މުބާރާތުގައި ކުރިއަށް ދެވޭނީ ބަންގްލަދޭޝް އަތުން މޮޅުވެގެން: އަކޫ

ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަކޫ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އަކޫ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޭޕާލް އަތުން ބަލިވުމުގެ މާޔޫސްކަން ކުރިމަތިވި ކަމަށާއި އެކަމަކު މާދަމާރޭ އެކަމުން އަރައިގަނެ ބަންގްލަދޭޝް ބަލިކޮށްގެން މުބާރާތުގައި ކުރިއަށްދާން ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ބުނެފި އެެވެ.

މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފަ އެވެ. އެ މެޗުން ބަލިވުމުން ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގެ ތެރޭގައި ރާއްޖެ އޮތްއިރު، މާދަމާރޭ ބަންގްލަދޭޝް އަތުން މޮޅުވެގެން ނޫން ގޮތަކަށް މުބާރާތުގައި ރާއްޖެ އަށް ކުރިއަށް ދިއުމުގެ ފުރުސަތު ކުޑަވާނެ އެވެ. އެއީ މި ފަހަރުގެ މުބާރާތުގެ ފޯމެޓް އޮތީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.

މާދަމާރޭ ބަންގްލަދޭޝް އަތުން މޮޅެއް ނުލިބިއްޖެނަމަ ރާއްޖެ އަށް ފުރުސަތު ވަަރަށް ބޮޑަށް ހަނިވީ އެވެ. ބަންގްލަދޭޝް މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަކޫ ބުނީ ނޭޕާލް މެޗުން ބަލިވުމުން ކުޅުންތެރިންނަށް ލިބުނު މާޔޫސްކަމުން އަރައިގަނެ، މިހާރު މުޅި ޓީމުގެ ރޫހު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

"ޕްރެކްޓިހަކަށް ފަހު ޕްރެކްޓިހެއް ރަނގަޅުވަމުން މި އަންނަނީ. އިންޝާﷲ ހުރިހާ ކުދިން ވެސް ހަމަ މެޗު ނުފައްޓައިގެން ތިބީ. ކޮންމެ ކުއްޖަކު ވެސް ބަންގްލަދޭޝާ ކުޅޭ މެޗުން މޮޅުވާން ތައްޔާރަށް މިތިބީ. ވަރަށް ޕޮޒިޓިވްކަން އެބަފެނޭ މިހާރު ވެސް،" އަކޫ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަކޫ (ކ) އާއި ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"އަޅުގަނޑު ދަންނަވާނީ ބަންގްލަދޭޝް މެޗުން މޮޅު ނުވެ އަޅުގަނޑުމެންނަށް މުބާރާތުގައި ކުރިއަށް ދެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެން މި ނުކުންނަނީ އިންޝާﷲ މާދަމާރޭގެ މެޗުން މޮޅުވާން. އެ ގޮތުގައި ދިވެހި ސަޕޯޓަރުން ވެސް ދަނޑަށް އައިސް ދިނުން އެދެން،"

ބަންގްލަދޭޝް ޓީމުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފެންނަނީ އާންމުކޮށް ފަހަކަށް އައިސް އެ ޓީމުގެ ފަރާތުން ފެންނަ ކަންކަމަށް ވުރެ ތަފާތު ރޫހެކެވެ. ސްރީ ލަންކާ އަތުން 1-0 އިން މޮޅުވި މެޗާއި އެއް ކުޅުންތެރިއަކު މަދުކޮށް ވަރުގަދަ އިންޑިއާއާ 1-1 އިން ބަންގްލަދޭޝް ވަނީ އެއްވަރުކޮށްފަ އެވެ. ބަންގްލަދޭޝްގެ ޓީމުން މި ފެންނަ ތަފާތަކީ އެ ޓީމުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ ރޭވުންތެރިކަމާ ޓީމު މޯޓިވޭޓްކުރަން އޭނާ ގެންގުޅޭ ކަންކަމުގެ ސަބަބުންނެވެ.

އަކޫ އަކީ އޮސްކާގެ ކޯޗުކަމުގައި ނިއު އަށް ކުޅުނު ކުޅުންތެރިއެކެވެ. އަކޫ ބުނީ އޮސްކާ އަކީ މިހާރު އެ ފެންނަ ތަފާތު ބަންގްލަދޭޝްގެ ސަބަބު ކަމަށެވެ. އަކޫ ދެކެނީ އޮސްކާ ހުރެގެން ބަންގްލަދޭޝް އިން ރާއްޖެއާ ކުޅޭއިރު، މިއީ ރާއްޖެ އަށް ކުރިމަތިވާނެ ޗެލެންޖެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަންކަން ކުރި އަކޫ ބުނީ އޮސްކާ ބަންގްލަދޭޝްގައި ހުރި ހުރުމާއި އެ ފަދަ ކަންކަމަށް ބެލުމެއް ނެތި މެޗުން މޮޅުވެވޭނެ ހުރިހާ ކަމަކަށް ފޯކަސް ކޮށްގެން އެކަން ކުރަން ޖެހޭ ކަމަށެވެ.

ބަންގްލަދޭޝް އިން ރާއްޖެ އަތުން ސާފް ޗެމްޕިއަންޝިޕްގައި މޮޅުވީ 2003 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އޭގެ ފަހުން 2011 އާއި 2015 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އަދި އެންމެ ފަހުން 2016 ވަަނަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 5-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox