ދަރިފުޅު ތަރުބިއްޔަތު ކުރާއިރު ހެދޭ ގޯސްތައް

ބައްޕައަކު ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން ދާއިރު މަންމަ ދަރިފުޅާއެއްވަރަށް ހިނގަމުންދާ މަންޒަރު ދައްކުވައިދޭ އާޓްވޯކެއް. ދަރިން ތަރުބިއްޔަތު ކުރުމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބެލެނިވެރިން އޮންނަންވާނީ ވަރަށް ރަނގަޅަށް ދެނެގަނެވިފައި.

ބައްޕައަކު ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން ދާއިރު މަންމަ ދަރިފުޅާއެއްވަރަށް ހިނގަމުންދާ މަންޒަރު ދައްކުވައިދޭ އާޓްވޯކެއް. ދަރިން ތަރުބިއްޔަތު ކުރުމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބެލެނިވެރިން އޮންނަންވާނީ ވަރަށް ރަނގަޅަށް ދެނެގަނެވިފައި.

އަމިއްލަ އަށް ބޭނުން ވެގެން ދަރިން ބެލުމާއި ތަރުބިއްޔަރުކުރުމާ ބެހޭ ކަންކަމުގެ މައުލޫމާތު ހޯދައި އެހީ ހޯދާ މީހުން މިހާރު ރާއްޖޭގައި ވެސް ގިނަ އެވެ. ބަލިވެ އިންނަ ހިސާބުން "ޕޭރެންޓިން" އާ ބެހޭ ގޮތުން ލިޔެފައި ހުންނަ އެކި ފޮތްތައް ކިޔައި ދިރާސާކުރާ މީހުންގެ ނިސްބަތް ވެސް މައްޗެވެ. ސަބަބަކީ، އުފާވެރި، ދުޅަހެޔޮ ކުއްޖަކު ބޮޑުކުރަން، އޭނާގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާއި މިޒާޖާއި މަންމަ ނުވަތަ ބައްޕަ އާއި ދަރިފުޅާ އޮންނަ ގުޅުން ވަރުގަދަކުރާނެ ގޮތްތަކާއި މިފަދަ މުހިއްމު ގިނަ މައުލޫމާތު މައިންބަފައިންނަށް އެނގިފައި އޮތުމުގެ މުހިއްމުކަން އިތުރު ވާތީ އެވެ.

އެކަމަކު މި އާޓިކަލް ގައި މި ކިޔައިދެނީ ދަރިން ބަލަންވީ ގޮތާއި ތަރުބިއްޔަތުކުރަން ކުރަންވީ ކަންތްއަތަކެއް ނޫނެވެ. އެ ގޮތްތައް ނިންމާނީ މައިންބަފައިންނެވެ. އެކަމަކު ތަރުބިއްޔަތުކުރުމުގެ މި ދަތުރެއްގައި ނޭނގި ނަމަވެސް ހެދޭ ބައެއް ގޯސްތަކުން ކުދިންގެ މިޒާޖަށް ނުރަނގަޅު އަސަރު ކުރާ ކަމަށް ޗައިލްޑް ސައިކޮލޮޖިސްޓުންނާއި ޑޮކްޓަރުން ވެސް އެއްބަސްވާ ކަންތައްތަކެއް ހުރެ އެވެ.

މި ހިމަނާލަނީ މިފަދަ ބައެއް ކަންތައްތަކެވެ.

Advertisement

1. ބަހައްޓާފަ ގޮސްދާނެ ކަމަށް ބުނެ ބިރު ދެއްކުން

ޕާކަކަށް ނުވަތަ ފިހާރައަކަށް ދަރިފުޅު ގޮވައިގެން ގޮސް އުޅެފައި އެތަނަކުން ނިކުންނަން ޖެހުމުން ބައެއް ކުދިން ނުދާން ބޮޑާހާކަ އެވެ. ބައެއް ފަހަރަށް އަތުނުވާން ދުވެ ވެސް ހަދަ އެވެ. ބައެއް ކުދިން ރުޅިގަދަ ކޮށް ރޮއެ ވެސް ހަދާފާނެ އެވެ. މި ފަދަ ވަގުތެއްގައި، ފަސޭހައިން އެތަނަކުން ދަރިފުޅު ނެރެގެން ގޮވައިގެން ދާން ބޭނުންވެފައި ހުންނަ ވަރުން މިކަހަލަ ބަސް ބަސް ބުނެވޭ ގޮތްވެ އެވެ. މިއީ، ނިޔަތެއް އޮވެގެން ބުނާ ބަހަކަށް ނުވިޔަސް، އެހެން ބުނުމުން އޭނާގެ ސިކުނޑިއަށް ދެވެނީ ނުރަނގަޅު މެސެޖެކެވެ.

ކުޑަ ކުއްޖަކު ބޮޑުވަމުން އަންނަ އިރު، ކުއްޖާ އާއި މަންމަ ނުވަތަ ގެންގުޅޭ މީހަކާ އެކު އެ އޮންނަ ގުޅުމާއި، އެކުއްޖެއްގެ ހިތުގައި އެމީހަކަށް ދެވިފައި އޮންނަ ލޯތްބާއި އިތުބާރު ވަރަށް ބޮޑު ދައުރެއް އަދާކުރެ އެވެ. ސައިކޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި، ބަހައްޓާފައި ގޮސްދާނެ ކަމަށް ބުނެ އެ ދައްކާ ބިރުގެ ސަބަބުން، އެއީ އަދި ކިތަންމެ ލުއި އެއްޗެއްގެ ގޮތުގައި ބުނާ އެއްޗަކަށް ވިޔަސް، އެކަހަލަ ބަސްތަކުން ކުދިން ކޮންފިއުސް ވާލެއް އަވަސް ވާނެ އެވެ.

ތަނެއްގައި އެކަނިކޮށްފައި މަންމަ ނުވަތަ ބައްޕަ ގޮސްދާނެ ކަމަށް ކުއްޖާ އަށް ގަބޫލުކުރެވުމަކީ އޭނާގެ ހިތުގައި ބިރާއި ޝައްކު އުފެދެން މެދުވެރިވެދާނެ ކަމެކެވެ. މީގެ ސަބަބުން މަންމަ އާއި ބައްޕަ، ނުވަތަ ގެންގުޅޭ މީހެއްގެ ފަރާތުން ލިބޭ ހިމާޔަތުގެ ކުޑަ ބޮޑުމިން ކުއްޖާ އަށް ޔަގީން ނުވެ، އިތުބާރު ކުރެވޭލެއް ކުޑަ ވުން ވެސް އެކަށީގެންވެ އެވެ.

އެހެންވީމަ، މިފަދަ ވަގުތެއްގައި، މިކަހަލަ ބަސް ބުނުމުގެ ބަދަލުގައި ކުއްޖާ އަށް ވިސްނައިދީގެން، ވާނުވާ ކިޔައިދީގެން ހަމަޔަކަށް އެޅުވުމަކީ އެންމެ ރަނގަޅު ގޮތެވެ. ބައެއް ފަހަރަށް ހައްދާލުމުން ވެސް ކުދިންގެ ސަމާލުކަން އެހެން ކަމަކަށް އަތުލެވިދާނެ އެވެ.

2. ދޮގު ހެދުން

މީގެ އެއް މިސާލެވެ. ގެއަށް ދަރިފުޅާ އެކު ކުޅެން އައިސް އުޅޭ ކުއްޖަކު ކުޅެން އުޅެފައި ގެއަށް ދިއުމުން، "އެ ދިޔައީ ދަރިފުޅު ބަސް ނާހައި ކުޅޭ އެއްޗެހި ޝެއާކޮށް ނުހެދީމަ،" އޭ ފަދަ ގޮތަކަށް ބުނުން، ނުވަތަ ވަރަށް ލޯބިން ގެންގުޅޭ ދޫންޏެއް ކަހަލަ އެއްޗެއް މަރުވުން، "ދޫނި ދިޔައީ ދޫނިގެ ރައްޓެހިންގެ ގާތަށް،" ފަދަ ގޮތްގޮތަށް ހަގީގަތް އޮޅުވާލުމަކީ ނޭނގި ހެދޭ ދޮގު ތަކެވެ.

މިއީ ވަކި ގޮތަކަށް ދަރިފުޅުގެ އިހުސާސްތައް ލަންބުވާލަން ބޭނުންކުރާ އުކުޅަކަށް ވިޔަސް، މީގެ ސަބަބުން ކުއްޖާ އަށް އޮޅުވާލެވެނީ ހަގީގަތެވެ. މިފަދަ ހާލަތްތަކުގައި އަބަދު ވެސް ހަގީގަތް ކިޔައިދިނުން މުހިއްމެވެ. އެކަމަކު އެ އުމުރަކާ ގުޅޭ ގޮތަށް އެކަމެއް ވިސްނައިދިނުމުގެ ގޮތުން އިތުރަށް އޮޅުންފިލުވައިދޭން ޖެހިދާނެ އެވެ.

ތަފާތު އިހުސާސްތައް އޭގެ އަސްލު ގޮތުގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ކުއްޖާ އަށް ދިނުމަކީ މުހިއްމު ކަމެކެވެ. އެއީ ހެދި ބޮޑުވުމުގެ ބައެކެވެ.

3. އެނގިގެން އަމިއްލަ އަށް ހެދޭ ގޯސް ނޭނގޭ ކަމަށް ހަދާލުން

ދަރިފުޅު ކުރަންޖެހޭނީ މަންމަ ނުވަތަ ބައްޕަ ކުރާ ކަންތައްތަކުގެ ބަދަލުގައި ކުރަން ބުނާ ކަންތައްތައް އެކަނި ކަމަށް ބައެއް ބެލެނިވެރިން ގަބޫލުކޮށްފާނެ އެވެ. މިގޮތް ކިތަންމެ ބޭނުންވިޔަސް އަސްލު ވަނީ އެހެނެއް ނޫނެވެ. ކުދިންނަކީ ކޮޕީ ކުރާ ބައެކެވެ. ފެންނަ ކަންތައްތަކާއި ގާތް މީހުން، އަމުދުން އެކުދިން އެންމެ ގަޔާވާ މީހުން ކުރާ ކަންކަން މިސާލަށް ބަލައިގެން ދަސްކުރާ ބައެކެވެ.

މި ސަބަބާ ހެދި، ކުޑަކުދިންނާ ބެހޭ ތަޖުރިބާކާރުން ގަބޫލުކުރަނީ، ކުއްޖާ ގާތުގައި މައިންބަފައިން ކުރަން ބުނާ ކަންތައްތަކަށްވުރެ ބޮޑަށް މުހިއްމީ ކުރާ ކަންތައްތައް ކަމަށެވެ.

މިސާލަކަށް، ސިނގިރޭޓު ބޯ ބެލެނިވެރިންގެ ކުދިން، އެނޫން ކުދިންނަށްވުރެ ފަސޭހައިން ގިނގިރޭޓު ބޯން ފަށާކަމަށް ދިރާސާތަކުން ވެސް ދައްކަ އެވެ.

އެހެންވީމަ، ދަރިފުޅުގެ ކިބައިން ފެންނަން ބޭނުންވަނީ އޯގާތެރިކަމާއި މަޑުމައިތިރި ކަމާއި ހިތްތިރިކަން ކަމަށް ވާނަމަ، އެ ސިފަތައް ކުއްޖާ އަށް ދައްކަން ތިބި މީހުންގެ ފަރާތުން ވެސް އެކަންކަން ފެންނަން ވާނެ އެވެ.

4. އަމިއްލަ އަށް ކުޑަ އިރު އުޅުނު ގޮތަށް ދަރިފުޅު އުޅެން ޖެހޭނެ ކަމަށް ދެކުން

މިއީ ވަރަށް ގިނަ ފަހަރަށް، ފަސޭހައިން މަންމަމެން ބުނާ އެއްޗެކެވެ. މަންމަ މެން ނުވަތަ ބައްޕަ މެން ވަކި ގޮތަކަށް ވަކި ކަމެއް ކުރުން ނުވަތަ ނުކުރުމަކީ ކުއްޖާ ވެސް އެކަން އެގޮތް ނޫން ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ދެކޭ މީހުން އަދި ވެސް އުޅެ އެވެ.

އެކަމަކު، ކުއްޖާގެ ބޭނުންތަކާއި ޝައުގުވެރިކަން ހުންނަ ކަންތައްތައް މަންމަ އާއި ބައްޕަ ޝައުގު ހުންނަ ކަންތައްތަކަށް ވުން ލާޒިމެއް ނޫނެވެ. އަދި މަންމަމެން އުޅުނު ގޮތަށް ދަރިފުޅު އުލުމަކީ ވެސް ލާޒިމް ކަމެއް ނޫނެވެ. ކުދިންނަށް ކަންކަން ކޮށްދޭއިރު އެކުދިންގެ ބޭނުންތަކާއި އެކުދިން ޝައުގުވެރިވާ ކަންކަން ފާހަގަކޮށް އެކަންކަމަށް މަސައްކަތް ކުރުމުން މޮޅު، ކެރޭ ކުދިންގެ ގޮތުގައި ކުދިން ބޮޑެތިވާން މަގު ފަހިވެގެންދާނެ އެވެ.

5. ނުކުރަން ބުނެފައި އޮންނަ ކަމެއް ކުރުމުން މާ ބޮޑަށް ރުޅި އިސްކުރުން

ނުކުރަން ބުނެފައި އޮންނަ ކަމެއް ދަރިފުޅު ކޮށްފިނަމަ އެކަމުގެ އިހުސާސް ކުއްޖާ އަށް ކޮށްދިނުމަކީ މުހިއްމު ކަމެކެވެ. މި ފަދަ ކަމަކަށް އަދަބު ދޭ އިރު، ކުއްޖާގެ ޝެޑިއުލް އިން ސްކްރީން ވަގުތު މަދުކޮށްލުން ނުވަތަ އުނިކޮށްލުން ފަދަ ލުއި އަދަބެއް ދެވިދާނެ އެވެ.

އެކަމަކު ބައެއް ފަހަރަށް ރުޅީގައި ކޮންޓްރޯލުން ކަޓާފައި ހުންނަ ވަގުތު ތަކުގައި ބޮޑެތި އަދަބު ދެވޭ ފަހަރު އާދެ އެވެ. މިސާލަކަށް ދަރިފުޅު މަންމަ ކުރިމަތީގައި ބޭނުން ކޮށްގެންނުވާނެ ކަހަލަ ބަހެއް ބުނުމުން ޖެހުން ކަހަލަ ކަންތައްތަކަކީ ކުއްޖާގެ ހިތުގައި ރުޅި އުފެދެން ދިމާވެދާނެ ކަމެކެވެ.

މީގެ ބަދަލުގައި، ދަރިފުޅަށް އެ ކުރީ ގޯސް ކަމެއް ކަމާއި އެ ބުނި ބަސް މަންމަ ކުރިމަތީގައި ބުންނަން ނުޖެހޭ ސަބަބު ވިސްނައިދެވިދާނެ އެވެ. އެވަރުން ވެސް ތަކުރާރު ވާނަމަ، ކުރިން ބުނި ކަހަލަ ލުއި އަދަބެއް ދެވިދާނެ އެވެ.

6. ކުޑަ ދަރިފުޅު "ބޭބީ" ކުރުމަކީ ގޯހެއް ކަމަށް ގަބޫލުކުރުން

މީގައި އެކި މީހުންގެ ހިޔާލު ތަފާތުވެ އެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ފަހުގެ މަންމައިންގެ ހިޔާލު ތަފާތުވެ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކުދިން "ބޭބީ" ކުރުން ނުވަތަ އޮޅުކޮށް ގެންގުޅުމަކީ ގޯހެކެވެ. އެއީ ކުދިން "ހަލާކު"ވާ ކަމެއް ކަމަށް މިގޮތަށް ދެކޭ މީހުން ގަބޫލުކުރެ އެވެ.

އެކަމަކު ދިރާސާތަކުން ދައްކާ ގޮތުން، ދޭތެރެއަކުން ކުދިންނާ ލޯބިކޮށްލައި އެކުދިން އޮޅުކޮށް ގެންގުޅުމަކީ ބޮޑުވަމުން އަންނަ އިރު މިޒާޖަށް ގިނަ ހެޔޮ ބަދަލުތަކެއް އަންނަ ކަމެކެވެ. މިސާލަކަށް ކުޑަ ދަރިފުޅު ރޯން ފެށުމުން ގެނެސް ލޯބިކޮށްލާފައި ބައްދާލުމުން ފަދަ ކަމެއް ކޮށްލުމުން އެކުދިންނަށް އެ ލިބެނީ ނާޒުކު ވަގުތުގައި ވެސް އަޅާލާނެ ކަމުގެ ޔަގީންކަމެކެވެ. މި ފަދަ ކުދިން، ބޮޑުވެގެން އަންނަ އިރު ޖަޒުބާތުތައް ފޮރުވައިގެން ގެންގުޅުމުގެ ބަދަލުގައި ހާމަކުރަން ޖެހިލުމެއް ނުވެ އެވެ. މީގެ ސަބަބުން އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމާއި އޯގާތެރިވުން ފަދަ ސިފަތައް ވެސް ދަސްކުރަން އެހީތެރިވެދޭނެ އެވެ.

7. ލުއި ކާނާ އާއި މެޓާ ހައްދެއް ނެތި ދިނުން

މިއީ ބައެއް ފަހަރަށް ލޯބިން ގޮސް ކުރެވޭ ކަމެކެވެ. ގިނަ ފަހަރަށް މި ކަހަލަ އާދަ ތަކަކީ ކުއްޖާ ބޭނުން ވަގުތެއްގައި ބޭނުން އެއްޗެއް ބުނި މިންވަރަކަށް ހޯދައިދޭން މަަސައްކަތް ކުރާ ބެލެނިވެރިންގެ ފަރާތުންނެވެ.

ލުއި ކާނާ އާއި މެޓާ ފަދަ ތަކެތި ކުދިންނަށް ދޭއިރު ލިމިޓްކޮށް، އުސޫލެއްގެ ތެރެއިން ދެވިދާނެ އެވެ.

އާއިލާ އެކުގައި ކާން މޭޒަށް އަރާ ވަގުތަކީ ދަރިފުޅަށް ލުއިކާނާ ކެއުމުގެ ފުރުސަތު ލިބޭ ވަގުތަކަށް ހެދިއްޖެ ނަމަ، ކުދިން އެކަން އާދައަކަށް ހަދާނެ އެވެ. މީގެ ސަބަބުން ކެއުމުގެ ދުޅަހެޔޮ އާދަތަކާ ކުދިން ފަސޭހައިން ދުރައް ދާނެ އެވެ. ގޭގައި ކައްކާފައި ހުންނަ އެއްޗެއް ކެއުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރާނީ ކޮންމެވެސް އެކަހަލަ އެއްޗެއް ކެއުމަށެވެ.

ލުއި ކާނާ އަކީ ސިއްހަތަށް ވެސް ގިނަ ގެއްލުން ދޭ އެއްޗެކެވެ. އޯވާ ވެއިޓް ފަދަ މައްސަލަތައް ހުންނަ ގިނަ ކުދިންނަކީ ލުއި ކާނާ އާއި ފޮނި އެއްޗެހި ގިނައިން ކާ ކުދިންނެވެ. އެހެންވީމަ، ކެއުމުގެ އާދަތަކަށް އެންމެ ކުޑަ އިރުއްސުރެ ދަރިފުޅު ހޭނުމަކީ މުހިއްމު ކަމެކެވެ.

ދަރިން ތަރުބިއްޔަތު ކުރާ އިރު އެންމެ މުހިއްމު ކަމެއް ދޭންވީ އެއް ކަމަކީ ކުއްޖާ އާއި އެކު އޮންނަ ގުޅުން ބަދަހި ކުރުމެވެ. އެހެންވީމަ، ތަރުބިއްޔަތުކުރާއިރު ބެލެނިވެރިއެއްގެ ދައުރު އަދާކުރުމަށްވުރެ ބޮޑު އިސްކަމެއް ދޭންވީ ކުއްޖާ އަށް އޭނާގެ ހުރިހާ އިހުސާސެއް ޖެހިލުމެއް ނެތި ހިއްސާ ކުރެވޭ ވަރުގެ އިތުބާރު ހުރި، އެކުވެރި މީހަކަށް ވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox