ޖަލުތަކުން ކޮވިޑް މުޅިން ނުފިލާތީ ހައި ރިސްކު ގައިދީން ޖަލަށް ބަދަލުކުރުމުގެ ނިންމުމެއް ނެތް

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު. -- ފޮޓޯ: އަދަދު

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު. -- ފޮޓޯ: އަދަދު

ރާއްޖޭގެ ޖަލުތަކުގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވެ، ބަލި ފެތުރެން ފެށުމާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މިދިޔަ މޭ މަހުން ފަށައިގެން ގޭ ބަންދަށް ބަދަލުކުރަން ނިންމި ހައި ރިސްކު ގައިދީން އަލުން އަބުރާ ޖަލަށް ބަދަލުކުރުމުގައި އަދިވެސް ގޮތެއް ނިންމާފައިނުވާކަމަށް ކޮމިޝަނާ އޮފް ޕްރިސަން އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ހައި ރިސްކު ގައިދީން ގޭބަންދަށް ބަދަލުކުރަން ނިންމީ ކަރެކްޝަންސްގައި ހުރި ލިޔުންތަކަށް ބަލައިގެން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ގައިދީންނާއި، ސާޖަރީ ހަދާފައި ތިބި ގައިދީންނެވެ.

އެ ނިންމުމަށް މިހާރު ތިން މަސް ފާއިތުވެފައިވާއިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ހަމަޔަކަށް އެޅިފަ އެވެ.

އަދި ސިޔާސީ ޕާޓީތަކުގެ އެކި ޖަލްސާތަކާއި ހަރަކާތްތައް އަދި ބައެއް ކަހަލަ ކުޅިވަރު މުބާރާތްތަކަށް ވެސް މިހާރު ހުއްދަދެމުންދާއިރު، ގޭ ބަންދުގައި ތިބި ގައިދީން އަބުރަ ޖަލަށް ބަދަލުކުރުމުގެ އިޝާރާތެއް ކަރެކްޝަންސްގެ ފަރާތުން ނުފެންނާތީ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. ޖަލުގައި ތިބޭ ގައިދީންނާއި ގުޅޭ އެކަހަލަ ނިންމުންތައް ނިންމަނީ ކަރެކްޝަންސްއިންނެވެ.

އެ މައްސަލައިގަ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު "އަދަދު" އަށް ވިދާޅުވީ، އަދި ހައި ރިސްކު ގައިދީން އަބުރާ ޖަލަށް ބަދަލުކުރަން ކަރެކްޝަންސްއިން ނުނިންމާކަމަށެވެ.

"އެއީ ބޮޑަށް އެކަމުގައި ވަށައިގެންވާ ކަންކަމަށް ބަލާފައި އަދި އެގޮތަށް އެ ހައި ރިސްކު ގައިދީން ގެޔަށް ބަދަލު ކުރަން ވަކި ގޮތެއް ނުނިންމަނީ،" ކޮމިޝަނަރު އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދިވެސް މާފުށި ޖަލު ފަދަ ތަންތަނުގައި ކޮވިޑުގެ ހާލަތު އެބަ އޮތެވެ. އެގޮތުން މިއަދު ވެސް މާފުށި ޖަލުން ވަނީ ކޮވިޑުގެ ކޭސްއެއް ފެނިފަ އެވެ.

އަދި މިހާރު ކޮވިޑުގެ ހާލަތު ޖަލުތަކުގައި ރަނގަޅުވެފައިވީނަމަވެސް ބަލި ފެތުރުނަ ނުދިނުމަށް ކަރެކްޝަންސްއިން ދަނީ މަސައްކަތްކުރަމުންނެވެ.

ކަރެކްޝަންސްއިން ބުނި ގޮތުގައި އަދިވެސް ގައިދީން އަބުރާ ޖަލަށް ބަދަލުކުރަން އެންމެ ރައްކާތެރިއެއް ނޫނެވެ.

މިއަދު ފެނުނު ކޭސްއާއެކު މިވަގުތު މާފުށި ޖަލުގައި އެކްޓިވް ތިން ކޭސް އެބަ އެބައޮތެވެ. މިއަދު ފެނުނު ކޭސްއަކީ މިދިޔަ މަހުގެ ފަހުކޮޅު ފެނުނު ކޭސްތަކަށްފަހު ފެނުނު ފުރަތަމަ ކޭސް އެވެ. މިދިޔަ މަހުގެ ފަހުކޮޅު ފެނުނު ދެ ކޭސް މިވަގުތު ކަރަންޓީނުގައި ތިބިއިރު، މިއަދު ފެނުނު ކޭސް ވެސް މިހާރު ވަނީ ކަރަންޓީނުގަ އެވެ.

އެހެންނަމަވެސް މި ކޭސްތަކާއި ހެދި ޖަލުގައި ތިބޭ ގައިދީންނަށް ނުރައްކާ ހުރި މިންވަރެއް އަދި ސާފެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox