ފޯ ނޭޝަންސް ކަޕް: ރާއްޖޭގެ ފުރަތަމަ މެޗު ލަންކާއާ ދެކޮޅަށް

Oct 14, 2021, 3:01 PM
ލަންކާގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ދާދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ލަންކާގެ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ދާދު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަންނަ މަހު ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން ކޮލަމްބޯގައި ކުރިއަށް ގެންދަން ނިންމާފައިވާ ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މުބާރާތް އިންތިޒާމްކުރާ ސްރީ ލަންކާއާ ވާދަކުރަން ޖެހިއްޖެ އެވެ.

ލަންކާގައި އަންނަ މަހު 8-17 އަށް ބާއްވާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުން ފުރަތަމަ މެޗުގައި އަށް ވަނަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހު އެވެ. ފައިނަލަށް ގޮސްފިނަމަ އެ މެޗު އޮންނާނީ އަންނަ މަހު 17 ވަނަ ދުވަހުގެރޭގަ އެވެ.

މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ދިޔައީ ލީގު ބުރުގެ ތިން ވަނަ އެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ވަނީ ބަންގްލަދޭޝްގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ. އޭގެ ފަހުން ތިން ވަނަ މެޗުގައި ލަންކާ އަތުން 1-0 އިން މޮޅުވިއިރު، ފަހު މެޗުގައި ރޭ ވަނީ އިންޑިއާއާ ވާދަކޮށް 3-1 އިން ބަލިވެފަ އެވެ.

2012 ވަނަ އަހަރު ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ޓީމު އޭރުގެ ރައީސް ވަހީދުއާ އެކު ފޮޓޯ އަކަށް ހުއްޓިގެން.

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ކޯޗަކަށް ހަމަޖެއްސީ ކުރިން އެސިސްޓަންޓަކަށް ހުރި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ. ސާފް އަށް ފަހު ބިދޭސީ އާ ކޯޗެއް ގައުމީ ޓީމާ ހަވާލުވާނެ ކަމަށް މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެެވެ.

އެފްއޭއެމުން މިއަދު ބުނީ ލަންކާ މުބާރާތަށް ޓީމުގެ ކޯޗުގެ ކަންތައް ކުރިއަށް ދުވަސްތަކުގެ ތެރޭގައި ފައިނަލް ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ފަހަރު މުބާރާތް ކުރިއަށް ގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގަ އެވެ. ރާއްޖޭން މުބާރާތް ކާމިޔާބު ކުރިއިރު ކޯޗަކަށް ހުރީ ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. ފައިނަލުގައި ރާއްޖޭން ވަނީ 2-1 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.

އެ ފަހަރު ރާޖަަޕަކްސަ މުބާރާތުގައި ކުޅުނު ބައެއް ކުޅުންތެރިން މި ފަހަރު ސާފްގައި ވާދަކުރި ރާއްޖޭގެ ސްކޮޑުގައި ހިމެނެ އެވެ. އެއީ އަސަދުﷲ އަބްދުﷲ (އަސަކޮ)، މޫސާ ޔާމީން (ޔާމްބެ) އަދި އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox