ޕާކިސްތާނަށް އައި ބިންހެލުމެއްގައި 20 މީހުން މަރުވެއްޖެ

ބިންހެލުމުގައި ގެޔެއް ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ

ބިންހެލުމުގައި ގެޔެއް ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ

ގެތާ، ޕާކިސްތާން (އޮކްޓޯބަރު 7) - ބުރާސްފަތި ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ހިސާބަކަށް އައި ބިންހެއްލުމެއްގައި 20 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.

ގިނަ ބަޔަކު މަރުވީ ބަލޮޗިސްތާން ޕްރޮވިންސަށް 5.7 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެ އެވެ. ބިންހެލުމާއެކު ކަރަންޓު ކެނޑުމުން އަނިޔާވި މީހުންނަށް ފަރުވާ ދޭން ޖެހިފައި ވަނީ ޓޯޗުން އަލިކޮށްގެންނެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ މީހުން މަދު، ފަރުބަދަ މަތީގެ ހަރްނާއީ ޑިސްޓްރިކްޓަށެވެ. އެ ހިސާބުގެ މަގުތައް ހަދާފައި ނުވުމާއި، ކަރަންޓާއި މޮބައިލް ފޯނުގެ ހިދުމަތް ނުލިބުމާ ހެދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފަ އެވެ.

Advertisement

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ބިންހެލުމުގައި 20 މީހުން މަރުވި،" ބަލޮޗިސްތާނުގެ ހޯމް މިނިސްޓަރު މީރް ޒިއާއުﷲ ލަންގާއޫ ވިދާޅުވި އެވެ.

ހަރްނާއީގެ ޕްރޮވިންޝަލް ސަރުކާރުގެ އިސް އޮފިޝަލް، ސުހައިލް އަންވަރު ހާޝިމީ ވިދާޅުވީ މަރުވި 20 މީހުންގެ ތެރޭގައި އަންހެނަކާއި ހަ ކުޑަކުދިން ހިމެނޭ ކަމަށާއި 200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމަށެވެ.

"އަވަށުގެ ބޭރުގައި ހުންނަ މައިނެއްގެ ތެރޭގައި 15 މީހުން ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ،" އޭނާ ވިދާޅުވި އެވެ.

ރޭގަނޑުގެ ވަގުތުގައި ފިނިހޫނުމިން ދަށްވުމުން މައިނުގައި މަސައްކަތް ކުރާ މީހުން ވަޒީފާ އަށް ނުކުތުމަކީ ޕާކިސްތާނުގައި އާއްމު ކަމެކެވެ.

މައިނު ކައިރިއަށް މީހުން ސަލާމަތް ކުރާ ޓީމެއް ފޮނުވަން މަސައްކަތް ކުރަމުން ދާއިރު، އެ ޓީމަށް އެހީވުމަށާއި އަނިޔާވެފައިވާ މީހުން އިވެކުއޭޓް ކުރުމަށް ހެލިކޮޕްޓަރެއް ފޮނުވަން ހަމަޖެހިފައި ވެ އެވެ.

ބަލޮޗިސްތާނުގެ ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ވެރިޔާ ނަސީރް ނަސަރް ވިދާޅުވީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

ޕާކިސްތާނު އޮންނަނީ އާއްމުކޮށް ބިންހެލުން އަންނަ ހިސާބެއްގަ އެވެ. އެގޮތުން 2015 ވަނަ އަހަރު 7.5 މެގްނިޓިއުޑް ބިންހެލުމެއްގައި ޕާކިސްތާނާއި އަފްގާނިސްތާނުން 400 މީހުން މަރުވި އެވެ.

އޭގެ ކުރިން 2005 ވަނަ އަހަރު 7.6 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 73،000 މީހުން މަރުވެ، 3.5 މިލިއަން މީހުންގެ ގެދޮރު ގެއްލުނެވެ. އެ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox