އެންމެ ކުޑަ މުސާރައިގެ ގޮތުގައި 5،700 ރުފިޔާ ކަނޑައަޅައިފި

ސަރުކާރުގެ ވުޒާރާތަކުގެ މުވައްޒަފުން. -- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ސަރުކާރުގެ ވުޒާރާތަކުގެ މުވައްޒަފުން. -- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ރާއްޖޭގައި ދެވޭ އެންމެ ކުޑަ މުސާރައިގެ ގޮތުގައި 5،700ރ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅައިފި އެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ މުސާރަ މިނިމަމް ވޭޖް ބޯޑުން ކަނޑައަޅައި އެ އަދަދުތައް ފާސް ކުރުމަށް މިހާރު ވަނީ ފޮނުވާފަ އެވެ.

މިނިމަމް ވޭޖް ބޯޑުގެ މެމްބަރަކު "އަދަދު"އަށް މައުލޫމާތުދިން ގޮތުގައި ބޯޑުން މިހާތަނަށް ފާސްކޮށްފައިވާ އަދަދު ތަކަކީ ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކަށް އެކަށޭނަ ގޮތަށް ބަލައިގެން ފާސްކޮށްފައިވާ އަދަދުތަކެކެވެ.

އެގޮތުން އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައިވާ 5،700ރ. އަކީ ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭން ޖެހޭ މުސާރަ އެވެ.

މީގެ އިތުރުން މެދު ފަންތީގެ ވިޔަފާރިތަކުން ދުވާލަކު އަށް ގަޑިއިރު މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަ މުސާރައިގެ ގޮތުގައި 7،000ރ. ދޭން ޖެހޭ ކަމަށް ބޯޑުން ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރުގެ ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ ކުޑަ މުސާރައިގެ ގޮތުގައިވެސް ކަނޑައަޅާފައި ވަނީ 7،000ރ. އެވެ.

ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްކުރަނީ ދުވާލަކު އަށް ގަޑިއިރަށް ކަމަށް ބަލައިގެން މަހަކު ދޭން ޖެހޭ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 8،900ރ. އެވެ.

މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް އާންމުވެފައި ވަނިކޮށް، ބޯޑުން މި އަދަދުތައް ފާސްކޮށް އިކޮނިމިކް މިނިސްޓަރަށް ފޮނުވާފައިވާއިރު، މިއަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ޖެހެ އެވެ.

މިހާތަނަށް އައިރު ކަނޑައަޅާފައިވާ އަދަދުތަކުގެ ތެރޭގައި ބިދޭސީންނަށް ދޭނެ އަދަދު ކަނޑައަޅާފައި ނުވާއިރު، ބޯޑުން ވަނީ މިހާރު އިއުލާނުކޮށްފައިވާ މޮރަޓޯރިއަމް އިތުރު ފަސް އަހަރަށް ދިގު ދަންމާލަން އެދިފަ އެވެ.

އަދި ދިރާސާތައް ކުރިއަށް ގެންގޮސް އެ މުއްދަތުގައި ގައުމުގެ އިގުތިސާދީ ހާލަތައް ބަލައި ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމުގެ ވިސްނުން ބޯޑުން ގެންގުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox