ސަޕޯޓަރުން ގައުމީ ޓީމަށް ޓަކައި ކުރާ ދުއާގެ ނަތީޖާ ފެންނާނެ: އަކޫ

Oct 13, 2021, 3:15 AM
ގައުމީ ޓީމުގެ ކެޕްޓަން އަކޫ: ސަޕޯޓަރުންގެ ދުއާގެ ނަތީޖާ ކުޅުންތެރިން ނެރެދޭނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގައުމީ ޓީމުގެ ކެޕްޓަން އަކޫ: ސަޕޯޓަރުންގެ ދުއާގެ ނަތީޖާ ކުޅުންތެރިން ނެރެދޭނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަށް ނުކުންނައިރު، ދިވެހި ސަޕޯޓަރުން ހެޔޮހިތުން ކުރާ ދުއާގެ ނަތީޖާ ދަނޑުމަތީގައި ފެންނާނެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދަން މިރޭ އިންޑިއާ ކައިރިން ޕޮއިންޓަކުން ވެސް ރާއްޖެ އަށް ފަރުޖައްސައިލެވޭނެ އެވެ. އެކަމަކު، ފައިނަލަށް ދާނަމަ އިންޑިއާ އަށް މިއީ މޮޅުވުން މަޖުބޫރު މެޗެކެވެ.

ރާއްޖޭން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުުގައި އިންޑިއާ ބަލިކޮށްފަ އެވެ. އެކަމަކު، އެ ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި އެވެ.

މިރޭގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުނީ ކޮންމެ ފަހަަރަކު ވެސް ކާމިޔާބު ލިބެނީ އިންޑިއާ ބަލިކޮށްގެން ކަމަށެވެ. އަދި އިންޑިއާ އަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމުކަން ދަނެގެން އެ އިހުތިރާމާ އެކު ނުކުތަސް ސަޕޯޓަރުންގެ އެހީތެރިކަމާ އެކު ނަތީޖާ ނެރެވޭނެ ކަމަށް އަކޫ ވަނީ ބުނެފަ އެވެ.

"ބޮޑު ސްކްރީން ދޮށުގައި ވިޔަސް ގޭގައި ވިޔަސް ރަށުގައި ވިޔަސް ކޮންމެ ތާކު ތިބެ ވެސް އަޅުގަނޑުމެންނަށް ސަޕޯޓް ކޮށްދެއްވާށޭ. ހެޔޮ ދުއާ ކޮށްދެއްވާ ދުއާގެ ނަތީޖާ އިންޝާﷲ މާދަމާރޭ (މިރޭ) އާއި ކުރިއަށް އޮތް ފައިނަލް މެޗުގައި ފެނިގެންދާނެއޭ. ދިވެހި ގައުމުގެ ހައްގުގައި މޭފުޅާ ކޮށްލާފައި ކެރިގެން މި ނުކުންނަނީ މިކަން ކުރަން،" އަކޫ ބުންޏެވެ.

"ހުރިހާ ބޭފުޅުންގެ ވެސް ހެޔޮހިތުން އަޅުގަނޑުމެންނަށް ކާމިޔާބީ އަށް އެދޭކަން އަޅުގަނޑުމެން ގަބޫލުކުރަން. އެ ގޮތުގައި ތިބިއްޔާ އިންޝާﷲ މި ތަށި ނުނެގޭނެ އެއްވެސް ގޮތެއް ނެތް."

މި ފަހަރުގެ މުބާރާތުގެ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވި ނަމަވެސް ރާއްޖޭން އެނބުރި އައީ ވަރުގަަދަ ކޮށެވެ. އެ ގޮތުން ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވިއިރު، ތިން ވަނަ މެޗުން ވަނީ 1-0 އިން ލަންކާ ބަލިކޮށްފަ އެވެ.

ހަތް ފަހަރު ސާފްގެ ޗެމްޕިއަންކަން ހޯދާފައިވާ އިންޑިއާއާ މިރޭ ބައްދަލުކުރާއިރު، މިއީ އެ ޓީމުގެ އިތުރުން ރާއްޖެ އަށް ވެސް ކޮންމެ ވެސް ވަރެއްގެ ޕްރެޝަރެއް އޮތް މެޗެކެވެ.

"ޕްރެޝަރު ވެސް މެޗެއް. ޕްރެޝަރު ނެތިއްޔާ ބޯޅައެއް ފޯރިއެއް ގަދައެއް ނުވާނެ. އެ ހުރިހާ ޕްރެޝަރެއް ޕޮޒިޓިވްކޮށް ނަގައިގެން މި ނުކުންނަނީ ޓީމާ ދޭތެރޭ އެ އިތުބާރު އޮތީމަ. އިންޝާﷲ މާދަމާރޭ (މިރޭ) ރަނގަޅު ކާމިޔާބީއަކާ އެކު ދިވެހި ސަޕޯޓަރުންނަށް މި އުފާވެރިކަން ގެެނެސްދިނުމަށް މި ނުކުންނަނީ،" އަކޫ ބުންޏެވެ.

މާލޭގައި ރާއްޖެ އާއި އިންޑިއާ މިހާތަނަށް ތިން ފަހަރު ބައްދަލުކޮށްފައިވާއިރު، ރާއްޖެ މޮޅުވީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގަ އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އިންޑިއާ އަތުން ބަލިވެފަ އެވެ. ދެހާސް އެގާރަ ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

ސާފްގައި އިންޑިއާ އަތުން އެންމެ ގިނައިން މޮޅުވުމުގެ ރެކޯޑް އޮތީ ވެސް ރާއްޖެ އަތުގަ އެވެ. މިރޭ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox