ގެނެވުނީސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމް އާމްދަނީ އިން ރާއްޖެ އަށް ގެއްލިގެން ދިޔަ 12.3 ބިލިއަން ޑޮލަރު. މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތައް. މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ އެއާޕޯޓް 2014 ވަނަ އަހަރު ތަރައްގީކޮށް ނިންމުނު ނަމަ އެމަނިކުފާނަށް އަންދާޒާ ކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާ އެކު ކަމަށެވެ.

ވަހީދަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓުގައި އާ ރަންވޭ އެއް ތަރައްގީކޮށްފަ އެވެ. އެކަމަކު ސީޕްލޭން ޓާމިނަލާ ދިމާލުން ޖާގަ ހުސް ނުވާތީ އެ ރަންވޭ ބޭނުންކުރެވޭ ގޮތެއް އަދި ނުވެ އެވެ. އެ ރަންވޭ ހުޅުވުމާ އެކު މިހާރުގެ ރަންވޭ، ޓެކްސީވޭ އަކަށް ބަދަލުކޮށް އެއާޕޯޓުގެ ޓްރެފިކަށް ހެޔޮ ބަދަލެއް ގެނެވޭނެ އެވެ.

ކުރީ ސަރުކާރުން ފެށި އާ ޓާމިނަލް ޕްރޮޖެކްޓް ވެސް އަދި ނުނިމެ އެވެ. އެކަށީގެންވާ ޓާމިނަލެއް ނެތުމުގެ ސަބަބުން ރާއްޖެ އަށް ގެނެވޭ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ގޮންޖެހުންތައް ބޮޑެވެ. އަދި ބާރު ބޮޑުވާ ދުވަސްވަރު ހިދުމަތް ދިނުން ލަސްވެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އެހެން ލެވެލަކަށް ގެންދިއުމަށް މިހާރު އޮތް ހުރަހަކީ އެއާޕޯޓެވެ.

އިންޑިއާގެ މަލްޓިނޭޝަނަލް ކުންފުނި ޖީއެމްއާރް އިން ތިން އެއާޕޯޓެއް އޮޕަރޭޓްކުރެ އެވެ. އެއީ އިންޑިއާގެ ނިއު ދިއްލީ އެއާޕޯޓާއި ހައިދަރްއާބާދު އެއާޕޯޓް އަދި ފިލިޕީންސްގެ އެއާޕޯޓެކެވެ. އަދި އިތުރު ދެ އެއާޕޯޓެއް އަންނަނީ ތަރައްގީކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox