މިހާރު އޮތް ލަންކާ ކުރިއަށް ވުރެ ވަރުގަދަ: އަކޫ

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކެޕްޓަން އަކޫ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކެޕްޓަން އަކޫ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާއާ ދެކޮޅަށް ނުކުންނައިރު މިހާރު އޮތް ޓީމަކީ ލަންކާ އިން ކުރިން ނުފެންނަ ވަރުގެ ރަނގަޅު ސްކޮޑެއް ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެވެ.

ރާއްޖޭން 2018 ވަަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވަނީ 0-0 އިން ލަންކާއާ އެއްވަރުވެފަ އެވެ. އެ ޓީމާ މިހާރު އޮތް ލަންކާގެ އެންމެ ބޮޑު ތަފާތަކީ އެހެން ގައުމުތަކުގައި ކުޅޭ ކުޅުންތެރިން ލަންކާ ޓީމުގައި ހިމަނާފައިވުމެވެ.

އެ ގޮތުން އިންގްލެންޑްގެ ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް)ގެ ޒުވާން ޓީމަށް ކުޅޭ 19 އަހަރުގެ ޑިލޯން ޑަ ސިލްވާ އާއި އިންގްލެންޑްގެ ދަށް ޑިވިޝަންގެ ޓީމަކަށް ކުޅޭ މާވިން ހަމިލްޓަން އަދި ކުރިން ޖަރުމަނުގައި ކުުޅުނު ވަސީމް ރަޒީގް ލަންކާ ޓީމަށް އަންނަނީ ކުޅެމުންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިދިޔަ މުބާރާތުގެ ލަންކާ އަށް ވުރެ މި ފަހަރު އައިސްގެން މި އުޅޭ ލަންކާ ޓީމު އެގްރެސިވްކޮށް (ވަރުގަދަކޮށް) މި ކުޅެނީ. ކޯޗު (ސުޒޭން) ފާހަަގަކޮށްލިހެން ވޯކްރޭޓް ހައި. މީގެ ކުރިން ވެސް އަޅުގަނޑު ނުދެކެން މިހާ ވޯކްރޭޓް ހައި ލަންކާ ޓީމެއް،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކޫ ބުންޏެވެ.

ލަންކާ ޓީމުގައި މި ވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން ރާއްޖޭގެ ތަޖުރިބާހުރި ދެ ކުޅުންތެރިން އެބަތިބި އެވެ. އެއީ ޓީސީ ސްޕޯޓްސް ކްލަބަށް މިދިޔަ ސީޒަނުގައި ކުޅުނު ޑިފެންޑަރު ޑަކްސަން ޕުސްލަސް އަދި އީގަލްސް އަށް ފަސް އަހަރު ކުޅެދިން ގޯލްކީޕަރު އަދި ލަންކާގެ ކެޕްޓަން ސުޖަން ޕެރޭ އެވެ. ރާއްޖެއާ އެންމެ ފަހުން ކުޅުނު މެޗުގައި ލަންކާ އިން އެއްވަރުކުރިއިރު، ސުޖަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

"އެ މީހުން (ލަންކާ) އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ފަރިތަވާނެ ކަންނޭނގެ ރާއްޖެ އަށް ވެސް. ސުޖަން ހުރުމާ އެކީގައި. އަބަދު ވެސް ވަރަށް މޮޅަށް ކުޅޭ ކުޅުންތެރިއެއް. މުބާރާތުގައި ވެސް އެކަން ފެނިގެންދޭ ހަމަ،" ސުޖަންއާ ބެހޭގޮތުން އަކޫ ބުންޏެވެ.

ފަަސް ގައުމުގެ މެދުގައި ކުޅޭ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މި ވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނައިގަ އެެވެ. އެކަމަކު މިއަދު ހަވީރު ލަންކާ އަތުން މޮޅުވެގެން އެއް ވަނަ އަށް އެރޭނެ އެވެ. އޭރުން މިރޭ ނޭޕާލާއި އިންޑިއާ ކުޅޭ މެޗު ދެ ޓީމަށް ވެސް ނަތީޖާއެއް ނެރުން މުހިއްމުވާނެ އެވެ. ލަންކާ އޮތީ ފުރަތަމަ ތިން މެޗުން ހޯދި ޕޮއިންޓާ އެކު މުބާރާތުން ކަޓައިފަ އެެވެ.

އަކޫ ބުނީ މިއަދުގެ މެޗުން މޮޅުވުމަށް ކުރަން ޖެހޭ މަސައްކަަތަށް ހުރިހާ ކުޅުންތެރިން ތައްޔާރު ކަމަށެވެ.

"އަޅުގަނޑުމެން މުޅި ޓީމު މި އޮތީ އެ ކަމަށް ތައްޔާރުވެގެން. ނަގަން ޖެހޭ ހުރިހާ ތައްޔާރީއެއް ނަގައިގެން. އިންޝާﷲ މާދަމާގެ (މިއަދުގެ) މެޗު ވެސް ކާމިޔާބު ކޮށްގެން މިކަން ނިންމާނީ،" އަކޫ ބުންޏެވެ.

ލަންކާ އިން އެންމެ ފަހުން ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox