ބިދޭސީން ގެންނަ އެޖެންސީތަކުގެ ޝަކުވާތަކަށް އޮތް ހައްލަކީ ގާނޫނެއް ވުޖޫދުކުރުން: ނަސީމް

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނަސީމް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ވާހަކަދައްކަވަނީ. ކޮމިޓީގައި މަޝްވަރާ ކުރީ ބޭރު މީހުން ވަޒީފާތަކަށް ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނުގައި ހެލްތު މިނިސްތްރީ އާ ގުޅުން ހުރި ކަންކަން.-- ފޮޓޯ: މަޖިލިސް

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނަސީމް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ވާހަކަދައްކަވަނީ. ކޮމިޓީގައި މަޝްވަރާ ކުރީ ބޭރު މީހުން ވަޒީފާތަކަށް ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނުގައި ހެލްތު މިނިސްތްރީ އާ ގުޅުން ހުރި ކަންކަން.-- ފޮޓޯ: މަޖިލިސް

ސަރުކާރުގެ ބައެއް ކަހަލަ ވަޒީފާތަކަށް އެޖެންސީތައް މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ހުރި މައްސަލަތަކާއި އެފަދަ ކަންކަމުގެ ތެރޭގައި ހިނގައިދާ ގަވާއިދާ ހިލާފު ކަންތައްތައް ހައްލުކުރުމަށްޓަކައި ވީހާވެސް އަހަކަށް ގާނޫނީ ގޮތުން ހައްލެއް ބޭނުންވެފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.

އެޖެންސީތަކުން ހުށަހެޅި އެ ޕެޓިޝަނުގައި ވަނީ ހެލްތު މިނިސްޓްރީން ރާއްޖޭން ބޭރުން މަސައްކަތްތެރިން ގެނައުމަށް އިއުލާންކުރުމަށްފަހު، އެޖެންސީތަކުން އެފަދަ މަސައްކަތްތެރިންގެ ޕްރޮފައިލްތައް ފޮނުވުމުން މިނިސްޓްރީން އެ އިއުލާން ކެންސަލް ކުރުމަށްފަހު، މިނިސްޓްރީން އަމިއްލައަށް ހަމަ އެ މަސައްކަތްތެރިން ގެންނަ ގެނައުމާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Advertisement

އަދި އެ ގެންނަ މަސައްކަތްތެރިންގެ އަތުން އެއްވެސް ފައިސާއެއް އަދި ފީއެއް ނެގެން ނޯންނަ ހިނދު، މިނިސްޓްރީން ވެސް އެފަދަ މަސައްކަތްތަކަށް ފީއެއް ނުވަތަ އުޖޫރައެއް ނުދޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން، ބައެއް މިނިސްޓްރީތަކުން ބޭރުގެ އެޖެންސީތަކަށް ޕަވާ އޮފް އެޓާނީ ދީގެން ރާއްޖޭގެ އެޖެންސީތައް ބާކީ ކުރުމަށްފަހު ވެސް މީހުން ގެންނަކަމަށް އެޖެންސީތަކުން ތުހުމަތު ކުރެ އެވެ.

އެ ބައްދަލުވުމުގައި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން މިނިސްޓަރު ވަނީ އެ މައްސަލަތައް ހައްލުކުރުމަށްޓަކައި އަދި ކަމާބެހޭ ފަރާތްތައް ޒިންމާދާރުކުރުވުމަށްޓަކައި ކޮންމެހެން ވެސް ގާނޫނެއް ވުޖޫދުވުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

"އެހެންނޫނިއްޔާ މިކަހަލަ ކަންތައްތައް ވާނެ، ހިނގާނެ، އެއީ އެކްސެޕްޓެބަލް ކަންތައްތަކެއް ނޫން، އެކަމަކު ހިނގާނެ. އެހެންވީމާ އަޅުގަނޑަށް ފެންނަނީ ވީހާވެސް އަވަހަކަށް މި ރިކްރޫޓްމެންޓާ ބެހޭ ގޮތުން ގާނޫނެއް އުފައްދާ މިކަންތައްތަކާ ބެހޭ ގޮތުން ޒިންމާދާރުކުރެވޭނެ ގޮތަށް މިކަންތައް ހަމަޖެހިގެން ދިޔުން،" ނަސީމް ވިދާޅުވި އެވެ.

އެ މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެޖެންސީތައް މެދުވެރިކޮށް އެކަން ކުރުމަކީ މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައި އޮންނަ ކަމެއް ކަމުގައިނުވާއިރު، އެ އެޖެންސީތައް މެދުވެރިކޮށް މިނިސްޓްރީއަށް ބޭނުންވާ މިންވަރަށް މީހުން ނުލިބޭ ކަމަށެވެ.

އެހެން ކަމުން އެޖެންސީތަކާ ނުލާ ވެސް އެ މަސައްކަތް ކުރެވެން ޖެހޭނޭކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހެލްތު މިނިސްޓްރީއަށް ބޭނުންވާ ޕްރޮފެޝަނަލުން ހޯދުމުގައި އެޖެންސީތަކަށް ބަރޯސާނުވެ އެކަން ކުރެވޭ ގޮތެއް ހޯދަން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއީ ވާ ގޮތަކީ އެޖެންސީތަކުން އަޅުގަނޑުމެން ބޭނުންވާ ވަރަށް އެކަންތައްތައް ނުކުރެވެނީ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި އެއީ ހެލްތު މިނިސްޓްރީން ކުރަން ކޮންމެހެން ލާޒިމުކަމެއްކަމުގައި ނުވިޔަސް، އެންމެ ފުރަތަމަ މީހުން ހޯދަން އިއުލާންކުރާއިރު އެޖެންސީތަކަށް ފުރުސަތު ދެ އެވެ.

އަދި އެޖެންސީތަކަށް ނުވުމުން ޑައިރެކްޓް ރިކްރޫޓްމެންޓް އަދި ދޭދޭ ގައުމުތަކާ ދެމެދުގައި ދެކެވިފައި އޮންނަ ވާހަކަތަކާ ގުޅުންތަކުގެ ތެރެއިން މީހުން ގެންނަ ކަމަށެވެ.

"އެކަމަކު މިކަންތައް ކޮންމެވެސް ކަހަލަ ހަމަޔަކަށް އެޅިގެން ދިޔުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެއީ އޭރުން ގާނޫނީ ގޮތުން އެމީހުންނަށް ލިބެން ޖެހޭ އެއްޗެއް ވެސް އޮންނާނެ. އަޅުގަނޑުމެން އެމީހުން މެދުވެރިވެގެން އެކަހަލަ ކަމެއް ކުރާކަމަށް ވިއްޔާ އެ އުޖޫރައެއްވެސް އަޅުގަނޑުމެންނަށް ދެވޭނެ ގާނޫނީ ހަމަތަކުގެ ތެރެއިން. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް މާލިއްޔަތު ގަވާއިދުން ވެސް ޖާގައެއް ނުދޭ މިކަހަލަ ކަމެއް ކުރާކަށް."

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ނުކުތާތައް ކޮމިޓީ މުގައްރިރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު ތަފްސީލުކޮށްދެވާފައިވުމާއެކު، އެ ނުކުތާތަކުގެ ތެރެއިން ހެލްތު މިނިސްޓްރީއާ ގުޅުން ހުރި ނުކުތާތަކަށް ޖަވާބު ދެއްވަމުން ތެރެއިން ހެލްތު މިނިސްޓްރީގެ އެޗްއާރު ޑިޕާޓްމަންޓު ހިންގުމާ ހަވާލުވެ ހުންނެވި ހުސެއިން މާނިއު ވެސް ކޮމިޓީގައި މިއަދު އެކަން ފާހަގަކުރެއްވި އެވެ.

އަދި ހެލްތު މިނިސްޓްރީން ވަކި އެޖެންސީއަކާ އެފަދަ މަސައްކަތްތަކެއް އެނޫން ގޮތަކަށް ހަވާލުކޮށްފައެއް ނުވާނެ ކަމަށާއި އެންމެ ފުރަތަމަ އެ މަސައްކަތް ހުޅުވާލާނީ ވެސް އެޖެންސީތަކަށް ކަމަށް މާނިއު ވިދާޅުވި އެވެ.

"ހެލްތުން އެއްވެސް އެޖެންސީއަކާ ބިދޭސީން ރެކްރޫޓްކުރުމަށް ހަވާލުކޮށްފައެއް ނުވާނެ. އެކި ބިދޭސީން ރެކްރޫޓުކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން މިހާރުވެސް ހަމަ 19 އެޖެންސިއެއް އަޅުގަނޑުމެންގެ މިނިސްޓްރީގަ ރެޖިސްޓްރީކޮށްގެން ހެލްތު ޕްރޮފެޝަނަލުން ގެނައުމުގެ މަސައްކަތްތައް ކުރިޔަށްގެންދަނީ،" އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތް ކުރިޔަށްދާ ގޮތް ތަފްސީލުކޮށްދެއްވަމުން މާނިއު ވިދާޅުވީ، އެ ފުރުސަތު ހުޅުވާލާފައި އޮންނާނީ އިކޮނޮމިކް މިނިސްޓްރީގަ ރެޖިސްޓްރީކޮށްފައިވާ އެޖެންސީތަކަށް ކަމަށާއި އަދި މަގާމެއް ހުސްވުމުން މިނިސްޓްރީން އެ މަގާމަކަށް ނުވަތަ މަގާމުތަކަކަށް އިއުލާންކުރާ ކަމަށެވެ.

އަދި އެހިސާބުން އެޖެންސީތަކުން އެ ހުށަހަޅާ ސީވީ ފަދަ ތަކެތި މެޑިކަލް ކައުންސިލް ނުވަތަ އެ މަސައްކަތާ ގުޅުން ހުރި ކައުންސިލަކަށް ހުށަހަޅައިގެން ކައުންސިލުން ހުއްދަ ލިބުމުން އިންޓަވިއު ޕްރޮސެސްއަށް ދާ ކަމަށް މާނިއު ވިދާޅުވި އެވެ.

އޭގެ ފަހުން ވަޒީފާއަށް ގެނެވެނީ އެ މަސައްކަތުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ފަރާތްކަމަށް މާނިއު ފާހަގަކުރެއްވި އެވެ. އަދި މިނިސްޓްރީން އެއްވެސް އިރެއްގައި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތަށް ބޭރުގެ އެޖެންސީއަކަށް ޕަވާ އޮފް އެޓާނީ ދީގެން މަސައްކަތްކުރުވާފައެއް ނޯންނާނެކަމަށް މާނިއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެޖެންސީތަކުން އެ ކުރާ މަސައްކަތަށްޓަކައި ފައިސާއެއް ނުވަތަ ފީއެއް ދެއްކުމަކީ އެއީ މިނިސްޓްރީއަށް މާލިއްޔަތު ގަވާއިދުގެ ދަށުން ކުރެވެން އޮންނަ ކަމެއް ނޫނެވެ. އަދި އެޖެންސީތަކުން ވެސް އެ މަސައްކަތް ކުރަނީ އަމިއްލަ މަސްލަހަތެއް އެ މަސައްކަތުގައި އޮތުމުންކަމަށް މާނިއު ވިދާޅުވި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުެއްގައި ހެލްތު މިނިސްޓަރު ނަސީމް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ވާހަކަދައްކަވަނީ. މިއަދު ކޮމިޓީގައި މަޝްވަރާ ކުރީ ބޭރު މީހުން ވަޒީފާތަކަށް ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނުގައި ހެލްތު މިނިސްތްރީ އާ ގުޅުން ހުރި ކަންކަން.-- ފޮޓޯ: މަޖިލިސް
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުެއްގައި ހެލްތު މިނިސްޓަރު ނަސީމް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ވާހަކަދައްކަވަނީ. މިއަދު ކޮމިޓީގައި މަޝްވަރާ ކުރީ ބޭރު މީހުން ވަޒީފާތަކަށް ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނުގައި ހެލްތު މިނިސްތްރީ އާ ގުޅުން ހުރި ކަންކަން.-- ފޮޓޯ: މަޖިލިސް

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން. މިއަދު ކޮމިޓީގައި މަޝްވަރާ ކުރީ ބޭރު މީހުން ވަޒީފާތަކަށް ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނުގައި ހެލްތު މިނިސްތްރީ އާ ގުޅުން ހުރި ކަންކަން.-- ފޮޓޯ: މަޖިލިސް

"އެޖެންސީތަކާ ގުޅޭ ގޮތުން އެއްވެސް ފައިސާއެއް ދެވޭކަމަށްވަންޏާމުން، އެ ދާން މިޖެހެނީ ބޮޑަށް ސަރުކާރުގެ ފައިސާ ހަރަދުކުރުމުގެ އުސޫލުތައް އޮންނަ ގޮތުން، އެޕްލައިވާން އެބަ ޖެހޭ، އެހެންވީމަ އެކަހަލަ އެއްވެސް އެގްރިމެންޓެއްގެ ދަށަކުން ނޫނޭ އަޅުގަނޑުމެން މި ގެންނަނީ ބިދޭސީން އެޖެންސީތައް ތުރޫކޮށް. އެމީހުން އެޖެންސީތަކުން އަމިއްލަ އިސްނެންގެވުމެއްގައި އެބޭފުޅުންގެ ވެސް މަސްލަހަތު ހުރި ކަންތައްތަކަކަށް ވާތީ އެބޭފުޅުން ރިކުއެސްޓްކުރީމަ އެބޭފުޅުން ތުރޫކޮށް ގެންނަނީ،" މާނިއު ވިދާޅުވި އެވެ.

ކޮމިޓީގައި އިންނަވާ މެމްބަރަކު ވަނީ ޕެޓިޝަނުގައި އެޖެންސީތަކަށް އެއްވެސް އުޖޫރައެއް ނުލިބޭ ގޮތަށް ރެކްރޫޓްމެންޓް މަސައްކަތްތައް އޮންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން، މިނިސްޓްރީގެ ފަރާތުން ބިޑުކޮށްގެން އެކަން ކުރިޔަށްގެންދާކަމަށް މައުލޫމާތު ދިން ނަމަވެސް، އެޖެންސީތަކަށް ލިބެނީ ކޮން އުޖޫރައެއްތޯ ސުވާލުކުރައްވާފަ އެވެ. އަދި އެޖެންސީތަކުން އެ ބުނާ ގޮތަށް އުޖޫރައެއް ނެތި އެ މަސައްކަތް ކުރުވާތޯ ވެސް އެ މެމްބަރު ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބުގައި މިނިސްޓަރު އަނެއްކާވެސް ވިދާޅުވީ އެޖެންސީތައް މެދުވެރިކޮށް އެ މަސައްކަތް ކުރުން މިނިސްޓްރީއަށް ލާޒިމު ނޫން ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނަށް ލާޒިމެއް ނުކުރެޔޭ އެބޭފުޅުން މެދުވެރިކޮށް ގެންނާކަށް ވެސް ނުގެންނާކަށް ވެސް. ދެން އަނެއްކަމަކީ ގާނޫނީ ގޮތުން އެ ނެގޭ އުޖޫރަތަކާއި އެއްޗިހިތައް އޮންނަނީ ބަޔާންކުރެވިފައެއް ނޫން. ވީމަ ތަންކޮޅެއް އުނދަގޫވޭ އެބަ އަޅުގަނޑުމެންނަށް މިކަންތައް ކުރަން،" ނަސީމް ވިދާޅުވި އެވެ.

އެޖެންސީތަކުން އެ މަސައްކަތް ކުރަނީ ވަޒީފާއަށް ގެންނަ މީހުން އަތުން އުޖޫރަ ނަގާގޮތަށްކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މައްސަލަ ފެންމަތިވާ ހިސާބަކީ މިންވަރަށް ވުރެ އިތުރަށް ނަގާ ހިސާބު ކަމަށެވެ. އަދި އެހެންވިޔަސް މިނިސްޓްރީން އެޖެންސީތަކަށް އުޖޫރައެއް ދިނުމެއް ނޯންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވައްކަން ނުކޮށް ކިހިނެތްތޯ އެކަން ކުރާނީ؟"

ކޮމިޓީގައި އިންނަވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އެ ބައްދަލުވުމުގައި ބައެއް ގައުމުތަކުން މަސައްކަތްތެރިން ގެނައުމުގައި އެ ގެންނަ ފަރާތުން ފައިސާ ނުވަތަ ފީތަކެއް އަދާކުރަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.

އަދި މިނިސްޓްރީގެ ފަރާތުން އެ ފީތައް ދައްކަން އެޖެންސީތަކަސް ފައިސާ ނުދޭއިރު، އެޖެންސީތަކަށް ގަވާއިދާ ހިލާފަށް އެ އަންނަ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގަން މަޖުބޫރުކޮށްފައިވާކަމަށް ޝިފާއު ވިދާޅުވި އެވެ.

"އެ މަސައްކަތު މީހާ މިގެންނަ ގައުމުތަކުގެ އުސޫލުތަކާ، އަޅުގަނޑުމެންގެ ރާއްޖޭގަ މިހުރި އުސޫލުތަކާ ދިމާނުވާއިރުގަ. މިނިސްޓްރީން އެ ބޭފުޅުން އެ ދޭންޖެހޭ އެ އެޖެންސީ ފީތަކާ ފޮރިން ރެކްރޫޓްމެންޓް ޗާޖާ އެރޭންޖްމެންޓްސްތަކަށް ލާރި ނުދީ އެޖެންސީގަ މީހަކު ގެންނާށޭ ބުނާކަމަށް ވަންޏާ ތިބޭފުޅުން ތި މަޖުބޫރުކުރައްވަނީ ނޫންތޯ އެ އުސޫލާ ހިލާފަށް އެއްކަލަ އެ މަސައްކަތަށް ގެންނަ މީހާގެ އަތުން އެ ފައިސާ ހޯދާށޭ ކިޔާފަ. ކިހިނެތްތޯ މިކަން ހަމަޖައްސާނީ،" ޝިފާއު ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ގާނޫނީ ގޮތުން އެ މައްސަލައަށް ހައްލެއް ބޭނުންވެފައިވާ ކަމަށާއި އަދި މިނިސްޓްރީއަށްވެސް އެއްްބަޔަކަށް ސިއްހީ ނިޒާމު ބަރޯސާ ނުކޮށް ޑައިރެކްޓްކޮށް ރެކްރޫޓްކުރަން ޖެހޭއިރު، އެފަދަ މައްސަލަތައް ހައްލުކުރަން ގާނޫނެއް މިނިސްޓްރީގެ ފަރާތުން ވެސް ޑްރާފްޓް ކުރެވިދާނެ ކަމަށެވެ.

އެހެންނަމަވެސް މެމްބަރު ޝިފާއު ވަނީ ރައްދުގައި ގާނޫނު ނެތުމުން ވައްކަމަށާއި ހިއުމަން ޓްރެފިކިންއަށް ޖާގަ ދެއްވަން ވީތޯ ސުވާލު އުފައްދަވާފަ އެވެ.

"ގާނޫނު ނެތޭ ކިޔާފަ އަޅުގަނޑުމެންނަށް ހިއުމަން ޓްރެފިކިންއަށް ޖާގަ ދެވިގެން ނުވާނެ ނޫންތޯ. އެ ގެންނަ ގައުމުތަކުގެ ގާނޫނުތަކުން ބުނާ ގޮތުގައި އެމީހުންގެ އަތުން ނުނެގޭ. ވަޒީފާއަށް ގެންނަ މީހާ އެ ދޭންޖެހޭ. މިނިސްޓްރީއަކުން އެޖެންސީއަކަށް އެފީއެއް ނުދޭ. ނުދޭކަމަށްވަންޏާ އެޖެންްސީއަކުން ކިހިނެތްތޯއޭ އެފީ ދައްކާނީ އެވަޒީފާއަށް ގެންނަ މީހާގެ އަތުން ގަވާއިދާ ހިލާފަށް އެ ނުހޯދާ. އެ ވައްކަން ނުކޮށް ކިހިނެތްތޯ މިކަން ކުރާނީ؟" ޝިފާއު ވިދާޅުވި އެވެ.

މެމްބަރު ޝިފާއުގެ މި ވާހަކަތަކަށް މިނިސްޓަރު ވިދާޅުވީ އެފަދަ ގޮތަކަށް މީހުން ގެނައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ގެންނަން ޖެހިފައިވީނަމަވެސް މާލިއްޔަތު ގަވާއިދުގެ ދަށުން މިނިސްޓްރީއަށް އެ ބާރެއް ނޯންނަ ކަމަށާއި އަދި އެކަމަށް ގާނޫނީ ހައްލެއް ގެންނަން ޖެހޭ ކަމަށް ތަކުރާރު ކުރައްވާފަ އެވެ. ކަމަށެވެ.

"އެއީ އެކަމަކަށް [އެޖެންސީތަކަށް އުޖޫރައެއް ދިނުމަށް] ނޯވޭ މާލިއްޔަތު ގަވާއިދުން ހުއްދަ ދީފައެއް. އެހެންވީމަ އެކަމެއް ނުކުރެވޭނެ އަޅުގަނޑުމެންނަކަށް،" ނަސީމް އަނެއްކާވެސް ވިދާޅުވި އެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައި ނުވި ނަމަވެސް މައުލޫމާތު އޮޅުންފިލުވުމުން ވަޒީފާއަށް މީހުން ހޯދުމަށް މިނިސްޓްރީން އިއުލާންކުރުމަށްފަހު އެޖެންސީތަކުން އެ އޮންނަ މަރުހަލާތައް ފުރިހަމަކޮށް ތަފްސީލުތައް މިނިސްޓްރީއަށް ފޮނުވުމުން، އެ އިއުލާން ބާތިލުކުރާކަމުގެ ޝަކުވާ އެޖެންސީތަކުން ހިއްސާ ކުރިކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވިދާޅުވި އެވެ.

އަދި އެގޮތަށް ހެދުމަށްފަހު މިނިސްޓްރީގެ ފަރާތުން އަމިއްލައަށް އެޖެންސީތަކުން މައުލޫމާތު ދިން ފަރާތްތައް ގެންނަކަމުގެ ޝަކުވާ ވެސް ލިބުނު ކަމަށް މުޣުނީ ވިދާޅުވި އެވެ.

އެކަންކަން އޮޅުން ފިލުވުމަށް އެދުމުން މިނިސްޓަރު ވިދާޅުވީ، ހެލްތު މިނިސްޓްރީއާ ފުރަތަމަ ހަވާލުވުމާއެކު އެފަދަ ބައިވަރު މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ.

އެހެންކަމުން އޮޑިޓެއް ހެދުމަށްފަހު އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެގޮތަށް އަމަލުކުރައްވާނީ ވެސް އެގޮތަށް އަމަލުކުރާ މިނިސްޓްރީގެ މުވައްޒަފަކަށް ލިބޭތީކަން ފާހަގަކުރެއްވި އެވެ.

އެ މައްސަލަތަކާ ގުޅިގެން މާނިއު ވިދާޅުވީ ޑައިރެކްޓް ރެކްރޫޓްމެންޓްގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މިނިސްޓްރީގެ ފޮރިން ރެކްރޫޓްމެންޓް ޑިޕާޓްމެންޓްގަ ނުހިމެނޭ މިނިސްޓަރު ވަކިން ނަންގަވާފައިވާ ތިން މެމްބަރެއްގެ ކޮމިޓީއެއްގެ ތެރެއިން އެކަންކަން ކުރަން މިހާރު ރޭވިފައިވާ ކަމަށެވެ.

އަދި އެ ރެކްރޫޓްމެންޓާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބުނީމަ އެ ކޮމިޓީން އެކަންކަން ކުރިޔަށް ގެންދަން ރޭވިފައިވާކަމަށް މާނިއު ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވިދާޅުވީ ރެކްރޫޓްމެންޓާ ގުޅޭ ކަންކަން އާންމު ކުރުމުން މިނިސްޓްރީގެ އިތުރުން އާންމު ރައްޔިތުންނަށާއި އަދި އެޖެންސީތަކަށް ވެސް މާބޮޑަށް ފަސޭހަވެގެންދާނެކަމަށް ވިދާޅުވެފަ އެވެ.

އަދި އޭރުން އަމާޒުވާ "ބަދުނާމު" ތަކުން ސަލާމަތްވެ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން ކުރިކަން ސާފުވެގެންދާނޭކަމަށް މެމްބަރު ހަސަން ވިދާޅުވި އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެއީ ރަނގަޅު ހިޔާލެއް ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިވިލް ސާވިސް އިން މިހާރު ވެސް މިނިސްޓްރީގައި ހުރި ކަންކަމުގެ ތަހުގީގެއް ދަނީ ކުރަމުންނެވެ.

އަދި އޮޑިޓުގެ ވެސް ފުރިހަމަ ރިޕޯޓެއް އަދި ނިމިފައި ނުވާތީ، އެކަންކަން ނިމުމުން ފުރިހަމަ މަންޒަރެއް ފެނި، ހައްލުތަކެއް ވެސް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮމިޓީގެ ވަގުތު ހަމަވެގެން ނިންމާލުމުގެ ކުރިން ނަސީމް ވިދާޅުވީ ހެލްތު މިނިސްޓްރީގައި މައްސަލަ ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދި އެކަންކަން ހައްލު ކުރަން މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށް މަޖިލީހުގެ އެހީތެރިކަން ވެސް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ މަސައްކަތްތަކެއް ކުރަން މިކަންތައްތައް ރަނގަޅުކުރެވޭތޯ. އަޅުގަނޑުމެންގެ އެދުމަކީ ތިބޭފުޅުން މިކަމަށް ގާނޫނީ ހައްލެއް ހޯއްދަވައިދެއްވުން. އެއީ އަޅުގަނޑުގެ އެދުމަކީ،" ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox