"ސްކުއިޑް ގޭމް" ރީތި ވި މީހުން ބަލާނެ ލިސްޓެއް

"ސްކުއިޑް ގޭމް" ރީތި ވި މީހުން ބަލާނެ ލިސްޓެއް

މިދުވަސްކޮޅުގެ އިންޓަނެޓް "ހައިޕް" އަކީ ނެޓްފްލިކްސް ގެ "ސްކުއިޑް ގޭމް" އެވެ. މީހުންނަށް ދަރާފައި ވާ ދަރަންޏާއި، ދިރިއުޅުމުގެ އެކި ހާލަތުތަކުން އަރައިނުގަނެވިގެން އުޅޭ 456 މީހުން، މާ ސިންގާ ފައިސާގެ އިނާމަކަށް، ކުޑަކުދިން ކުޅޭ ގޭމް ތަކެއް ކުޅެން ބައިވެރިވެ، މޮޅުވާން މަސައްކަތްކުރާ މި ސީރީޒްގައި ގޭމް ކުޅެގެން ބަލިވާ ކޮންމެ މީހަކު ވަގުތުން މަރާލަ އެވެ. އެތަނުން މަރުނުވެ، ސަލާމަތުން ނިކުމެވެން ވެސް، އެ ފައިސާތައް ލިބެން ވެސް އަންނަނީ އެންމެ ފަހު ގޭމް ނިމޭއިރު ސަލާމަތުން ހުންނަ މީހާ އަށެވެ.

މި ޝޯގެ ވާހަކަ އަކީ މިފަދަ ފުރަތަމަ ވާހަކައެއް ނޫނެވެ. އެކަމަކު ވާހަކަ ސްކްރީނަށް ގެނެސްދީފައިވާ ގޮތާއި ރޯލުތައް ކެރެކްޓާސް އިން ކުޅެ ހުށަހަޅައިދީފައިވާ ގޮތަށް ކްރިޓިކުން ވެސް ވަނީ އެތައް ތައުރީފެއް ކޮށްފަ އެވެ.

އެހެންވީމަ، ސްކުއިޑް ގޭމް އެއްދުވަހުން ބަލައި ނިންމާފައި މި ފޯރިއެއް އަދިވެސް ނުފިލާނަމަ، މި ހިމަނާލަނީ، ސްކުއިޑް ގޭމްގެ ޖޯޝާއި ފޯރި އެ ގޮތުގައި ބަހައްޓައިގެން ބަލާލަން ރަހަ ހެޔޮވަރު ލިސްޓެކެވެ.

Advertisement

އެލިސް އިން ބޯޑާލޭންޑް

މި ލިސްޓެއްގެ އެންމެ ކުރިއަށް އެލިސް އިން ބޯޑާލޭންޑް ހިމަނާލަންޖެހޭ ބައިވަރު ސަބަބު އެބަހުއްޓެވެ. ޖަޕާނީޒް މަންގާ އާޓިސްޓު، ހަރޯ އަސޯގެ މަންގާ އަކަށް ބިނާކޮށް ހަދާފައިވާ މި ޝޯ ރިލީޒްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޓޯކިޔޯގެ ޕެރެލެލް-ޔުނިވާސް އެއްގެ ގޮތުގައި ދައްކާ ހުސް ސިޓީއެއްގައި ސެޓްކޮށް، އުފައްދާފައިވާ މި ޝޯ ގައި ދައްކަނީ މަރުން ސަލާމަތްވެ، އެ ދުނިޔެއިން ނިކުމެ އަސްލު ދިރިއުޅުމަށް ސަލާމަތުން ދިއުމަށް، އެތައް ބައިވަރު ގޭމް ތަކަކުން މޮޅުވާން، ވީޑިއޯ ގޭމް ކުޅުމަށް ގޮސް ހުސްވެފައިވާ ކުދިންތަކެއް ކުރާ މަސައްކަތެވެ.

އެލިސް އިން ބޯޑާ ލޭންޑް ގައި ވެސް ހިމަނާފައިވަނީ "ސްކުއިޑް ގޭމް" އެކޭ އެއްގޮތަށް އާންމުކޮށް ކުޅޭ ވަރަށް ސިމްޕަލް ގޭމްތަކެކެވެ. އެކަމަކު ޝޯ ގައި މި ގޭމް ތައް އެހާ ސިމްޕަލް އެއް ނޫނެވެ. މޮޅު ނުވާ މީހުން މަރާލަ އެވެ. އިތުރު ރައުންޑަކަށް ދެވޭނީ ގޭމުން މޮޅުވާ ބައެކެވެ.

މިއީ "ސްކުއިޑް ގޭމްސް" ޝައުގުވެރިކަމާ އެކު ނިންމާލި އެންމެންނަށް، ހަމަ އެވަރުގެ ޝައުގުވެރިކަމަކާ އެކު އިންތަނުން ތެދު ނުވެ ބަލަން އިނދެވޭ ވަރުގެ މޮޅު ސީރީޒެއް ކަމަށް ފިލްމު ކްރިޓިކުން ބުނެ އެވެ. "ސްކުއިޑް ގޭމް" އަށް ފަހު މި ސީރީޒް ބަލާ މީހުންގެ އަދަދު ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ.

މީގެ ދެވަނަ ސީޒަނެއް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށް ނެޓްފްލިކްސް އިން ވަނީ އިއުލާންކޮށްފަ އެވެ.

ސުވީޓް ހޯމް

މިއީ ސީދާ "ސްކުއިޑް" ގޭމް ސްޓައިލް ގެ ޝޯ އެއް ނޫނެވެ. ކޮރެއާގެ މި ސީރީޒް ގައި ދައްކަނީ، މުޅި ދުނިޔެއަށް ނުރައްކާތެރި ވައިރަހެއް ފެތުރި ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް އިންސާނުންގެ މަސް ކާ ދެޔޯ ތަކަކަށް ބަދަލުވާ ހާލަތެއްގައި ހައިސްކޫލްގައި ކިޔަވާ ޒުވާން ފިރިހެން ކުއްޖެއް، އޭނާއާ އެކު އެއް އެޕާޓްމަންޓެއްގައި ބަންދުވެފައި ތިބޭ މަދު ބަޔަކާ އެކު އެ ހާލަތުގައި ދިރި ތިބުމަށް ކުރާ ބޮޑު ހަނަގުރާމައެކެވެ.

މި ސީރީޒަށް ވެސް ބޮޑު ތަރުހީބެއް ލިބި، ރިލީޒްކުރި ހަފްތާގައި 70 ގައުމެއްގެ ނެޓްފްލިކްސް ޓޮޕް ޓެން ލިސްޓަށް ވެސް އެރި އެވެ.

ބެޓްލް ރޯޔަލް

މި ލިސްޓެއްގައި ހިމެނިޔަސް، ބެޓްލް ރޯޔަލް އަކީ ސީރީޒެއް ނޫނެވެ. އެކަމަކު "ސްކުއިޑް ގޭމް" ރީތިވި އެންމެން ވެސް ބަލައިލަން ކަމުދާ އެއް ފިލްމަށް މި ފިލްމު ވާނެ އެވެ.

ފިލްމުގައި ދައްކަނީ، ގާނޫނުން މަޖުބޫރުކޮށްގެން، ބެޓްލް އެއް ނުވަތަ ހަނގުރާމައެއްގައި ޖަޕާނުގެ ހައި-ސްކޫލެއްގައި ގްރޭޑް ނުވައެއް ކިޔަވަމުންދާ ކުދިންތަކެއް ބައިވެރިވާން ޖެހިގެން، މި ބްޓްލް އެއްގައި ބައިވެރިވެ، އެއިން ދިރި ސަލާމަތުން ފަހުވަގުތާ ހަމައަށް ހިފަހައްޓާލަން ކުދިން ކުރާ މަސައްކަތް ތަކެކެވެ. އަމިއްލަ އަށް ސަލާމަތްވުމަށް އެކުދިން ޖެހެނީ އެހެން އެންމެން މަރައިލާށެވެ. ނޫން ނަމަ އެންމެން މަރުވެ އެވެ.

3%

ބްރެޒިލްގައި އުފައްދާފައިވާ މި ޝޯ އަކީ ނެޓްފްލިކްސް ސީރީޒެކެވެ. "ސްކުއިޑް ގޭމް" އާއި "ހަންގާ ގޭމްސް" ގެ ފިއުޝަނެއް ހަދާލުމުން މި ޝޯ އާ އެއްގޮތް ވައިބް އެއް އަންނާނެ އެވެ.

ދެ ސީޒަނަށް އެކުލަވާލާފައިވާ 3% އަކީ، މީގެ ގިނަ އަހަރުތަކެއްގެ ފަހުން މުސްތަގްބަލުގައި ހިނގާ ހިޔާލީ ކަންތައްތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ވާހަކަ އެކެވެ. މީގައި ދައްކާ ގޮތުން، އާބާދީގެ ބޮޑު ޕަސެންޓެއް އުޅެނީ ވަރަށް ފަގީރު ހާލުގަ އެވެ. އާބާދީން ހާއްސަ އުސޫލަކުން ހޮވައިލެވޭ ބަޔަކަށް އުފަލާއި އަރާމުގެ ވާޗުއަލް "ޕެރަޑައިސް" އެއްގައި އުޅުމުގެ ފުރުސަތު ދެ އެވެ. މި ފުރުސަތެއް ލިބެނީ ކޮންމެ އަހަރަކު ވެސް އެ އަހަރަކު 20 އަހަރު ފުރޭ ޒުވާނުންގެ އާބާދީ އެއްކޮށްގެން ދޭ ހާއްސަ ޓެސްޓަކުން ފާސްވާ މީހުންނަށެވެ. މި ޓެސްޓުން ކާމިޔާބު ވަނީ އެންމެ %3 މީހުންނެވެ.

ލަޔާ ގޭމް

މިއީ ވެސް ގޭމް-ފޯކަސްޑް ސީރީޒެކެވެ. ޖަޕަނީޒް މަންގާ އެއް އަސްލަކަށް ބަލައިގެން ހަދާފައިވާ މި ކޮރެއަން ޑްރާމާ އަކީ ސައިކޮލޮޖިކަލް ސަވައިވަލް ގޭމެކެވެ. މީ ސީރީޒްގައި އުޅޭ މީހުންގެ ތެރެއިން އެކަކީ މީހުން ހަދާ ދޮގު ވަކި ކުރުމުގެ ގާބިލުކަން ލިބިފައިވާ މީހެކެވެ. މީގެ ސަބަބުން އެހެން ކުޅުންތެރިންނަށް ކާމިޔާބުވުމުގެ ފުރުސަތު ހަނިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox