ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި ގައިދީއަކު މަރުވެއްޖެ އެވެ.
ކަރެކްޝަނުން މައުލޫމާތު ދިން ގޮތުގައި މަރުވެފައިވަނީ މ. މަލަސް/ ކ. މާލެ އިސްމާއީލް ޝަބީން (46 އަހަރު) އެވެ.
އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.
ޝަބީން ރޭ އެމެޖެންސީގައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާލުމަށް އުނދަގޫތަކެއް ހުރުގެންނެވެ.
އޭނާ މަރުވެފައިވަނީ އެކަމަށް ފަރުވާދެމުން ދަނިކޮށް މިރޭ 19:30 ގައި ކަރެކްޝަނުން މައުލޫމާތު ދިނެވެ. އަދި ޝަބީންއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ މީހެއްކަން ވެސް ފާހަގަކުރި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ވެސް ކުއްލި ގޮތަކަށް މަރުވެފައިވެ އެވެ.











