ކޮންކަޝަން: ބޮލަށް ލިބޭ އަނިޔާއަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭތި!

އަނިޔާވީ ގޮތް ހަނދާ ނެތުން ނެތުން ނުވަތަ އެނޫން ވެސް އަލާމާތެއް ފާހަގަ ވެއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމު

އަނިޔާވީ ގޮތް ހަނދާ ނެތުން ނެތުން ނުވަތަ އެނޫން ވެސް އަލާމާތެއް ފާހަގަ ވެއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމު

ދިމާވާ އެކްސިޑެންޓެއްގައި ނުވަތަ ކުޅިވަރު ކުޅުމުގެ ތެރޭގައި ބޮލަށް އަނިޔާވުމަކީ ދިމާ ވެދާނެ ކަމެކެވެ. ތަނެއްގައި ބޮލުން ޖެހި ބޮލަށް ތަދުވުމަކީ ގިނަ ފަހަރަށް ސީރިއަސް ކަމަކަށް ނުވިނަމަވެސް ބޮލަށް އަނިޔާ ލިބުމުން ބައެއް ފަހަރަށް ދިމާވާ ހާލަތަކީ ކޮންކަޝަން އެވެ. ކޮންކަޝަން ހިމެނެނީ ޓުރަމެޓިކް ބުރެއިން އިންޖަރީ (ޓީ.ބ.ީއައި)ގެ ތެރޭގައި އެވެ. ބޮލަށް އަނިޔާއެއް ވެގެން ކޮންކަޝަން ކުރިމަތި ވެއްޖެ ނަމަ އެއިން ދޭހަވަނީ އަނިޔާގެ އަސަރު ސިކުނޑިއަށް ކޮށްފިކަމެވެ. ކޮންކަޝަން އެއް ކުރިމަތި ވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމަކީ ކުރަން ޖެހޭ ކަމެކެވެ. އެ ހާލަތު ކުރިމަތިވެފައި ވާކަމަށް ޑޮކްޓަރަށް ފާހަގަ ވެއްޖެ ނަމަ ސިކުނޑިއަށް ސީރިއަސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓެސްޓްކުރެވޭނެ އެވެ.

ކޮންކަޝަންގެ އަލާމަތްތައް ފެންނަ ގޮތަކުން ކަންކުރަންވީ ގޮތް އެނގުމަކީ މުހިންމު ކަމެކެވެ. އާންމުކޮށް ފެންނަ ކޮންކަޝަންގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުން، ބޯ އެނބުރުން، ގަބުވެފައި ހުރުން، ކަންކަން އޮޅުންބޮޅުން ވުން، ފެނުމަށް އަސަރު ކުރުން ފަދަ ކަންކަން ހިމެނެ އެވެ. މިސާލަކަށް ތަރިތަކެއް ފަދަ އެއްޗެހިތަކެއް ފެނުން އަދި ފަސޭހައިން ކަންކަމާ އުނދަގޫވެ މޫޑު ގޯސްވާން މެދުވެރިވުން ހިމެނެ އެވެ. ކޮންކަޝަން އަަށް ފަރުވާ ހޯދާ ގިނަ މީހުން އާންމުގޮތެއްގައި ކުޑަ ދުވަސްކޮޅެއް ނުވަތަ ހަފްތާތަކެއް ތެރޭ އާންމު ހާލަތައް އައިސް އެއްކޮށް ރަނގަޅު ވެއެވެ. ކޮންކަޝަންގެ އަލާމާތްތައް ވަގުތުން ނުފެނިދާނެއެވެ. ބޮލަށް ބޮޑަށް ތަދުވެއްޖެ ނަމަ އަލާމާތް ތަކަށް ސަމާލުވާން ޖެހެއެވެ.

ކުޑަކުއްޖެއްގެ ބޮލަށް ލިބޭ އަނިޔާއާއެކު ކޮންކަޝަން ކުރިމަތި ވީނަމަވެސް އެކަން ބުނެދޭން ނޭނގިދާނެ އެވެ. އެހެންކަމުން ކުޑަކުއްޖެއްގެ ބޮލަށް ހާނިކަ ވެއްޖެނަމަ ކޮންކަޝަންގެ އަލާމާތެއް ހުރިތޯ ސަމާލުވާން ޖެހެ އެވެ. ކުޑަކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި މާގިނައިން ރުއިމާއި ނިދުމާއި ކެއުމުގެ އާދަތަކަށް ބަދަަލުއައުން ހިމެނެ އެވެ. މީގެ އިތުރުން އެންމެ ކަމުދާ ކުޅޭ އެއްޗެއްސާއި މީހުންނާއި ދުރުވެ ނެގިމަޑުވެފައި ހުރެދާނެ އެވެ. ކުޑަކުދިންނަށް ހާނިކަ ނުވާނެ ގޮތަކަށް ކުދިން ބެލުމަށާއި ގެންގުޅުމަށް ހާއްސަ ސަމާލު ކަމެއް ދިނުން ވަރަށް މުހިންމެވެ.

Advertisement

ބޮލަށް އަނިޔާ ވުމަށް ފަހު ކުޑަކޮށް ބޮލުގައި ރިއްސުމާއި ކުޑަކޮށް ބޯއެނބުރުމާއި ކުޑަކޮށް ގަބުވެފައި ހުރުން ފަދަ ކަންކަން އިތުރަށް ގޯސްނުވާނަމަ ގޭގައި ފަރުވާ ކޮއްލައިގެން ރަނގަޅުވޭތޯ ބެލިދާނެ އެވެ. މި އަލާމާތްތައް ގިނަ އިރުތަކެއް ނުވެ ފިލައި ގޮސްފި ނަމަ ޑޮކްޓަރަށް ކޮންމެހެން ނުދެއްކި ނަމަވެސް ފުދޭނެ އެވެ. އެއީ ފަހަރެއްގައި ބޮލަށް އަނިޔާވިޔަސް ކޮންކަޝަން ކުރިމަތި ނުވަނީ ކަމައް ވެދާނެ އެވެ. ނަމަވެސް އިތުރު އަލާމާތްތައް ފެންނަން ފަށައިފިނަމަ ނުވަތަ ރަނގަޅު ނުވެ ގިނަދުވަސްވާ ނަމަ ޑޮކްޓަރަކަށް ދައްކާށެވެ. ރަނގަޅުވުން ލަސްނަމަ ޑޮކްޓަރަށް ދެއްކުން ދެހަފްތާއަށް ވުރެ ލަސް ނުކުރާށެވެ. ކޮންކަޝަން އެއް ނެތި ބޮލަށް ކުޑަކޮށް އަނިޔާވެއްޖެ ނަމަ ގޭގައި ފަރުވާ ކުރަން ތަދުވިތާ އައިސް ޕެކް އަޅާ ރަނގަޅަށް ރެސްޓް ނަގާށެވެ. ސްޓްރެސްވާ ކަހަލަ ކަންކަމުން ދުރުވެލާށެވެ.

ބޮލަށް އަނިޔާވުމާއެކު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހޭނެތުން، އަނިޔާއަށް ފަހު ހޮޑުލެވުން، ބޮލުގައި ރިހުން މަޑު ނުވުން، ހަނދާނަށް އަސަރު ކުރުން؛ މިސާލަކަށް އަނިޔާވީ ގޮތް ހަނދާ ނެތުން، ފަސޭހައިން ކަންކަމާ އުނދަގޫވެ ރުޅިއައުން ފަދަ އެއްވެސް އަލާމާތެއް ފާހަގަ ވެއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރަށް ދައްކާށެވެ.

ބޮަލަށް އަނިޔާވުމާ އެކު އެމަރޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހޭ ފަދަ އަލާމާތް ތަކަކީ ބޮލަށް ލިބުނު އަނިޔާއަށް ފަހު ހޭނެތިފައި އޮތުން، ހެޔަށް ގޮތްވެ ލޯ ހުޅުވައިގެން ހުންނަން ދަތިވުން، ފިޓު ޖެހުން، ނޭފަތުންނާއި ކަންފަތުން އެއްޗެހި އައުން، ގައިން ތަނެއްގެ ވާގި ނެތުން ނުވަތަ ހަރަކާތް ރަނގަޅަށް ނުކުރެވޭކަމުގެ އިހުސާސްވުން، ހިނގުމަށާއި ކޮޅަށް ހުރުމަށް އުނދަގޫވުން ނުވަތަ ބެލެންސް ގެއްލުން، ވާނުވާ އެނގުން ދަތިވުމާއި ވާހަކަ ދައްކަން އުނދަގޫވުން އަދި ލިޔުމަށް އަސަރުކުރުން އަދި ފެނުމަށް އަސަރުކުރުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަނިޔާވި މީހާ އެމަރޖެންސީގައި ހޮސްޕިޓަލަށް ގެންދިއުން ވަރަށް މުހިންމެވެ. އެމްބިއުލާންސް ހިދުމަތް ލިބޭނަމަ އެންމެ ރަނގަޅީ އެމްބިއުލާންސްގައި ގެންދިއުމެވެ. މިފަދަ ސީރިއަސް އަލާމާތްތަކެއް ފެންނަ މީހަކު ސައިކަލު ފަހަތުގައި ގެންދިއުން ރަނގަޅެއް ނޫނެވެ. އެންބިއުލާންސް ހިދުމަތް ނުލިބޭ ނަމަ ރައްކާތެރިކޮށް އެންމެ އަވަހަށް ހޮސްޕިޓަލަށް ގެންދެވޭނެ ގޮތެއް ހިޔާރު ކުރާށެވެ. މީގެ އިތުރުން ބޮލަށް އަނިޔާވީ ސީރިއަސް އެކްސިޑެންޓެއްގައި ނަމަ އެމަރޖެންސީގައި ވީ އެންމެ އަވަހަކަށް އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދަން ޖެހެއެވެ.

ކޮންކަޝަން ރަނގަޅުވާން ހަށިގަނޑަށް އަރާމު ލިބުން ވަރަށް މުހިންމެވެ. ވަރުބަލިވެ ނިދި އަންނަ ވަގުތު ނިދާށެވެ. އެ ހާލަތު މެދުވެރިވީ ކުޑަ ކުއްޖަކަށް ނަމަ އަރާމު ކުރަން ފުރުސަތުދީ އަަރާމުކުރުމަށް ބާރު އަޅާށެވެ. އަދި އެއްކޮށް ރަނގަޅު ނުވަނީސް ދުއްވާ އެއްޗެހި ދުއްވުމާއި ކުޅިވަރު ކުޅުން ރައްކާތެރިއެއް ނޫނެވެ. ކުޑަކުއްޖަކަށް ކޮންކަޝަން ކުރިމަތި ވެއްޖެނަމަ އެއްކޮށް ރަނގަޅު ވަންދެން ސްކޫލަށް ފޮނުވުން ފަސްކޮށްލާށެވެ. ބާރަށް ހެލިފެލިވެ އުޅެންޖެހޭ ފަދަ ކުޅިވަރު ކުޅުން ތިން ހަފްތާ ވަންދެން ހުއްޓުވާށެވެ. ބޮޑުމީހެއް ވިޔަސް ވަޒީފާއަށް ދިއުމާއި ކުޅިވަރު ފަދަ ކަންކަން ކޮންކަޝަން ރަނގަޅު ވަންދެން ފަސްކޮށްލުމަކީ ކުރަން ޖެހޭ ކަމެކެވެ. އެއީ ކޮންކަޝަން ރަނގަޅުވާން ލިބޭ ބާރެކެވެ. ދުއްވާ އެއްޗެހި ދުއްވުމާއި ވަޒީފާއަށް ނިކުތުމާއި ސްކޫލަށް ދެވޭވަރަށް ކޮންކަޝަން ރަނގަޅު ވެއްޖެ ކަމާމެދު ޝައްކުވާނަމަ ޑޮކްޓަރުގެ ލަފާ ހޯދާށެވެ.

ބޮލަށް އަނިޔާވީ މަސްތުގެ ހާލަތުގައި ހުއްޓާ ނަމަ ޑޮކްޓަރަށް ދައްކަން ޖެހެ އެވެ. ކޮންކަޝަން ރަނގަޅު ނުވަނީސް މަސްތުވާ އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ ސިއްހަތު ރަނގަޅަށް ހުއްޓާ އެފަދަ ތަކެތި ބޭނުންކުރުމަށްވުރެ ނުރައްކާ ބޮޑު ކަމެކެވެ. މަސްތުވާ ތަކެތި ބޭނުން ކުރުމަކީ އޭގެން ގެއްލުން ލިބޭ ކަމަށްޓަކައި ދީނުގައި ހަރާމްކޮށްފައިވާ ކަމެކެވެ. އެފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓާލުމަކީ ކޮންމެ މީހަކަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ.

ސިކުނޑިއަކީ ހަށިގަނޑުގައިވާ އެންމެ މުހިންމު އެންމެ ނާޒުކު އެއް ގުނަވަނެވެ. ބޮލަށް ފަސޭހައިން އަނިޔާއެއް ލިބިދާނެ ފަދަ ކަންކަން، މިސާލަކަށް ބައެއް ކުޅިވަރު ކުޅޭ އިރު ތިމާގެ އަމިއްލަ ރައްކާތެރިކަމާއި އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން ކުޅުން ބުއްދިވެރި އެވެ. ސިކުނޑީގެ ސިއްހަތު ސަލާމަތުން ހުރުން އެއްވެސް ކުޅިވަރަކުން މޮޅުވުމަށް ވުރެ މުހިންމު ވާނެ އެވެ.

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox